ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނި އިގްތިސާދީ ގޮތުން ލިބެމުންދާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 28.9 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

އައިއެމްއެފް އިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް އަސަރުކޮށް އިގްތިސާދީ ގޮތުން ރާއްޖޭގެ ހާލަތު ދަށްވަމުންދާ ކަމަށެވެ. އެހެންވެ، މިކަންކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ހަރުދަނާ ޕްލޭންތަކެއް އެކުލަވާލައިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އެހީ ދޭން ނިންމީ މި ކާރިސާ އިން އަރައިގަތުމަށް ރާއްޖެ އިން ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީއަށް އެދުމާ ގުޅިގެން ކަމަށް އައިއެމްއެފް އިން ބުންޏެވެ.

އައިއެމްއެފުން ރާއްޖެއަށް ދިނުމަށް ނިންމި 28.9 މިލިއަން ޑޮލަރަކީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ މާލި ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ރެޕިޑް ކްރެޑިޓް ފެސިލިޓީއެކެވެ. ރާއްޖޭގެ އިގްތިސާދު ރަނގަޅުކޮށް، ފަތުރުވެރިކަން ނަގާ ކޮޅަށް ޖެހުމަށް އިތުރު ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް އައިއެމްއެފް އިން ބުންޏެވެ.

އައިއެމްއެފްގެ އެގްޒެކްޓިވް ބޯޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޓާއޯ ޒަންގް ވިދާޅުވީ ރާއްޖެ އަށް ފަތުރުވެރިން އައުން ހުއްޓުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށެވެ. އެކަމަކު، ނުރައްކާތެރި މި ވަބާ އިން ސަލާމަތްވުމަށް ރާއްޖެ އިން އަވަސް ފިޔަވަޅުތަކެއް އެޅުއްވި ކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބައިނަލްއަގުވާމީ ފަރާތްތަކުގެ އިތުރު އެހީ އަދިވެސް (ރާއްޖެއަށް) ބޭނުން ވާނެ،" ޒަންގް ވިދާޅުވިއެވެ.

އައިއެމްއެފް އިން 28 މިލިއަން ޑޮލަރު ދިނުމަށް ނިންމި ނަމަވެސް، ދިވެހި ސަރުކާރުން އަދި މިކަމާ މެދުގައި އެއްޗެއް ނުބުނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އައިއެމްއެފްގެ ލޯނެއް ނަގާ ނަމަ، ވަރަށް ގިނަ ޝަރުތުތަކެއް ކުރާނެ ކަމަށެވެ. އޭގެތެރޭގައި ސިވިލް ސާވިސް މުވައްޒަފުން މަދު ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އައިއެމްއެފްގެ ލޯނަކަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް އެ ދުވަހު އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އައިއެމްއެފް އިން ތައުރީފް ކުރިއިރު، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ދިމާވަމުންދާ ދަތިތަކަށް އެހީވުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަކަންވެސް އައިއެމްއެފުން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ދާދި ފަހުން އޮޕެކް ފަންޑުން ވެސް ވަނީ 20 މިލިއަން ޑޮލަރުގެ އެމަޖަންސީ ލޯނެއް ދޭން ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އަހުމަދުކަލޯ

  ތީގެން އެވެސް އެއްޗެއް އާދައިގެ ތައްޔިތަކަށް ނުލިބޭނެއެވެ. ކޮންމެވެސް އެއްޗެކޭ ކިޔާ ތަނެއް ހެދީޔޭ ކިޔާ ކާލާނީއެވެ.

  16
  2
  • ޛެޖެޖ

   ލޯނު ނަގަނީ ފައިސާ ރައްޔިތުންނައް ބަހަން ކަމައްތަ ކަލޭހީކުރީ!

 2. ޝްރޭ

  ދެނީ ދެނީ.. ދުވަހަކު ލިބުން ކަމަކަށް ނުވޭ.. ރޭގައި ޕީ.އެސް.އެމް އިން ހަބަރުހައި އެތައް މިލިއަން ޑޮލަރެއް ލިބޭކަމަށް ބުނި.އެކަމް ވާކަމެއް ހަރާން..ހަމަ ހިޔާނާތް...

