އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހައިޑްރޮކްސިކްލޮރޮކުއިންގެ ފަންސާސް ހާސް ޔުނިޓް، ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ. ކޮވިޑް-19 އާއި އެނޫންވެސް ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރެވޭ މި ބޭސް ރާއްޖެއަށް ގެނެސްފައިވަނީ މިރޭ އިންޑިއާގެ ޗެންނާއީ އިން އައި ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާބޯޓުގައެވެ.

ހައިޑްރޮކްސީކްޓޮރޯކްއީން ރާއްޖެ ގެނައި ނަމަވެސް މިބޭސް ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންނަށް ދިނުމަށް ނިންމާފައިވާކަން އަދި ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވިދާޅެއް ނުވެއެވެ.

ބޭހުގެ މި ކޮންސައިންމެންޓް ރާއްޖެ ގެނެވިފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރެއްވިތާ 48 ގަޑިއިރުހަމަވުމުގެ ކުރިންނެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާ އާއި ދިވެހިރާއްޖެ އާއި ދެމެދުގައިވާ ޚާއްސަ ގުޅުން ފާހަގަ ކުރައްވާ އިންޑިއާ އަބަދުވެސް ދިވެހިރާއްޖެއާއިއެކުގައި ވާނޭކަމުގެ ޔަޤީންކަން އިއްޔެ އަރުވާފައެވެ.

ހައިޑްރޮކްސީކްޓޮރޯކްއީން ބޭސް ސަޕްލައިގެ 70 އިންސައްތަ އުފައްދާ ގައުމަކީ އިންޑިއާއެވެ. ލުޕަސް އަދި ރޫމަވޮއިޑް އާތުރައިޓިސްގެ ފަރުވާއަށްވެސް ބޭނުންކުރެވޭ ހައިޑްރޮކްސީކްޓޮރޯކްއީން ބޭސް އަދި އޭ.ޕީ.އައި އިންޑިއާގައި އުފައްދާ އެންމެބޮޑު ދެ ކުންފުންޏަކީ ޒައިޑަސް ކެލާ އަދި އިޕްކާ ލެބްސް އެވެ. އިންޑިއާގެ ބޭސް އުފައްދާ ކުންފުނިތަކުން ވަނީ މިދަނޑިވަޅުގައި ޑިމާންޑް ފުރިހަމަ ކުރުމުގެ ގޮތުން ޕްރޮޑަކްޝަން އިތުރުކޮށްފައެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަޝްވަރާކުރެއްވިތާ މިހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހައިޑްރޮކްސީކްޓޮރޯކްއީން ބޭހުގެ ސަޕްލައި ރާއްޖެއަށް ފޯރުކޮށްދެވުމަކީ ދެ ޤައުމުގެ މެދުގައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމުގެ ހެއްކެއް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެއެވެ. އަދި މިއީ އިންޑިއާގެ "ނެއިބަހުޑް ފަސްޓް ޕޮލިސީއާއި ދިވެހިރާއްޖޭގެ އިންޑިއާ ފަސްޓް ޕޮލިސީގެ ބަދަހިކަމުގެ ރަމްޒެއް ކަމަށް ވެސް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވިދާޅުވީ އިންޑިއާގައި ކޮންޓްރޯލްކޮށްފައިވާ މިބޭސް ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ދެޤައުމުގެ މެދުގައި އޮންނަ ގާތްގުޅުމުގެ ރަމްޒެއްގެ ގޮތުން ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް މިފޯރުކޮށްދިން އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާ ސަރުކާރަށް ދިވެހި ރައްޔިތުންގެ ނަމުގައި ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށް ވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މޮހޮދު

    ތީތި އަހަރުމެންނަށް ކާން ނުދޭތި. މިހާރުވެސް ތި މެލޭރިޔާބޭސް ކައިގެން އިންޑިޔާއިން އެތައްބަޔަކު މަރުވެއްޖެ?

    56
  2. ރައްޔިތުްނ

    ދިވެހި ރައްޔިތުންނޭ ނުކިޔަ ކަލެއާ ކަލޭގެ ބައިވެރިންނޭ ކިޔާބަލަ ގެރި މޯދީ އައް ކޮން ޝުކުރެއް

    40
  3. ޯބޯޖަލީލު

    ތިބޭސް އެއެްވެސް ދިވެއްސަކަށް ނުދޭތި އެމެރިކާގައި ތިޔަބޭސްތަށް ވީ ބޮޑު ވިހަޔަކަށް ކަމަށްވަނީ ވިސްނާ ވިސްނާ

    60
  4. ނިރު

    ޓްރަމްޕު ބުނީ ތިޔަކުން ނުގުޑަޔޯ .. ތިދިނަސް ވަނީ މަރޯ.. އެހެންވީމަ ތިގެނާ ތަނަކަށް ފޮނުވާލާ

    52
  5. ށަވިޔަނި

    ތިޔައީ ރަނގަޅު އެއްޗެއްނޫން ކަމަށް ދިރާސާއިން ދައްކައިފި.

