ހިނގާދިޔަ ކަންކަމަށް ބެލުމަށްފަހު މީގެފަހުން ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުން މިހާލަތުގައި އެނބުރި ގައުމަށް ފޮނުވާލާނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްފަހު ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ނާޒިމާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ނާޒިމާ ވަނީ މި ދަނޑިވަޅުގައި ސަރުކާރުން ބިދޭސީންނާއި މެދު އަމަލު ކުރަމުން އަންނަ ގޮތްތައް ހިއްސާ ކޮށްދެއްވާފައެވެ. އެގޮތުން ނާޒިމާ ވިދާޅުވީ ބިދޭސީންގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށްދާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 900އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް އޭގެތެރެއިން ބައެއް މީހުންގެ އަތުގައި ޕާސްޕޯޓު ނެތުމާއި އަދިވެސް އެހެނިހެން ބައެއް މައްސަލަތައް މިނިސްޓްރީއަށް ފާހަގަކުރެވިގެން އެކަން ފޮރިން މިނިސްޓްރީއާ ހިއްސާކޮށްފައިވާނެ ކަމަށް ނާޒިމާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިއްޔެ އެނބުރި ބަންގްލަދޭޝް އަށް ފޮނުވާލި 68 މީހުންނަކީ ރަޖިސްޓްރީވި މީހުންގެ ތެރެއިން ހަމައަށް ލިޔެކިޔުންތައް ހުރި މީހުން ކަމަށެވެ.

ނާޒިމީ ވިދާޅުވީ މިހާތަނަށް އިކޮނޮމިކް މިނިސްޓްރީގައި އެނބުރި ގައުމަށް ދާން ބޭނުންވެގެން ރަޖިސްޓްރީ ކޮށްފައި ތިބި މީހުންގެ ލިސްޓު ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނަށް ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި އެނބުރި ބަންގްލަދޭޝް އަށް ދިއުމަށް ދާން ބޭނުންވާ މީހުންގެ ތެރެއިން ރާއްޖެ އައި ބަންގްލަދޭޝްގެ އެއާފޯސް މަތިންދާ ބޯޓުގައި އެނބުރި ގައުމަށް ފޮނުވާލެވޭނީ ކޮވިޑް19 އަށް އެމީހުން ޓެސްޓު ކުރުމަށްފަހު ކަމަށް ހައިކޮމިޝަނުން ޝަރުތު ކުރި ކަމަށް ނާޒިމާ ވިދާޅުވިއެވެ.

"އެބޭފުޅުން ލިސްޓު ހަދާފައި ދިން ހުރިހާ މީހުންނާއި އަޅުގަނޑުމެން ވަކިވަކިން ގުޅައިގެން އެމީހުން ގެނެސް ތަނެއްގައި ބައިތިއްބައިގެން އަޅުގަނޑުމެން އެމީހުންގެ ކޮވިޑް ޓެސްޓު ހަދާފައި ދެން އޭގެތެރެއިން ތިން މީހުން ޕޮޒިޓިވްވީ އެހެންވީމަ އެ ތިން މީހުން ބައިތިއްބާފައި އެ ތިން މީހުންގެ ބަދަލުގައި އަނެއްކާ އިތުރު ތިން މީހެއް ލާފައި އެމީހުންގެވެސް ޓެސްޓު ހަދާފައި އެ ގެންދެވުނު 68 މީހުން ގެންދެވިފައި އެވަނީ. ދެން ކުރިޔަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންގެ ވިސްނުމަކީ ކުރިޔަށް ދާނީ ފޮނުވާލާ ކަމަށް ވަންޏާމު ހަމަ ކޮވިޑް ޓެސްޓު ހަދާފައި އޭގެއިން ނެގެޓިވްވާ މީހުންނޭ،" ނާޒިމާ ވިދާޅުވިއެވެ.