  15
  1
 3. ވަގު އާއިލާ

  ޔާމިން ކަންނޭންގެ ތި ފައިސާވެސް ކާނީ ގޮޅީގަ އޮވެގެން. ގައުމު ދޮވެލާނެ މިފަހަރު މިތިބަ ވަގުންތައް.

  16
  1
 4. ޢައްޗި

  ކޮބާހޭ ތިލިބޭ އެހީތައް ، މާސްކުވެސް ވިއްކަނީ -/5 ރ އަށް

 5. ޑައެލޯގް

  މިހުރިހައި އެހީއެއް ހޯދަންވެގެންތާ މިތަނަށް ކޮރޯނާވެއްދީ، ދެންމިއެހީތަކުގެ ބޮޑުބައެއް ބޮޑުންގެޖީބަށްދާނީ އެހެންވެ މެމްބަރު މުޣުނީ ބުނީ ކޮރޯނާ ޖައްސާފައޭ ކާމިޔާބު ކުރާނީ ވާހަކައަކީ އެލިބޭފައިސާއިންނޭ އިލެންޝަން ގަނެލާނީ

  8
  1
 6. ކަލޭ

  މިތާ ކޮމެންޓް ކުރާ ބައެއްމީހުނަށް ހީވާކަހަލަ ސަރުކާރުން ލޯނުނަގާފަ އެ ފައިސާ ރައްޔިތުންގެ މެދުގަ ހަމަހަމައަށް ބަހަނިއްޔޭ 😕 އަނެއްބަޔަކު އެކިޔަނީ ސަރުކާރުން މިތަނަށް ކޮރޯނާ ވެއްދީޔޭ. ކީކޭ ބުނާނީދެން ބައެއްދިވެހިން ގެ ގަޅިކަމުން ހިނިވެސް އާދޭ ލަދުވެސް ގަނޭ. މީހުންގެ ތެރޭގަ ނަފްރަތު އުފެދޭ ގޮތްގޮތައް ވާހަކަ ވާހަކަ ދެއްކުމަކީ ބައެއް މީހުނައް މާ މޮޅުކަމެއް

  1
  6
  • ޢިކުރާމު.

   މީސަރު ކާރުގެ އިސްމީހާ ކުރިކަމެއް ކިތަންމެ ގަބޫލު ނުވިޔަސް ހަގީގަތަ ކީ އެއީ ޜިސޯޓު މުވައްޒަފުންނައް ޕެންޝަން ފަންޑުގަހުރި އެމީހުންގެ ފައިސާގެ %50 ނުދެވެންވީ ސަބަބެއް ނުވިސްނޭ

 7. ލެއްގި ކޮމިޝަނަރ

  އަބުދުއްﷲ ޝާހިދު ދަތުރުކޮއްގެން ހޯދި 1 ބިލިއަން ޑޮލަރު ކޮބާ.....؟ އެ ފައިސާ ލިބުނުތަ؟ ނޫނީ ނުލިބޭތަ؟

 8. ނ

  ލޮނު ނުނަގާނެ ކަމަށް ބުނި
  ޢެއް އަހަރު ވީއިރު ވަޒީފާ ނެތް މީހުންނަށް ދޭން
  ޥައުދުވި އެލަވަންސް ކޮބާ
  މަސްވެރިން ނަށް ދޭން ބުނި ހަމަ އަގު ކޮބާ
  ޥިހާ ކޮންމެ މީހަކށް ދޭން ބުނި ހަދިޔާ ފޮށި ކޮބާ
  7 ފޮލެޓް ދޭނެ މީހުން ކަނޑަ އެޅުނުތަ

 9. ކުޑަ އަލީ

  ތިޔަ ލިބޭނެ ކަމަށް ތިބުނާ ލާރި ލިބޭކަމެއް ނުލިބޭ ކަމެއް އިގެނީކީ ނޫން ލިބުނަސް ވާ ފައިދާއެއް ރައްއިތަކަށް ކުރަނީކީނޫން ހެޔޮތިނުލިބުނަސް