ރާއްޖެއިންވެސް ކޮވިޑް-19 ފެނިފައިވާ މި ދަނޑިވަޅުގައި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އޭޕްރިލް، މެއި އަދި ޖޫން މަހު މުސާރައިގެ ގޮތުގައި ލިބޭނީ 1000 ރުފިޔާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ރިސޯޓްތަކާއި ޑިޕާޓްމެންޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ މިދިޔަ މާރޗް މަހުގެ ބޮޑުބައެއްގައި ރިޒޯޓުތަކުގެ އޮކިއުޕެންސީ ދަށްވެ ލިބުނު އާމްދަނީ ވަރަށް ބޮޑު ތަނުން ދަށް ނަމަވެސް، މާރޗް މަހުގެ މުސާރައާއި އިނާޔަތްތަކުން އެއްވެސް އަދަދެއް އުނިކޮށްފައެއް ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް ރިޒޯޓު ތަކުން އެއްވެސް އާމްދަނީއެއް ލިބޭނެ ގޮތެއްނެތް މި ހާލަތުގައި ކުރީން ކަނޑައަޅާފައިވާ ގޮތަށް މިހިގާ އެޕްރީލް އިން ފެށިގެން މުސާރަ ވަކިވަރަކަށް އުނިކޮށްގެންވެސް ދެވޭނެ އެއްވެސް ގޮތެއް ނެތުމާއި އެކު އެޕްރީލް، މޭ އަދި ޖޫން 2020 ގެ މުސާރައިގެ ގޮތުގައި ދެވޭނެ ކަމަށް މިބެލެވެނީ ކޮންމެ މުވައްޒަފަކަށްވެސް 1000 (އެއްހާސް) ރުފިޔާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އަދި މުވައްޒަފުން ރިޒޯޓުގައި ނެތި އެމީހެއްގެ ރަށުގައި ތިއްބަސް މުސާރައާއި ސަރވިސްޗާޖާއި ރޯދަމަހުގެ އިނާޔަތުގެ ފައިސާ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށް، އެކަން ހިއްސާ ކުރެވޭނެ ކަަމަށް ވިލާ ކުންފުނިން ވަނީ ބުނެފައެވެ.

މި ނިންމުމަކީ މިހާތަނަށް މި ކުންފުނިން ނިންމަންޖެހުނު އެންމެ އުދަގޫ ނިންމުންކަން ފާހަަކުރަމުން އެ ކުންފުނިން ބުނީ، މިގޮތަށް ނިންމީ މިހާލަތުގައިވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަން ބޭނުން ނުވާތީއާއި ކުންފުންޏަށް އެއްވެސް ފައިސާއެއް ހޯދުނަސް އެ ފައިސާއެއް ހަމަހަމަޔަށް ހުރިހާ މުވައްޒަފުންގެ މެދުގައި ހިއްސާ ކުރުމުގެ މަގްސަދުގައި ކަަމަށެވެ.

"ޖޫން 2020 ގެ ނިޔަލަށް ރިޒޯޓު ތައް އޮފަރޭޝަނަށް ނުގެނެވި، އާމްދަނީ ލިބޭނެ ގޮތެއް ނުފެނިއްޖެނަމަ، މުވައްޒަފުންގެ ވަޒީފާއާ މެދު ގޮތެއް ނިންމާ އެކަން ކޮންމެ މުވައްޒަފަކަށްވެސް އަންގަމުން ގެންދެވޭނެ". ވިލާ ކުންފުނިން ބުނެފައި ވެއެވެ.