    64
    1
  6. ޔޫސުފް

    އިންޑިޔާ ކުނި އުކާލާ ތަނަކަށް މި ރާއްޖެ ހެދީބާ؟

    59
    1
  7. ސަމި

    ކޮވިޑް-19: އިންޑިއާ އިން ފޮނުވި މެލޭރިއާ ބޭސް ބޭނުންކުރި ގިނަ މީހުން މަރުވެއްޖެ.. ވަގުތު ނިއުސް
    ...
    ވިސްނަންޖެހޭ ކަމެއް

    34
  8. ޟ

    ޙެޔޮނުވާނެ ތިބޭސް ނަމަނަމަ ދިވެއްސަކައްނުދޭތި. ﷲ އިރާދަފުޅުން ތިޔަށްވުރެ ރަގަޅުގޮތް ދިވެހިންނަށް މެދުވެރިކުރައްވާނެ.

    38
  9. ހަސަނު

    ވަރަށް ނުރައްކާ! ރައްޔިތުންނޭ ސަމާލުވޭ! އިބޫ އާ މޯދީ އެ އުޅެނީ ރާއްޖޭން ކޮރޯނާ އަށް ފައްސިވި މީހުންނަށް ލަނޑެއް ދޭން!

    އެ ބޭސް ކައިފިއްޔާ ފެންނާނޭ އަލާމާތްތައް:- ބަނޑުގައި ރިއްސުން / ހޮޑުލުން / ބޭރަށް ހިނގުން / ބޮލުގައި ރިއްސުން / ޑިޒިނަސް / ހަންގަނޑުގައި ރޭޝަސް އުފެދުން / ކާހިތްނުވުމާއި ބަރުދަން ލުއިވުން. ކޮވިޑް ޖެހިފައި ހުރި މީހެއް މިބޭސް ކައިފިނަމަ ހާލު ދެރަވާ ހިސާބަށް ދާނެ.

    28
  10. ދާދު

    ރާއްޖޭގަ ކޮވިޑް ޖެހި ރަނގަޅުވެފަ ތިބިމީހުން ރަނގަޅުވެފަ ތިބީ މެލޭރިޔާ ބޭސް ކާންދީގެނެއްނޫނެއްނުން. އެ ފަރުވާދިނުން މާ ބުއްދިވެރި. ނަމަ ނަމަ މެލޭރިޔާ ބޭސް ކާން ނުދޭތި އަނެއްކާ މުސްލިމުން ދެކެއެހާ ރުޅި އައްނަ ބައެއް އެއީ

    31
  11. ކިންގފިޝަރ

    މެލޭރިއާއަށް ފަރުވާކުރާ މި ބޭހަކީ އެންމެ ރަގަޅު ބޭހެއްނޫން. އެމެރިކާގެ ސީޑީސީ އިންވެސް މިކަން ކުރީ ޓެސްޓަކަށް. ނަތީޖާ ޒީރޯ. މިއީ ވަރަށް ނުރައްކާތެރި ބޭހެއް.

    36
  12. އަންމަ

    ދެން ތިކައިގަނެގެން ވިހަވޭ، އޭރުން ހުރިހާ ކަމެއް ހަމަވީ

    32
  13. ޙަމަހަމަ

    ކިހިނެއްހޭ ރައްޔިތުންގެ ރުހުން ނުލިބި ޓެސްޓުކުރާ ބޭހެއް އާންމުން ގަޔަށް ޖަހަން ތި ނިންމީ ؟!

    ދިވެހި ރައްޔިތުންނަކީ ބޭރުދުނިޔޭގެ ރުހުން ހޯދަން ބޭސް ޓެސްޓުކުރާ މީދާތަކެއް ނޫން!

    14
  14. ާބޭކާރު

    ތިޔަ ބޭސް ކާންދޭ ގިނަ ބަޔަކު އެމެރިކާގަ މަރުވާކަމަށް ހަބަރު ލިބޭ

    14
  15. ފާއިޒް

    އަމިއްލަ ޤައުމުގަ ތިތަ ބޭސް ބޭނުން ކުރިން ވަގުތީ ގޮތުން ހުއްޓާލާފަ އޮއް އަހަރެމެންނައް ކާންދޭން ތިގެނައީ ބޭސް ޓެސްޓް ކުރަނަތަ...ހެހޮނުވާނެ ސަރިކާރުން މިކަމާ ވިސްނާ...

    13
  16. ކޮތަރު

    ހެލިކޮޕްޓަރ ބެލެހެއްޓުމުގެ ނަމުގަ ފޮނުވާފަތިބި އިންޑިއާގެ ޖާސޫސުންނަށާއި އިންޑިއަން ހައިކޮމިޝަނަރ އަށް ތިޔަ ޒަހަރު ކާންދީ. ދިވެއްސަކަށްވެސް ބަނގްލަދޭޝް މީހަކަށްވެސް އަދި ކޮވިޑް-19 ޖެހިފަ ރާއްޖޭގައި ތިބި އެއްވެސް މީހަކަށް ތިޔަ އެތި ނުދޭތި. އަދި ބުނެފިއެެއްނު އެދިވަޑައިގަތްތާ 48 ގަޑިއިރު ނުވަނީސް ފޮނުވައި ދެއްވައިފިއޭ.

    11
  17. Anonymous

    މިހާރުވެސް ބަލާ ޗެކްކުރޭ! ތި ފެންނާނީ ދަރަންޏަށް!!! ނޫނީ ފައިސާ ދީގެން!! މިއީ މިވ8ހައިތަނަށް އިންޑިއާ އިން އެހީ ދީފަ ހުރިގޮތް!

    11
  18. ހުސޭނުބޭ

    ރަގަޅު އެއްޗެއްތޯ ޓެސްޓުލުރުމަށް ތި ތަކެތި ގެންގޮސް ބުއްޅަބެޔަށް ކާންދީ!