ކޮވިޑް-19 ދެން މިސްރާބު ޖަހާނީ ރަށްތަކަށް އަތޮޅުތަކުގެ ރަށްތަކަށް ކަމުގެ އިންޒާރު ދެއްވާ އެކަމަށް ތައްޔާރުވުމަށް ރާއްޖޭގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް އެދިވަޑައިގެންފިއެވެ.
މާލެ އިން ކޮވިޑް-19 ފެނި، ރާއްޖެ އަށް ބިރުވެރިކަން އިތުރުވެފައި ވަނިކޮށް ޑރ.ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އިން އަރައިގަތުމަށް ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ރަށްރަށުގައި ނަންގަވާ ސިއްހީ އެހީތެރިން ބާރުވެރި ކުރުވަން ޖެހޭ ކަމަށެވެ.
"ކޮވިޑު މިސްރާބު ދެން ޖަހާނީ ރަށްތަކަށް. މާލެއާ ޚިލާފަށް ރަށްތަކުގައި ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ނަގާނީ ސިއްހީ އެހީތެރިން. ރަށް ރަނގަޅަށް ދަންނާނީ އެބޭފުޅުން. މި ބަލިން އަރައިގަތުމަށް އެބޭފުޅުން ބާރުވެރި ކުރަންޖެހޭ." ޑރ.ފައިސަލް ވިދާޅުވިއެވެ.
ކޮވިޑު މިސްރާބު ދެން ޖަހާނީ ރަށްތަކަށް. މާލެއާ ޚިލާފަށް ރަށްތަކުގައި ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ނަގާނީ ސިއްހީ އެހީތެރިން. ރަށް ރަނގަޅަށް ދަންނާނީ އެބޭފުޅުން. މި ބަލިން އަރައިގަތުމަށް އެބޭފުޅުން ބާރުވެރި ކުރަންޖެހޭ
— Ahmed Faisal (@Faisalnaifaru) April 22, 2020
މާލެ އިން ކޮވިޑް-19 ފެނުމާއި އެކު މާލެ ފުރަބަންދު (ލޮކްޑައުން) ކޮށް އެއް ރަށުން އަނެއް ރަށަށް އާއްމުން ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް މާލެ އިން ރަށްރަށަށް މުދާ ގެންދިއުމުގެ ހުއްދަ ވަނީ ދީފައެވެ. އެހުއްދައިގެ ދަށުން މުދާ ބަލައި މާލެ އަންނަ އުޅަނދުތަކުގެ ފަޅުވެރިންނަށް ވެސް މާލެ އެރުމުގެ ހުއްދައެއް ނެތެވެ.
ކޮވިޑް-19 މާލެ އިން ފެނުނުތާ ހަފްތާއެއް ވެފައި ވާއިރު މާލެ އިން މިހާތަނަށް 68 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 86 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން އަދި ރަނގަޅުވީ 16 މީހުންނެވެ. ރާއްޖެ އިން ބަލި ޖެހުނު ދެމީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ.
ރައްތަކުންވެސް ގިނަ ކަންކަމުގަ އަމިއްލައަށް ގޮތް ނިންމުމުގެ ބާރެއްނޯވޭ.. މިޖެހެނީ އެޗް.ޕީ.އޭ މިކިޔާ ބުރާންތި ތަކުން ބުނާގޮތ ހަދަން... ވޯޓެއް ހޯދަނ ނޫންގޮތަކަށް ގިނަފަހަރު މީން ރަށެއްގ ފައިތިލަވެސް ޖައްސާނުލާ...