މިގޮތަށް ނިންމި ކަމުގައި ވިޔަސް، އެއްވެސް ގޮތަކުން ފައިސާ ލިބޭނެގޮތް ހަމަޖެހި މިހާރު ކަނޑައަޅާފައިވާ އަދަދު އިތުރު ކުރެވޭނެ ގޮތެއް ފެނިއްޖެނަމަ މުސާރަ ދޭނީ އެގޮތަށް އިތުރުކޮށްފައި ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

ވިލާ ކުންފުނިން އިތުރަށް ބުނެފައި ވަނީ، ކޮވިޑް-19 ގެ ހާލަތު މިދަނީ ކޮންމެ ދުވަހަކުވެސް ބަލައި ވަޒަންކުރަމުން އަންނަ ކަމަށާއި، ހާލަތު ރަގަޅުވެ، ރިޒޯޓު
ތައް އޮޕަރޭޝަނަށް ގެނެވޭ ވަރަކުން ދިވެހި މުވައްޒަފުންނަށް އިސްކަން ދީގެން މަސައްކަތަށް އަނބުރާ ރުޖޫޢަ ކުރަމުން ގެންދެވޭނެ ކަމަށެވެ.

ވިލާއިން މިގޮތަށް ނިންމިރު، މީގެ ކުރިން ވިލާއިން ނިންމާފައި ވަނީ އެ ކުންފުނިން ހިންގަމުންދާ ހުރިހާ ތަނެއްގެ މުވައްޒަފުންގެ މުސާރަ 10-50 ޕަސެންޓާއި ހަމައަށް ކުޑަ ކުރާށެވެ.

އެ ސާކިއުލާގައި އިތުރަށް ބުނެފައި ވަނީ، ކޮވިޑް-19 އާ ހެދި ޓޫރިސްޓުން އައުން މަނާ ކުރެއްވުމުން ރިޒޯޓްތައް ބަންދުކުރަންޖެހި ރިޒޯޓުތަކުން އާމްދަނީ ލިބުން އެއްކޮށް ހުއްޓިފައިވާ ކަމަށެވެ.

އަދި ކުންފުނީގެ ވިޔަފާރިން ލިބުނު ނަފާ ހޭދަކުރި، އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށާއި، ސިއްހީ ދުޅަހެޔޮ ކަމަށާއި، ތައުލީމީ ރަގަޅު ޖީލެއް ބިނާކުރުމަށާއި، ވިޔަފާރި އިތުރަށް ފުޅާކޮށް ތަރައްގީކޮށް ތަފާތު އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

އެ އުސޫލުގައި ބުނެފައި ވަނީ، މިއަދު އެއްވެސް ރިޒޯޓަކުން އެއްވެސް އާމްދަނީ އެއް ނުލިބޭ ކަމަށާއި، މި ކުންފުނިން ހިންގަމުން އައި 5 ރިޒޯޓުގެ ތެރެއިން 3 ރިޒޯޓު މިވަނީ ރާއްޖެއިން ބޭރުން އަންނަ ދިވެހި ރައްޔިތުން ކަރަންޓީނު ކުރުމަށް ދޫކުރެވިފައި ކަަމަށެވެ.

"މީގެ ކުރިންވެސް މިފަދަ ގައުމީ ކަންކަމުގައި މި ކުންފުނިން އަމަލު ކޮށްފައިވާގޮތަށް މި ރަށްތައްވެސް ދޫކޮށްލީ، ދިވެހި ރައްޔިތުންގެ ހައްގުގައި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ފެށިއިރު އެރަށެއްގައި ހުރި ހުރިހާ ތަކެއްޗެއް ހުސްވަންދެން ހިލޭ ޚިދުމަތްދޭ މި ބަލިމަޑުކަމާ ގުޅިގެން ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅު ތަކުގެ ތެރެއިން ރިޒޯޓުން ފޭބުމާ، ދަތުރުފަތުރު ކުރުމުގެ ހުއްދަ ލިބި އެކަންކަން ހަމަޖެހޭ ވަރަކުން ހުރިހާ މުވައްޒަފުންނަށްވެސް ރިޒޯޓުން ފުރައިގެން ދެވޭގޮތަށް މިހާރު ވާނީ ހަމަޖައްސައި ދެވިފައި". ވިލާ ކުންފުނިން ބުނެފައި ވެއެވެ.

