ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންގެ ޒާތާއި ބެހި ބަދު ބަސް ބުނާ މައްސަލާގައި ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ އަދި ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ނުރުހުންވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ޑޮކްޓަރުންނާއި ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަދެކެވެމުން ދާތީ އެކަމާއި އުނދަގޫ ވާ ކަމަށެެވެ.

"ބައެއް ފަހަރު މި ދެ ދުވަހު އަޅުގަނޑަށް އުނދަގޫވާ ކަމެއްގެ ގޮތުގައި ފެނޭ ޑޮކްޓަރުންނަށް ސީދާ ދިމާލަށް، އެ ބޭފުޅުން އެ ކުރަނީ ރަނގަޅަށް ނޫން ކަމަށް އަދި، އެ ބޭފުޅުންގެ ޒާތާއި އެކި ތަންތާ ވާހަކަދެކެވެމުން ދާތީ". މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މުޅި ދުވަހު އެ ޑޮކްޓަރުން އުޅުއްވަނީ ހުއްޓުމެއް ނެތި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ކަމަށެވެ.

"އަޅުގަނޑަށް އިނގޭ އެހެން މަސައްކަތް ކުރާއިރުގައި ބައެއް މީހުން ބޭނުންވާ އަަވަސް މިނުގައި ކަންތައްތައް ނުވާކަަން، އަދި ބައެއް ބޭފުޅުންނަށް އެ ކުރައްވަމުން ގެންދަވާ ކަންތައްތަކާއި ބެހޭގޮތުން އިތުރު ސުވާލުތައް ހުރިކަން".މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވަނީ އެ ބުރަ މަސައްކަތް ކުރަމުންދާ ޑޮކްޓަރުންގެ އަގު ވަޒަން ނުކޮށް އަދި ކުރަމުންދާ މަސައްކަތުގެ ހިތްވަރުގެއްލޭ ގޮތަށް ކުރަމުންދާ ކަންކަން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެއްވެސް ވަރަކަށް ޓޮލަރޭޓް ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނިފައި ވަނީ މާރިޗް 7 ވަނަ ދުަވަހުއެވެ. އެއާއެކު ސިއްހީ ހިދުމަތްތެރިން ވަނީ މި ވައިރަހާއި ދެކޮޅަށް މަސައްކަތް ފަށަފައެވެ. އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 16 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

އަދި ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް މިހާރު ނޭޕާލް އާއި ބަންގްލަދޭޝްގައި ތިބި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ވަނީ ގުޅިފައެވެ. އަދި ބައެއް ދަރިވަރުން ކަރަންޓީން މުއްދަތު ނިންމާލުމަށްފަހު މަސައްކަތާއި ގުޅޭނެއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 86 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މަހާ ކަލަމެންޖާ

  ޑޮކްޓަރުންނާއި މެދު ދިވެހި ރައްޔިތުންގެ ހިތުގައި އޮތީ އިޙްތިރާމާއި ޤަދަރެވެ. ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން އެދިގޮވަމުން ދިޔަ ގޮތަށް ސަރުކާރުން ދިވެހިޤައުމުގެ ދޮރާށިތައް ބަންދުކުރިނަމަ، މިމުޞީބާތާއި ކުރިމަތި ނުވީހެވެ. މިހާރު މިދާ ރޭޓުން ވައިރަސް ފެތުރޭނަމަ ޑޮކްޓަރުންނަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ. ދެން އޮންނާނީ އެމީހަކާއި އެމީހެކެވެ. މިއީ ކަނޑައެޅިގެން ޤައުމު ހިންގަން ހުރި ފަރާތުގެ ދޯހަޅިކަމުން ނުވަތަ އަމިއްލައަށް ގަދަކަން ދެއްކުމުން ނުވަތަ އަރިހުގައި ތިއްބެވި ބޮޑުންނާއި ހަނގުބޭކަލުންގެ ބަސްފުޅު އެހުމުގެ ނަތީޖާއެވެ. ކީރިތި ޤުރުއާނަށާއި ރަސޫލުﷲ ގެ ފާނުގެ ސުންނަތާއި ޚިލާފަށް ބޭރުން މީހުން އެތެރެކޮށް މިރާއްޖެ ފުރަބަންދު ނުކުރުމުގެ ނަތީޖާއެވެ.

 2. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  އިންޑިއާ ގައި ޑޮކްޓަރުންނަށް ހަމަލާ ދޭ މީހުން 5 ލައްކަ އިން ޖޫރިމަނާ ކޮށް 7 އަހަރަށް ޖަލަށް ލުމަށް މިއަދު ނިންމައިފި.

 3. ހަމަ

  ޢަޅުގަޑު މިކަމުގައުޅޭ އެންމެނަށް އިހުލާސްތެރި ކަމާއެކު އަގު ވަޒަންކުރަން

 4. ހައްޤުޝުކުރު

  ރަނގަޅު ވާހަކައެއް އެބޭފުޅުން(ޑޮކްޓަރުން)ކުރައްވާމަސައްކަތުގެއަގު ވަޒަންކޮއް އެބޭފުޅުންނައް ޝުކުރުކުރަންޖެހޭ އެބޭފުޅުންގެ ޚިދުމަތް މިދަނޑިވަޅުގަ އަޅުގަނޑުމެންނައް ނުލބޭނަމަ އަޅުގަނޑުމެންގެ މިއަދުގެޙާލަތު އޮންނާނެގޮތް ވިސްނާލައްވާ އެއްޗެހިކިޔުމުގެބަދަލުގައި ޙައްގީ ތަޢުރީފު ރަނގަޅު ކޮންމެބަޔަކު މަސައްކަތެއް ކުރިޔަސް އެބައެއްގެމައްޗައް ކަނޑައެޅިފައޮތް އުޖޫރައެއްލިބިދެވެންވާނެ އެކަމަކުވެސް އެ އުޖޫރައައްވުރެން ބޮޑައް އެބޭފުޅުން އަޅުގަޑުމެންނައް އެދެއްވަނީ އިންސާނީ ޚިދުމަތެއް ވީމާ އެބޭފުޅުންނއްޝުކުރުޙައްގު.

 5. ނަައީމް

  މަބުރޫކު ކަލޭމާތާހިރެއްނޫން ތިވާހަކަ ދައްކާކަށެއް ކަމޭކީއްވެތަ ޔާމީންވެރިކަމުގަ ފެންކުންފުނީގެ ހުރިހާ ފެންޕުލާންޓްތަކުގަ ރޯވިދުވަހު މަގުތަކު މަށްޗަށްނުކުމެ މިވަގުތަކީ ސަރުކާރު އިސްތިއުފާދޭންވީ ވަގުތޭގޮވާހަޅޭލެވީ މިހާރު ކީކޭ ތިކިޔާނީ ވިސްނާލަބަލަ ވަޒީފާތަކުން ކެނޑިހާމީހުން ކަލޭމެނަށް ބަދުދުޢާ ކުރާނެ ކިތަށް އާއިލާތޯ މަގުމަތި ކުރީ ވިސްނާލަބަލަ

 6. ދިވެހިން

  ކޮންނަމެއްކިޔާ ޑަކުޓަރެއްބާ