ފައިސަލް ތިޔަ ވިދާޅުވީ ވަރަށް ބިރުވެރި ވާހަކައެއް. ރަށްތަކަށް ފެތުރުމުން ޞިއްޙީ އެހީތެރިންގެ ބޮލަށް ކަނޑާލާފަ މާލޭގައި ތިބި ތިޔަ ބޭފުޅުންކަހަލަ ތަޖްރިބާކާރު ބޭފުޅުން ފޯންކޯލަކުން ޞިއްޙީއެހީތެރިންނަށް ދެއްވާ އިރްޝާދަކުން ފުއްދާލީމަ ކިހިނެއްތޯ ކަންތައް ވެގެންދާނީ. އެކަމަކު ކަންކުރައްވާނީ އެގޮތަށްކަން ވަރަށް ރަނގަޅަށް އެނގޭ. ރާއްޖެތެރޭގައި މިބަލި ފެތުރުނީމާ ޞިއްޙީ މަރުކަޒްގައި އެޑްމިޓްކޮށްގެންނޭ ފަރުވާދޭނީ "ބޮޑުވަޒީރު ހެދިގެންއުޅޭ" ޅިނދުބަލި ރައީސް އޮތީ މާކުރިން ބުނެފަ. އެކަން ހަނދާން ކޮށްލަދެއްވީތީ ޑރ. ފައިޞަލްއަށް ޝުކްރިއްޔާ.
ތިޖެހުނީ މާލެ ބަަަ ދަލުވާން
އެހެންވިއްޔާ ޑރ ފައިސަލް ނައިފަރަށް ނާރާތި! ތި އުޅެނީ އެރަށަށް ބަލި ގެންދަން!
ރާއްޖެތެރޭ މީހުން ވީމަ ބީކީވީ ދޯ؟ ސިޔާސީ މީހުންގެ ފަރާތުން މިފަދަ ބަހެއް އިވުނީމަ މާބޮޑު އެއްޗެއް ހިތަށް ނޭރިސް އެކަމަކު ލޮބުވެތި ޑޮކްޓަރުން މިހެން ވިދާޅުވީމަ ވަރަށް ދެރަވެއްޖެ ?
ކިހިނެއްތަ ކަލެއައްއެގެނީ ދެން ތިބުނާބަލި ރާއްޖެތެރެއަށް އަންނާނެކަން.މިނިކަމެތި އިންސާނަކަށް ނޯންނާނެ ބަލިދާނީ މިވެނިތަނަކަށޭ ބުނާނެ އެއްވެސްހައްޤެއް.މޮޅު ޑޮކްޓަރު ބުނެބަލަ މަ މަރުވާނީ ކޮންދުވަހަކުންތަ؟
ރާއްޖޭގެ ގިނަ ރަށް ރަށަކީ އާބާދީ މަދު ރަށްރަށް މީހުންގެ އަދަދު އުޅޭނީ 2000 ވުރެ މަދު ކޮށް އޭގެ ތެރޭން އުމުރުން 60 އަހަރަށްވުރެ މަތީގައި އުޅޭނީ 200 މީހުން. އެހެން ބަލިބަލިތަކުގެ މީހުންނާއެކު ބަލިޖެހިގެން ނުރައްކާ ހާލަތަކަށް ދާނެ އުޅޭނީ ގާތް ގަނޑައަކަށް 250 މީހުން. މިމީހުން ތައް ދެނެ ގަނެ މި މީހުންތައް ޝީލްޑް ކުރެވޭ ސިޔާސަތެއް ކޮންމެ ރަށަކުން ހަދަނިކޮށް ބަލިން މާބޮޑު ނުރައްކަލެއް ކުރިމަތި ނުވެ ރަށުގެ ހާލަތު ހިފެހެއްޓިދާނެ. މިކަން ވެސް ކުރެވޭނީ ރަގަޅަށް ޕްލޭނެއް ކޮށް އެ ޕްލޭންނަށް އަމަލުކޮށްގެން. ކުޑަކުދިންގެ ޑޮކްޓަރުންނާއި އެހެންނިހެން ޑޮކްޓަރުން ރައްޔިތުންނަށް ޕްލޭނެއް ހުށަނާޅާ ރައްޔިތުން ހާސްކަމުގެ ތެރެއަށް ވެއްދުމަކީ ބުއްދުވެރި ކަމެއް ނޫން.
ތިގޮތަށް ރައްޔިތުންނަށް ބިރު ނުދެއްކުން އެދެން. ޙުރިހާކަމެއް މޮޅަށް ދެކެ ދެނެވޮޑިގެންވަނީ ގަދަ ކީރިތިވަންތަ ރަސްކަލާނގެ.