އަދި ބައެއް ދިވެހި މުވައްޒަފުންނަށް ވަނީ ފުރައިގެން ދިޔުމުގެ ފުރުސަތު ލިބިފައިވާކަމަށާއި، ބޭރުގެ މުވައްޒަފުން އެގައުމެއްގެ ބޯޑަރު ހުޅުވި ޓިކެޓް ހަމަޖެހުމުން އެމީހެއްގެ ގައުމަށް ފޮނުވައި ދެވޭނެ ކަަމަށް ވިލާ ކުންފުނިން ބުންޏެވެ،

މީގެ ކުރިން ވެސް ގާސިމަށް ބައެއް ދަތިތައް ދިމާވުމުން ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ލަސްވެ، އަދި ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައި ވެއެވެ..

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ޠފ

    6000ރ މިމަހުދިނީ

    21
    • ދޮގެއް؟

      ހުރިހާ ރިސޯޓުން ލިބެމުން ދިޔައީ އެދުވަހެއްގެ ފުރާގު ހަމަޖައްސާލެވޭ ވަރަށްތޯ؟ ކުލި ދައްކަން ނުޖެހޭ ގޮތަށް މީނަގެ ތައްޕާހުގަ ރަށްތައް ނުބަހައްޓާ ރައްޔިތުންގެ ބިން ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ބޭނުން ކުރުމަށް އަވަހަށް ނަގާ.

      42
  2. ތިކުރިިތު

    ރައްޔިތުންވެގެއް ފަގީރުކޮއެ (ސޭޓޮ)ބަލަހައްޓަންވީ އަބިދަރިން

    64
    1
  3. ޕެރަޑައިސް

    سبحان الله އިބްރަތެއް

    57
  4. ޚީއުޓީ

    ޥިލާގެ ރޯދަ އިނަޔަތްވެސް ނުލިބޭއަދި ސަރުކާރުންވެސް ނޫޅެ ހޯދަދޭކައްވެސް

    60
    1
  5. ޚީއުޓީ

    ޥިލާ ރޯދަ އިނާޔަތްވެސް ނުލިބޭ އަދި ސަރުކާރުން ނޫޅޭ ހޯދަ ދޭކައްވެސް

    48
  6. ޢަލީ

    ޢަދިވެސް 2023 ގަ ވެރިކަމަށް ކުރިމަތިލާ ގޮތައްތޯ ތިހުންނެވީ؟ ހަމަ ?????

    71
    1
  7. ޖާސިމް

    ހުސްދޮގު މާރޗް މަހު މުސާރަ ޖަމާކުރ

    19
    21
    • ތެދު

      6000ރ. ބާކީ ބައި ވީތަނެއް ދެނެވޮޑިގެންވާނީ ﷲ

      24
  8. ހަޤީ

    ޤާސިމް ސަންއައިލެންޑުގަ ހުރެގެން މަސް ކައްކާ ރިހާކުރު ބާޒާރަށް ނެރެން ވެގެން އަވަދި ނެތި އުޅުއްވަނީ އެހެން ވީމާ ކިހިނެއް އެހެން މީހުންގެ ކަންތަކާ އުޅެވޭނި! އަދިވެސް ހޮވާ އައިސް ފޮނިވާހަކަ ދައްކާލީމަ. ނުދަންން މީހާ ވެސް މާރަގަޅެއް ނޫން ޤާސިމަށްވުރެން. ޤަުމެއްގެ އާބާދީ އަށް ވުރެ މަބަޔަކާށް އަޅާ ނުލެވޭ މީހަކަށް ކިހިނެއްތަ މިޤަުމުގެ ވެރިކަން ދޭނީ!

    61
    2
  9. ވިލާ

    ގާސިމަކީ ހިތުގަ އެއްވެސް ރަހުމެއް ނެތް މީހެއް. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން މިއަދު ހާލުގަ ޖެހިފަ ތިބި އިރު، އަދި އެ ގާސިމަށް މިއަދު މުއްސަނދި ކަމުގަ އަރާމުގަ ހުރުމުގެ އަސްލު ކަމަށް ވާ އޭނަގެ މުވައްޒަފުންނަށް އެހެރީ ހަދާލި ގޮތް. ﷲ ގާސިމަށް ހެޔޮ ވިސްނުން ދެއްވައި، ހިތުގައި އަނެކާ އާ މެދު ރަހުމް ލައްވާށި. އާމީން.

