އިންޑިއާއިން ރާއްޖެ ގެނައި މީހުންގެ ތެރޭގައި ހިމެނޭ މީހަކު ކަރަންޓީން ފެސިލީޓީއެއްގައި ހުއްޓާ އައިޖީއެމްއެޗަށް ބަދަލުކުރި ފަހުން ނިޔާވެއްޖެ އެވެ.
އިންޑިއާގައި ތިބި ގިނަ އަދަދެއްގެ ބަލި މީހުންނާއި އެ މީހުންގެ އެހީތެރިން ގައުމީ އެއާލައިން މޯލިޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނެސް އެމީހުން 14 ދުވަސް ވަންދެން ކަރަންޓީން ފެސިލީޓީއެއްގައި ވަނީ ބައިތިއްބާފައެވެ. އެ މީހުން އެތަނުން ދޫކޮށްލާނީ އެ ޕީރިއަޑްް ހަމަވުމުން ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ނައްސި ވުމުންނެވެ.
މިހާރު ސަރުކާރުން ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ، ކަރަންޓީން ފެސިލިޓީއަކުން އައިޖީއެމް ހޮސްޕިޓަލަށް ބަދަލު ކޮށްގެން ފަރުވާދެމުންދިޔަ ފަރާތެއް މިއަދު ނިޔާވެފައިވާ ކަމަށެވެ.
"އެއީ އިންޑިއާއިން މި ބަލި މީހުން ގެނައި ފްލައިޓްގައި ގެނައި ބަލި މީހުންގެ ތެރެއިން ކަރަންޓީން ފެސިލީޓީއަކަށް ގެނައުމަށްފަހު ކަރަންޓީން ފެސިލީޓީން އައިޖީއެމްއެޗްއަށް ބަދަލުކޮށް ފަރުވާދެމުން ދިޔަ ފަރާތެއް". ޑރ. މޫސާ މުރަދް ވިދާޅުވިއެވެ.
ޑރ. މޫސާ މުރާދް ވިދާޅުވީ، އޭނާ އައިޖީއެމްއެޗަށް ގެނެސް ކޮވިޑް-19 އަށް ޓެސްޓު ހެދި ކަމަށާއި، އެހެން ނަމަވެސް އެ ޓެސްޓުގެ ނަތީޖާ ނައްސިވެފައިވާ ކަމަށެވެ.
"އޭނާގެ ހުރި ސިއްހީ އެ މައްސަލައަށް އަޅުގަނޑުމެން ފަރުވާދެމުން ދިޔައީ، އަދި ނިޔާވުމާއި ހަމައަށްވެސް ބަލި މީހާގެ ފަރާތުން އެއްވެސް ކަހަލަ ކޮވިޑް-19 އާ ގުޅުން ހުރި ނުވަތަ އެއަށް ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް އަޅުގަނޑުމެންނަކަށް ބަލި މީހާގެ ކިބައިން ނުއެއް ފެނޭ". ޑރ. މޫސާ މުރާދް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 86 މީހުންނެވެ. އޭގެ ތެރޭގައި 80 އަހަރުން މަތީގެ މީހަކުވެސް ހިމެނެއެވެ. އޭނާއަށް ދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންނެވެ. އޭނާގެ ހާލު އިތުރު ގޯސް ނޫން ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ޓެސްޓްކިޓްތަކަށް ކިހާވަރެއްގެ އިތުބާރު އެބައޮތްބާ؟
ސަރުކާރުން ނަހަދާނެ ތެދެއް. ގަބޫލެއް ނުކުރެވޭ.
ޢެމަރުހޫމަށް ސުވަރުގޭގެ ދާއިމިނިޔުމަތް މިންވަރުކުރެެްވުން އެދި ދުވާކުރަން..އަދި އެއާއިލާޔަށް ކެއްތެރިކަން މިންވަރުކުރައްވާށި.
ފޮނި މުރާދު
މިހާރު މޯދީޖީ ޗައިނާގެ ޓެސްޓްކިޓްތައް ފޭކޭކިޔާފަ ބޭރުކުރީމަ ވަގުތުން މިތާވެސް ޝައްކުކުރަންފެށީ. ބަލަ އިންޑިޔާއަކީ ދުވަހަކުވެސް ޗައިނާއާ އެއއްގަލަކަށް އަރާނެތަނެއްވެސްނޫން، އެމީހުންގެ ޕްރޮޑަކުޓެއްވެސް ރަނގަޅެއްނުވާނެ. ޗައިނާއެއޮތީ ހަމަ ތިޔަ ކިޓުތައް ބޭނުންކޮށްގެން ކޮންޓްރޯލްކޮށްފަ.
އަޖައިބެއްތީ. އާން އޭނަގެ އަޖަލު ހަމަވީމަ ގެންދެވީ. މަނެތިން އެއްޗެކޭ ބުނާކަށް
މި މީހުން ހީކޮށްގެން ތިބީ މަބުރޫކުގެ ސަޅިބައިސާ ޗަރުކޭސް ޝޯ ފެނިފައި ކޮވިޑް ބިރުގަންނާނެ ކަމަށް. މާފަހުން މި އެނގުނީ އެއީ އެހެން ގުޑާލަ ގޮލައެއް ނޫންކަން. ބައްޔަށް ޓެސްޓްކުރުންވެސް ލަވައިގައި އެކިޔާހެން އާގޮތަކަށް އޮޑިބޭލީމާ އަށް ބަދަލުވެއްޖެ. މަކަރުވެރި ބޮޑުބޭބެގެ ޚަބަރެއް ނެތް.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
އެމެރިކާ ގައި މިފަދަ މީހުން ވެސް ގުނަނީ ކޯވިޑް 19 ކަމުގައި. އެއީ އެމެރިކާ ގެ އަދަދު ތަން ކޮޅެއް މަތީ ގައި އުޅޭ ކަމަކީ.
ކޮންކަމަކައް ފަރުވާ ކުރަންތޯ އަޖީއެމް ހޮސްޕިޓަލް އައް ގެންދިޔައީ.. ހަމަ އެއްވެސް ކަމެއްނުވެ ކޮވިޑައް ޓެސްޓް ކޮއްކޮއް ހުއްޓާ މަރުވީތޯ... އަޖައިބެއް...