ބަލިމަޑުކަމާ ތަދުމަޑުކަމުގެ ހާލަތުގައި ކުއްޔަށް އުޅޭ ތަންތަނުން މީހުން ނުނެރުމަށް ހާއްސަ ގާނޫނެއް ހެދުމަށް އަވަސް ކުރަން ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ގޮވާލައްވައިފިއެވެ.

އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ހާލަތުގައި މީހުން ގެއިން ނެރުން ހުއްޓުވުމަށް ގާނޫނެއް ހަދާ، އެ ގާނޫނު ތަންފީޒް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް އަވަސް ކުރަން ސަރުކާރާއި މަޖިލީހަށް އޭނާ ގޮވާލެއްވިއެވެ.

"މި ބަލިމަޑުކަމާ ތަދުމަޑުކަމުގެ ހާލަތުގައި ކުލި ނުދެއްކިގެން މީހުން ގޭން ބޭރުކޮށް މަގުމަތި ކުރުން ހުއްޓުވުމަށް އިމަޖަންސީ ގާނޫނެއް ފާސްކޮށް ތަންފީޒުކުރުމަށް އަޅުގަނޑު ތާއީދުކުރަން. އަދި އެކަން އަވަސް ކުރުމަށް ސަރުކާރާ މަޖިލިސް މެމްބަރުންނަށް ގޮވާލަން،" އަލްހާންގެ ޓްވީޓްގައިވެއެވެ.

އަލްހާން މިފަދައިން ގޮވާލެއްވި އިރު ކޮވިޑް-19 އާ ގުޅިގެން މީހުންގެ އަތްމަތި ދަތިވެފައިވާ މި ހާލަތުގައި، ކުލި ނުދެއްކޭ މީހުން ގެއިން ނެރުން ގާނޫނަކުން ވަގުތުން ވަގުތަށް ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވެސް ވަނީ މިއަދު މަޖިލީހުގައި ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިހުން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ މި ހާލަތުގައި ކުލި ނުދެއްކިގެން މީހުން ގެއިން ނެރުން އިލްތިމާސްއަކުން އެކަނި މަނާ ކުރުމުން ނުފުދޭ ކަމަށެވެ. އަދި އެއަށް ވުރެ ހަރުދަނާ، ދާއިމީ އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

އެހެން ނޫނީ ބަލި ފެތުރުމުގެ ބިރު ވެސް އެބައޮތް ކަމުގެ އިންޒާރު މީކާއިލް ވަނީ ދެއްވައިފައެވެ. އަދި އެކަމުގެ ސަބަބުން ދައުލަތަށް ނުކަތާ ވަރަށް އިޖުތިމާއީ މައްސަލަތައް އިތުރުވެދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މީކާއީލް ވިދާޅުވިއެވެ.

ފަހަކަށް އައިސް ކުލި ނުދެއްކޭ މީހުން ގެއިން ނެރެ މަގުމަތިކުރާ މައްސަލަ ދަނީ ފެންމަތިވަމުންނެވެ. އަދި ސަރުކާރުން ވަނީ އެފަދައިން މީހުންނާއި މެދު އަމަލު ނުކޮށް އިންސާނިއްޔަތުކަން އިސް ކުރުމަށް ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ފެކްޓް

  މާތްކަލާކޮ!! ކޮންމެ ކަމަކަށްމެ ޤާނޫނެއް ނަހަދާ ނުވާނީތޯ! އަޚްލާޤުކިޔާއެއް ޗެއްއިންސާނާގެކިބައިގައި ހުންނަން ނުޖެހޭތޯ! ކޮންމެ ކަމެއްވެސް ކުރުވަން މިޖެހެނީ އޮބަހައްޓައިގެން ވަލު ޖަނަވާރުގެންގުޅޭހެން! ތިއަށްވުރެ ރަނގަޅެއްނު ތޯ ރަނގަޅު އަޚްލާޤާއި ތަރުބިއްތު ލިބިފައިވާ ޖީލެއް ބިނާ ކުރަނ ް އުޅުނިއްޔާ!ކުޑައިރުއްސުރެ މިމަގަށް ކުދިން ހާމުވަންޏާ! ތިމާމެންނަށް އުޅެވޭ މަގު ސެކިއުލާވެ ، ޖާހިލުކަން ބޮޑުވެ، ތިމާމެން ދީނާ ދުރުވީމަ ކަމެއް ނޭގޭ ދޯ ވެގެންމިއުޅެ ގޮތެއް މީސްތަކުންނަށް ވެގެން މިއުޅެނީ! ގައިމު މިދީނުގައި މިވަނީ އިންސާނާ އުޅެންޖެހޭ އެންމެހާގޮތެއް ބަޔާންވެގެން!މާމޮޅުކަމަކަށް ހަދައިގެން ކޮންހާ ޤާނޫނެއް ނެހެދިގެން މިއުޅެނީ!!

 2. --ލޮލީ

  މިހާރު ޑްރާފްޓް ކުރަމުން ދަނީ! ކަލޭ ހަމަޖެހި ބަލަ

 3. މަރީ

  ކަލޯވެސް އުޅޭކަން އަންގާލީ ދޯ. ކައުންސިލް އިންތިޚާބަށް މޭޔަރު ކަމަށް ކުރިމަތިލާދޯ. ވާވާ ގަދަ.

 4. ުއުނދުޅި

  ކަލޭނުބުންޔަސް އެކަން މާކުރިން އޮތީ ދިވެހިނަނައް އިނގިފަ

 5. ނަސީދު

  ގާނުނެއް ހަދަންވީ ބެންކުތަކައް %12 ނަގާމައްސަލަ ދެން ބަލިމަޑުކަމެއް ޖެހިއްޖިއްޔާ އެޑިއުރޭސަންއައް ލޯނުދެއްކުން މެދުކަޑާލަން ، އަބަދުވެސް މިޖެހެނީ ރައްއިތުމީހާ ފެލާލަން މިކީނުން ގައުމް ބައްޓަން ކުރަންޖެހޭނެ ގޮތަކީ

 6. ނަބީލު

  އެހެންވެއްޖިއްޔާ އެމަޖެންސީގަ ނުވަތަ ތަދުމަޑުކަމެއް ޖެހެއްޖިއްޔާ ރައްއިތުންނައް ސަރުކާރުން ހިލޭކާންބޯންދިނުން ލާޒިމުކުރާ ގާނޫނެއް މާމުހިންމު ކަމައް އަޅުގަނޑު ދެކެން