    79
    1
  10. ޢިކުރާމުއަލީ

    އޮކިޕަސްސީ ރަނގަޅުވެ ރިސޯޓު ބަންޑުން ދިޔަސް އިތުރެއްނުކޮއްލާ ހަމަދަށައްދާއިރައް ބުޑުން ކަނޑާ ވައްޓާލުން އެހެންވެ މިކިޔަނީ ޕެންޝަން ފަންޑުގަހުރި އެމީހުންގެ ފައިސާގެ ތެރެއިން %50 ދޭށޭ މިހާރުން މިހާރައް ދުރުމުސްތަގުބަލުގަ ހަދަންވީ ގޮތަކީ 6 މަހައްވާވަރައް ކޮންމެ މަހަކައް މުވައްޒަފަކައް 10.000 ރައްކާކުރެވޭނެ ނިޒާމެއް ގާއިމު ކޮއްދެއްވާށޭ ޓެކްސްގެތެރެއިން ލުޔެއްދީގެން އެފައިސާ އެއީ ދައުލަތުގެ ބެލުމުގެ ދަށުގަރައްކާ ކުރެވިފަ ހުންނަ ބޮޑުރިޒާވަކައް ވާންވާނެ އެފައިސާ ހުންނަންވާނީ ޑޮލަރުން

    48
    2
  11. Anonymous

    ރިސޯޓުތައް އަތުލާފަ ގާސިމް ފަގީރުންގެ ލިސްޓުގައި ޖައްސާ އަވަހަށް ??‍♂️??‍♂️

    92
    3
  12. މަހުޖަނު

    ރިސޯޓުތައް އަތުލާފަ ގާސިމް ފަގީރުންގެ ލިސްޓުގައި ޖައްސާ އަވަހަށް ??‍♂️??‍♂️

    58
    2
  13. ނާސިރު

    ޤާސިމު ލަދެއްނުގަނޭތަ ވެރިކަމަށް އަރަން އުޅޭކަށް. 35 އަހަރު މެދުނުކެނޑި ރިސޯޓްތަކުން ފައިސާހޯދިމީހަކަށް މިފަދަ ދަނޑިވަޅެއްގައި ތިމާގެ މުވައްޒަފުންތައް މަގުމަތިކޮށްލުމުން އެނގެނީ ވެރިކަން ލިބިއްޖެނަމަ ރައްޔިތުން މާކަނޑަށް އަޅާލާކަށްވެސް ފަހަކަށް ނުދާނެކަން. މަގޭވޯޓެއް ދެންދުވަހެއްގަވެސް ތިޤާސިމަކަށް ނުދޭނަން

    89
  14. ޖައުފަރު

    މިފަހަރު ޖެހޭނި ފިސުރު ޒަކާތް މިނިސްޓަރުންނަށާ މުއްސަނދިންނައް ދީފަ ބާކީ ހުރިއްޔާ ފަގީރަކު ހުރިއްޔާ ދޭން މިއޮތީ ވާކަމެއް ޖައުޒާ ޖައުފަރު ފަގީރުންގެ ލިސްޓްގެ އެންމެކުރީގައިނީ

    39
  15. އަލްޖިބްރާ

    ތިޔަ ޤާސިމަކީ އަބަދުވެސް ވަރަށް ބޮޑު އަނިޔާވެރިއެއް ! މާރަގަޅު މީހެއްކަމަށް ދެއްކިގެން އުޅެނީ ! ޤައުމު ހަލާކު ކޮށްލަން ބަޔަކޫ ރާވަނީނަމަ އެތަނުގައި ތިޔަމީހާ ހުންނާނެ ! ޤައުމަށް ދަތިކަމެއް މެދުވެރިވާ ކޮންމެ ވަގުތެއްގައި ރައްޔިތުންގެ ކަރަށް ފައިން އަރަން ނުކުންނާނެ ! މިވަރު މީހަކު ވެރިކަމަށް ގެންނަން ހެޔޮވެދާނެތަ ؟

    44
    1
  16. ޅަބޭ

    ދިވެހި ރިސޯޓު މެނޭޖުމަންޓުތަކުގަ މަސައްކަތްކުރަން ހެޔޮ ނުވާނެ.

