މާފަންނު މެދު ދާއިރާގައި ތިބި މީހުންގެ ތެރެއިން ކާޑާއި ބޯ ފެން ލިބުން ދަތިވެފައި ތިބި މީހުންނަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެހީތެރިވެވަޑައިގަތުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ޓުވިޓާގައި މީހަކު ފާޅުކުރި ހިޔާލަކާ ގުޅިގެން ބޮންޑޭ މިއަދު ވިދާޅުވީ އާސާސީ ކާޑުގެ ބާވަތްތައް ހޯދުމަށް މާލީ ގޮތުން ދަތިވާ، ދާއިރާގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ޓުވިޓާގައި އަސްމާގެ ނަމުގައި ހިޔާލު ފާޅުކުރި މީހަކު ބޮންޑޭ ޓެގްކޮށް ބުނީ ވޯޓު ހޯދަންވީމަ، ގުޅާވަރުން ބޮލާ ނުކުޅަދާނަވާ ކަމަށެވެ. އަދި މަޖިލިހަށް ހޮވުނީމަ، އެއީ އުޅުއްވާ މެމްބަރެއް ކަން ވެސް ނޭނގޭ ކަމަށާއި މިހާ ދަތި ދަނޑިވަަޅެއްގައި ދާއިރާގެ ރައްޔިތުން އުޅޭ ގޮތަށް ބަލާލަން ގުޅާ ވެސް ނުލާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް، އަސްމާގެ އެ ވާހަކަތައް ބޮންޑޭ ވަނީ ދޮގު ކުރައްވައިފައެވެ.

މާފަންނު މެދު ދާއިރާ އިން ފަހުން ކުރި ޓުވީޓެއްގައި ބުނީ އެ ދާއިރާގައި ތިބި ރައްޔިތުންގެ ތެރެއިން ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު، ފުށް) އަދި ބޯފެން ގަނެވޭ ފަދަ ނެތް، މާލީ ގޮތުން ދަތިވެފައިވާ މީހެއް ހުރި ނަމަ، އެންގުމަށް އެދޭ ކަމަށެވެ. ޓުވީޓުގައި ބުނީ އެ ދާއިރާގެ މެމްބަރު ބޮންޑޭ އަށް ނުވަތަ، ލަބީގް މާހިދު ނަމަކަށް ކިޔާ މީހަކަށް މެސެޖް ކުރުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން،" މާފަންނު މެދު ދާއިރާގެ ޓުވީޓުގައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ ހާލަތު ދަށްވަމުންދާތީ ބޮންޑޭ ދާއިރާގެ ރައްޔިތުންނަށް އެހީތެރިވެވަޑައިގަތުމަށް ނިންމެވި އިރު، ގަލޮޅު ދެކުނު ދާއިރާގައި ހުރި ގެތަކުގެ ތެރެއިން އެންމެ އަތްމަތި ދަތި 100 ގެއަކަށް އެ ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކާޑު ފޯރުކޮށްދެއްވުމަށް ވަނީ ނިންމަވައިފައެވެ. އެގޮތުން އަތް މަތި ދަތިކަމަށް ފާހަގަވާ 100 ގޭބިސީއެއް ފާހަގަކޮށް، ކޮންމެ ގޭބިސީއަކުން އެއް މީހެއްގެ އެކައުންޓަށް 500ރ. ޖަމާކުރަން ނިންމާފައިވާ ކަމަށް ވެސް މީކާއިލް ރޭ ވަނީ ވިދާޅުވެފައެވެ.

އެންމެ އަތްމަތި ދަތި 100 ގެއަކަށް މީކާއިލް ކާޑު ފޯރުކޮށްދެނީ

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޓަކިބެ

  މީގަކުރަންވީ ކަމަކީ ފަސޭހައިން ތަކެތި ލިބޭގޮތެއް ހެދުން ގަންނައް

  17
 2. ????

  ކޮބަަތަ ނަންބަރ ގޭގަނެތް ހަނޑޫ ހަކުރު ފުށް އަދި ފެން. ސައިބޯނި ސެނެޓައިޒަރ މިހާޜުން މިހާރަށް ޒަރޫރީ ބޭނުން ބޮންޑާ . މިއުޅޭ ފަލާހުވެސް ވޯޓް ހޯދަންވީމަ ހީވާނީ މޮޔަވެގެން އުޅޭ މީހެއްހެން މިހާރު ފިލާ ލިބޭ ބޮޑު މުސާރައިން ދާއިރާ މީހަކަށް އެއްވެސް އެހީއެއްނެތް

  13
 3. ތީތި ކަޑަ

  ދީފައި ނުވަތަ ދޭންވީމާ އެވާހަކަ އިސްތިހާރު ކުރުމަކީ ދެއްކުންތެރިކަން. މުސްލިމެއްގެ ހައިސިއްޔަތުން ތީތި ކަޑައޭ ބުރޯ.

