ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ކަނޑައަޅައި ރަސްމީކޮށް އެކަން އިއުލާނު ކޮށްފިއެވެ.

މިހާރު އިސްލާމިކް މިނިސްޓްރީގައި ކުރިއަށްދާ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމާއި ބެހޭ ގޮތުން ބޭއްވާ ރަސްމީ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މިއަދު އިރުއޮއްސުމަށްފަހު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1441 އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވެފައިވާ ކަމަށެވެ.

"މިއަދުގެ އިރުއޮއްސުމަށްފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާތީއާއި އިސްލާމީ އެއްވެސް ގައުމަކަށް މި އަަހަރުގެ ހަަަނދު ފެނުނުކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިނުވާތީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ދިވެހި ރާއްޖޭގައި އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގައި ވާ ގޮތުގެ މަތިން މާދަމާ މީލާދީ ސަނަދުން 2020 އަހަރުގެ 23 އޭޕްރިލްވާ ބުރާސްފަތި ދުވަހަކީ މި ހިނގާ1441 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމުގައި އާއި 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި ހިނގާ އޭޕްރިލް 24 ވާ ހުކުރު ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ". އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވަނީ، ރޯދައިގެ ފަރުޟު އަދާ ކުރުމަށް ފަރުވާތެރިވުމަށާއި، ﷲގެ ރުއްސެވުމާއި މަޣްފިރަތަށް އެދި ހެޔޮ ކަންތައްތައް ގިނަ ކުރުމަށް ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން، ކޮވިޑް-19 އިން ހުރިހާ އިންސާނުން ރައްކާތެރިކޮށްދެއްވުމަށް އެދި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވަނީ ދުއާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނަައީމް

  މީ ރަނުގެފުރުސަތެއް މިހުރިހާކަމަކުން ސަލާމަތް ވުމަށް ﷲ ހަޟުރަތުގައި ދުޢާދެއްނެވުމަށް ލިބޭ
  ނަމަވެސް ހިތާމައަކީ މިސްކިތްތަށް ބަންދުވުން ގޭގަވެސް އެކަހެރިވެލާނެ ޖާގައެއްވެސް ނެތުމުން ނަމަވެސް ކެއްތެރިކަމާއި އެކު ފުރުސަތުގެ ބޭނުން ހެޔޮގޮތުގަ ހިއްޕަވާ މަބުރޫކު ޔާމީންވެރިކަމުގަ މާލޭގެ ފެންހަދާ މެޝިންތަށް އެދީމާ ޔާމީން އިސްތިއުފާ އަށް ގޮވިހެން އެކަކުވެސް އަމަލްތަށް ނުބަހައްޓާށެވެ.

  2
  1
 2. ?

  ?

  3
  1
 3. ވަޙީދު

  22އެޕްރީލް 2020 ވީ ބުދަދުވަހަކީ ޝަޢުބާން މަހުގެ 28 ދުވަސް ކަމަށް ރާދަބްކޝޯޕްުން ހަދާފައިވާ ކަލަންޑަރުން ދައްކައެވެ. 23 އެޕްރީލް 2020ވާބުދަ ދުވަސް ޝައުބާން މަހުގެ 30 ވަނަ ދުވަހަށް ވަނީ ކިހިނެއްތޯއެވެ. މަޢްލޫމާތު ކުށް ކަމުގައި ނުވާނަމަ ހިޖުރީ މަސްތަކާއި ދުވަސްތަށް ކަލަންޑަރު ހަދާފަރާތަކުންވެސް ހޯދަންޖެހެނީ އިސްލާމިކް މިނިސްޓްރީންނެވެ.

 4. ޑައެލޯގް

  މައުމޫނުގެ ވެރިކަމުގައި މިރީދޫކުދިން ގޮވަމުންދިޔައީ، މައުމޫނު ފަލަކީހިސާބަށްމޮޅީޔޭ، ކަލަންޑަރާ ދިމާކުރަންވެގެން ރޯދަމަސް ފަސްކުރިއްޔޭ ނޫނީ އަވަސްކުރިއްޔޭ. މިހާރުވެސް މިހިގަނީ އެގޮތަށްނޫންތޯއެވެ. އަހަރުމެނަށް އެގޭ މިކަންލަސްކޮށްގެން ނުވަތަ ކަލަންޑަރާ ދިމާކޮށްގެން ވެރިންނަށް ވާނެމޮޅެއްނޯންނާނެކަން އެކަމު ރީދޫގަމާރުންނަށް ނޭގެނީ

 5. ބަކުރު

  ފޮޓޯއިން ތިފެންނަ މީހާ ހީވަނީ އިގި ރޭސި ފިލްމް ސްޓާ ރެއްހެން މިއީ ދީނީ މީހުން ހުންނަން އެންމެ ރަގަޅު ގޮތްބާ!
  އެބަޔަކުންނާ ވައްތަ ރު ވެއްޖެމީހާ އަކީ އެބަޔަކުންގެ ތެ ރެއިން ވާ މީހެކެވެ

 6. މާމީ

  މިފަހަރު ވަކިބަޔަކައް ދޯ ކަދުރު ތިޔާދިނީ ؟
  ކުރީދުވަހަކު ފެނޭ އިސްލާމީ މަރުކަޒުން ކަދުރު ފޮށިތަކެއް ނެރެގެން ޕިކަޕަކަށް އަރުވަނި ކޮށް.....