މާލޭގެ އެކި ތަންތަނުގައި ތޮއްޖެހިގެން ބިދޭސީން އުޅެމުންދާ ތަންތަން މޮނިޓާ ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލޭގައި މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ފެތުރެމުން އަންނަނީ ބިދޭސީން މިހާރު ދިރިއުޅެމުން އަންނަ ވައްޓަފާޅިއާ ގުޅިގެން ކަމަށް ވުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެހެން ކަމުން، އެމީހުން އުޅެމުންދާ ތަންތަން މޮނިޓާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ފުލުހުން ބުނީ މިހާރު މޮނިޓަ ކުރަނީ މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށާއި، އެތަންތަނުގައި އެންމެ މީހަކަށް މި ބަލި ޖެހިއްޖެ ކަމުގައިވިޔަސް އެތައް ބަޔަކަށް އެބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އަދި މިމަސައްކަތުގެ ތެރެއިން މިހާތަނަށް ހަ ތަނެއް ބަލައި ފާސް ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލެއިން މިހާތަނަށް ބަންގްލަދޭޝްގެ 17 މީހަކާއި އިންޑިއާގެ ހަ މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މި 17 ބަންގްލަދޭޝް މީހުންގެ ތެރެއިން 13 މީހުން ފައްސިވެފައިވާ ކަން އެނގިފައި ވަނީ އެއް ފަހަރާއެވެ.

ރާއްޖެއަށް ބިދޭސީން ގެންނަން ފެށި ފަހުން، އެމީހުން ގެންނަ މީހުން އަދި ބިދޭސީންނަށް ތަންތަން ކުއްޔަށް ދޭ މީހުން ދޭ ތަންތަނުގެ ހާލަތު ގޯސް ވާހަކަ އަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކައެއް ނަމަވެސް މި މައްސަލަ އަށް ހައްލެއް އަދި ގެނެވިފައެއް ނުވެއެވެ.

ހާއްސަކޮށް ބަންގްލަދޭޝް އިން ރާއްޖެއަށް އެތެރެވާ އެގައުމުގެ މީހުންނާއި މެދު މިހާތަނަށް ގިނަ ބަޔަކު އަމަލު ކުރަމުން އަންނަނީ އިންސާނިއްޔަތާ ހިލާފަށެވެ. އެގޮތުން މާލޭގެ އެއް ކޮޓަރީގެ ޖާގަކޮޅު ތަކުގައި، ތިއްޖެހިގެން 10 މީހުންނަށްވުރެ ގިނަ މީހުން އުޅޭ ތަންތަން ވެސް ހުންނަކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމްޑީޕީ ބުރޯ

    ދިލްބަހާރުމަގުގަ ހުންނަ މއ.ކޮކޯގެ ގޯޅިގަނޑު ނިކަން ޗެކްކޮށްލަބަލަ! ތިބުނާކަހަލަ މީދާހަރުތަާް ވައިވަރު ފެންނާނެ! އެ ގޯޅިގަނޑުގަ ނުންނަ ބައެއް ތަންތަނުގަ އެބައުޅޭ 8ފޫޓް8ފޫޓް ތަންކޮޅުތަކުފަ 12 މީހުން 15 މީހުން! އެކަމުގެ މުގުލުފަ ހުންނަމީހާބުނަނީ ތިމަންނަ މި ވިޔަފާރިކުރަނީ ގާނޫނާ އެއްގޮތަށޭ!

  2. އިންސީގެ ހައްގު

    އިންސާނީ ހައްގޭ ކިޔައި ގާނޫނުތައް ހަ ދައިގެން އަތް އުރައިލައިގެން ކަނުބަނ ދެގެން ތިބެ ތިބެފައި އަތަށް ގޮވީމަ ދެ ން ވައިގަތީ. އަ ދިވެސް ނޫޅެޔޭ ބޭރުމީހުންނަށް މިހާލު ޖެއްސި މީހުންނާ މެ ދު ފިޔަވަޅެއް އަޅާކަށް.

  3. ދިވެހިން

    ރާއްޖެތެރޭ މީހުންއުޅޭ ތަންތަން މޮނީޓަރކުވަނީ ކޮންއިރަކުން؟ އަދި ތޮއްޖެގެން އުޅޭމީހުންނަށް ފުލެޓުދީ.