 4. އަހުމަދު

  ކުދި ފިހާރަ ތަކުން ގަންނަން ވެސް ނުލިބެނީ މީ ހަގީގަތަކީ އެސް ޓީ އޯ އަށް ކުދި ފިހާރަ ތަކުން ދިޔައިމާ ކާޑު ދޫ ނުކުރަނީ ކޮންމެސް ބަޔަކާ ހަދާފައި އޮންނަ ޑީލަކުން މިކަމެއް ވެސް ނުވޭ މާލެ އަށް އެސް ޓީ އޯގެ ކާޑު ފޯރު ކޮށްދޭ އޮންނާނީ ހަތަރު ލޮރީ ކިހިނެއް މިކަން ވާނީ ގަންނަ ލިބޭ ގޮތް ވިޔަސް ރަނގަޅު މިވާހަކަ ލިޔާ އިރަށް ބުނާނެ ސަރުކާރަށް ފާޑު ކިޔަނީއޭ މީއީ ހާގީގަތް މިއަދުވެސް ލިބުނު ހުއްދައިން ނުކުމެގެން ލިބުނީ އެންމެ ދެކިލޯ ހަނޑު ފުށެއް ހަކުރެއް ނުލިބުނު މުޅި ސަރަހައްދުން ވެސް ކޮބައިތަ އަލީ އާޒިމް ކޮބައިތަ ނިޔާޒު ކޮބައިތަ ވޯޓް ހޯދަން އުޅޭ ފެންވިލާގޭ އައިސްތު ކޮބައިތަ އަނދުން ހުސެން

 5. ދަރި

  ރައީސް ވިދާޅު ވި 10 މަސް ދުވަހުގެ ކާޑު ހުރި ވާހަކަ ... ބޭންކްގައި ފާއިސާ ހުރި ވާހަކަ މީހުންގެ އަތުގައި ފައިސާ ހުރިވާހަކަ
  ކޮލިގޭގޭގައި މަނިޓަރީގައި ކެނެރީގޭގައި އަނދުން ގޭގައި ފައިސާ ހުއްޓަސް ރައްޔިތުން އަތުގައި ފައިސާ ހުއްޓަސް ކެވޭނީ ކުދި ފިހާރަ ތަކަށް ކާޑު ލިބިގެންނޭ މިރޭވެސް މަބުރޫކު ބުނާނެ އެސް ޓީއޯ އިން ކާޑް ލިބޭނެއޭ... ބަލަ މަބުރޫކު ކަލޭ މާލޭގެ ފިހާރަ ތަކަށް ވަދެ ބަލާބަލަ... ކާޑު ލިބެން ހުރި ތޯ ކިހާ ދެރަ ކަމެއް މީ

 6. ގަމާރު

  އއއިއ އްޒަތްތެރި މެމްބަރު ވޯޓް ހޯ އްދަވަން ގޭގެ އަށް ވަޑަ އިގެންނެވި ގޮތަށް މިހާރުވެސް ގޭގެ އަށް ވަޑަ އިގެން އެ އްޗެ އް ނުދެ އްވެނީ ކީ އްވެތޯ

  4
  1
  • ކުށެއްނޫން ދޯ

   މެމްބަރުންނަކީ ރަ އްޔިތުންގެ ތެރެ އިން މަޖިލިހަށް ޤާނޫނު ހަދަން ހޮވާބަ އެއ އްކަމަށް ޤާނޫގަ އި އޮވެޔޯ! އެހެން ކަމަށްވާނަމަ މެންބަރެ އްގެ ހަ އިސި އްޔަތުން މިކަހަލަ ކަންތަ އްތަ އް ކުރުމަކީ ކުށަކަށްނުވާނެ ބާ؟ ނުވަތަ ސިޔާސީން ކޮށްފި އްޔާ ކުށަކަށް ނުވަނީބާ!!!

 7. ޝުކުރިއްޔާ

  ކޮންމެ 100ގެ އަކަށް 3 ވައްތަރުން 3 ބަސްތާ ކާޑު ވައްދަން، 80000 ރުފިޔާ ނުދާނެ.... އެއީ، އަދި މާބޮޑު އެއްޗެއް ނޫން! ތިޔަ ފެންވަރުގެ މަހުޖަނުން ނަށް!

 8. ކޮތަރު

  ބޮންޑޭ މެން ކުރާވަރުވެސް، މައްޗަންގޮޅީ މެދުދާއިރާއަށް އީސީ ގެ އެތެރޭގެ އެހީއާއިއެކު ހޮވިގެން އެގޮނޑިންލާފަ ގޮސް ބޮޑުގޮނޑިއަށް އަރާއިން މައިބަދައިގެ މައްސަލަ ހުންނަ މީހާ ނުކުރާނެ. މުޖައްރިބު. މީހަކު ބަވައިގަތީމަ ނަމަވެސް ބޮންޑޭ ތިޔަކަމާ އުޅެފިތާ.