ނާޒިމާ ވިދާޅުވީ މިހާރުވެސް ބަންގްލަދޭޝް އިން އިތުރު ބޯޓެއް ރާއްޖެ އަތުވެއްޖެ ނަމަ އިތުރު ބިދޭސީންތަކެއް ފޮނުވާލުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ. ނާޒިމާ މިފަދައިން ވިދާޅުވިއިރު ސަރުކާރުން އަންނަނީ ތޮއްޖެހިފައިވާ ތަންތަނުގައި ތިބި ބިދޭސީން ސަރުކާރުން ހަމަޖައްސާ ދޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރަމުންވެ. އެގޮތުން ދާދިފަހުން ވަނީ 200 ބިދޭސީއަކު ހުޅުމާލޭގައި ހުންނަ އަމީން ހިޔާއަށް ބަދަލުކޮށްފައެވެ. އެކަމާއި ގުޅިގެން ނާޒިމާ ވިދާޅުވީ މި ދުވަސްވަރު އެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އެކަން ހުއްޓިފައި ވަނީ އަމީން ހިޔާއަށް ބަދަލުކުރި ބިދޭސީއެއްގެ ފުށުން ކޮވިޑް-19 ފެނިފައިވުމާއި ގުޅިގެން ކަމަށް ނާޒިމާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޢައްޕަ

  ޜަށްފުށު މީހުން ރަށްތަކަށް ފުރުމުގެ ކުރިން ޓެސްޓް ކޮށް ނުދެނީ ކީއްވެ. ޜާއްޖެތެރެއަށް ބަލި ފެތުރުނަކަސް ކަންބޮޑެއް ނުވޭ. ބަންގާޅަށް ބަލި ހިނގައިދާނެތީތަ ކަންބޮޑުވަނީ.......

  13
 2. މަރުމޯލު

  ތިޖެހުނީ އަނެއްކަންތައް ، އިއްޔެ ފޮނުވާލަން އުޅުނު މީހުންތެރެއިން 3 މީހުން ޕްޒިޓިވް ވިއިރު ދެން ދެން ތިބިމީހުން ނެގެޓިވް ވިޔަސް ކަރަންޓީނުކުރަންޖެހޭނެދޯ ، ކޮންޓެކްޓްވެފައި ހުންނާނީ

  11
  1
 3. ފާދިރީ

  ޜާއްޖޭގެ ކިޓްތައް ބޭނުންކުރަންވާނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދާ މީހުން ޓެސްޓް ކުރުމަށް. މާލެއިން ރަށަށް ފުރުވާލެވެ ކޮންމެ މިހަކީ ކޮވިޑަށް ޓެސްޓު ކުރެވި ނައްސި ވެފައިވާ މީހަކަށް ވާންޖެހޭ

 4. ތާށިވެފަ ހުރި ދަތުރުވެރިއެއް

  ދެން އަޅެ ކީއްވެތަ ޓެސްޓު ކޮށްފަ އަހަރުމެން ރަށަށް ނުފޮނުވަދޭންވީ
  ރާއްޖެތެރޭ ނިކަމެތިން މާލޭގައި ބިކަ ކޮށްފަ ބިދޭސީން ޓެސްޓު ހަދާފައި ފޮނުވާލަ ދޭ އިންތިޒާމް ހަމަޖައްސާތަން ފެނުނީމަ ވަރަށް ދެރަވޭ.
  1676 އަށް ގުޅާފަ އެދުމުންވެސް ބުނީ ރަށަށް ދިއުމަށޭ ކިޔާފަ ޓެސްޓު ނުކޮށްދެވޭނެ ކަަމަށް. ޙިތާމަހުރި

  11
  • އަބްދުއްލަޠީފު

   ތިތާ ގަނަތެޅެން ކަލޭމެން ތިބޭތަން ދެކެން މާލެމީހުން ވަރަށްބޮޑަށް ބޭނުންވާނެ. އެއީ ކަލޭމެންނަކީ ކުޅަނދު ހަމަނުވާ ބަޔަކަށްވާތީއެވެ.

 5. ފެކްޓް

  މިހާރު ތި ދަނީ ރަނގަޅަށް. މިހާރުވެސް މާ ލަސްވެސްޖެ ފޮނުވިން.. އަ ބަދުވެސް ރޯވީމަ ކަންކަން ކުރާ އުސޫލު!
  ޑޭންގީވެސް ފެތުރި ބިރުވެރިކަން އާންމު ވީމަ ފޮގް ކުރަންވެސް ފަށާނީ! އޭގެ ކުރިން މަދިރި މައްތާލަން ދާއިމީ މަސައކްތެއް ކޮށްގެން ނުވޭ!
  ދެކި ބަލަ މިޤައުމަށް ޖެހިފައޮތް ހާލު ބިދޭސީންގެ މައްސަލަ ބޮޑިވެގެންވޮސް!! ހަމަ ސަރުކާރުން ނޫޅެޔޭ އެކަން ހަމައަކަށް އަޅުވާކަށް. މަސްތުވާތަކޭތީގެ މައްސަލަވެސް ހަމަ އެހެން. މާލެ ތޮއްޖެހުމާއި އެހެނިހެން ބައިވަރު އިޖުތިމާއީ މައްސަލަތައްވެސް ހަމަ އެހެން.

 6. ފެކްޓް

  އަދި ދިވެހީންގެ ތެރެއިންވެސް ރަށަށް ދާން ބޭނުންވެފައި ތިބި މީހުން ޓެސްޓް ކޮށްފަ ރަށަށް ދެވޭނެ އިންތިޒާމް ހަމަޖައްސަވާދެއްވުން އެދެން

 7. ލީޒާ

  އަޅުގަނޑު ވެސް ހަމަ ރަށަށް ނުދެވިފަ?? މިހެން ނަހައް ދަވާ...
  ރަށަށް ފޮނުވަ ނުދެވޭ އިރު ކީއް ކުރަން ފާޑު ފާޑު ލިންކް އެއްޗެހި ލަނީ އެތައްމިތަނައް??

 8. ޙަސަނާ

  އެކަމަކުވާދޯ މި ބިދޭސީން ގާނޫނާ ގަވައިދާހިލާފަ އުޅުން ހުއްޓުވާލެވޭ ވަރުގެ ސަރުކާރެއް ހަމަ ނުވިތާ ދޯ މާލޭ ގަ ކުދި ގޮޅި ތަކުގަ 95ހާސް ބިދޭސީން މިހާރު އުޅޭނެ ކަމައް ގަބޫލުވެސްނުކުރަން ދޯ ތިމީހުން އަމިއްލަހަރަދުގަވެސް ދާނެ ޑީޕޯޓު ނުކުރާނަމަ އެހެންނޫނީ އެމީހުން މިތާގަ ގަވާއިދާހިލާފައް މަސައްކަތްކުރަން ތިބޭނީ ނުހުޓުވޭނޭ އެމީހުން ބުނާގޮތުންނަމަ ސަރުކާރު އެވައްތަރު ބުނަނީ ފަހުން މައްސަލަނުހުންނަނީ..ތެދެއް އެމީހުންވެސް އެބުނާހެން ކަންކަން ވެފަ ހުރީވެސް 2009 ގަވެސް ނަސީދު ވެރިކަމުގަވެސް ވީ އެހެން ދެންވެސް އެހެން.....

 9. ކޮރަލް

  ޓެސްޓް.ނުކުރިއަސް 14 ދުވަސް ކަރަންޓީން ކޮށްފަ ފޮނުވީމަ ރަނގަޅު ވާނެ އެވެ

 10. ކ

  ޓެސްޓް ކޮށްފަ ވެސް ފޮނުވަން ޖެހޭ.... ވަގަށް އުޅޭ ބިދޭސީން ފޮނުވާލަން ޖެހޭ... ވަގަށް އުޅޭ ބިދޭސީން ސަރުކާރުން ބެލެހެއްޓުމަކީ ހަރަދު ބޮޑު ކަމެއް...

 11. ދިވެހިން

  ހުސްބަންގާޅުންދޯ؟ މަސްއޮޑިއަކަށް އަރުވާފަ އެޓްލާންޓިކު ކަނޑަށްދޫކޮށްލާ.