    33
  17. ޟިޮ

    މާލޭގަ މި އުޅެނީ އަނބި ދަރިން ގޮވައިގެން ކުއްޔައް... 1000ރފ ނުލިބޭ ދަރީގެ ކިރު ދަޅާ ނެޕީ ބޮނޑިވެސް... ދެން ކިހިނެއް ކައެބޮއެ އުޅެނީ... ސަރުކާރައް ގޮވާލަން ޕެންޝަންގެ ހުރި އެމީހެއްގެ ހައްގު އެމީހަކަށް ދޫކޮށްލަން.. މުސްކުޅިވެގެން ދޭންޖެހޭ އެއްޗެއް ގޮތައް އެ ނުބާއްވާ މިހާރު ބޭނުން ޖެހިފަ ތިބި މީހުންނަން އެ ދޫކޮށްލަން... ގާސިމް ނުދިނީ ވިޔަފާރި ނުވާތީ އޭ ކިޔާފަ... ސަރުކާރަށް އެމީހުން ހާލުގަ ޖެހުނު ދުވަހު އެމީހުންގެ މުސާރައިން ނެގި ލާރި އެމީހުންނަން ދޭން މިއައްވުރެ މުނާސަބު ވަގުތެއް ނޯންނާނެ... އެލާރިން ކޮންމެ މަހަކު އުޅެލެވޭވަރު ކޮށްދީ...

    އިނގޭ ބައެއްމީހުން ބުނާނެކަން ރަށުގަ އޮތްނަމަ އެއްނޫންހޭ.. އަޅުގަނޑުގެ ނޯޥެ އެއްވެސް ރަަށަކު ގޯއްޗެއް. ސަލާމް ހުރިހާބޭފުޅުންނަން ވެސް.!!!

    39
    1
    • އަބޫބަކުރު

      ޕެންޝަންގެ ހައްޤުވާބައިވެސް ޤާސިމް ދޭން ޖެހޭނީ، ޕެންޝަން ޤާނޫނަށް މަކަރު ހަދައިގެން ފެށުނީއްސުރެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަމުން އައީ އޮޅުވާލައިގެން. ޖަމާކޮށްދެމުން އައީ ޖަމާކުރަންޖެހޭ އަދަދުގެ ދެބައިކުޅައެއްބައި. މުވައްޒަފުންގެ ޕެންޝަނާއި ސާވިސްޗާޖުވެސް ދުވަހަކު ހަމަޔަކަށް ނުދޭ.

  18. ދަރަނި ދަންތުރަ

    އޮންގު ވެސް ރާއްޖޭގައި ހިންގަނީ 5 ރިސޯޓު ކޮވިޑު ހާލަތުގައި ދިވެހި ގައުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފި ގާސިމް ސޭޓު ފަކީރު ކޮއި ....

    31
    1
  19. މުހަންމަދުހަސަން

    ޢެންބޮޑޮމަހުޖަނު މިފަހަރު ހުށް ސަރިބާނުވީ ރަނގަޅު

    25
  20. Anonymous

    ބޮޑު ފިހާރާއިގެ ސޭޓެކޭ އެންމެ ނިކަމެތި ފަގީރެކޭ ކޮބާތަފާތެއް 3 މަސްތެރޭ ނާށިގަޑު ހިފާއި ގެން ސަލާން ޖަހަންތާ މިޖެނުނީ އެކަހަލަ ގޮތެއްތާ ވާނީ އަކުން ބަކުން ކުޅެންޏާ މީ ވަރަށް ވާހަކަ

    33
  21. ނަސީދު

    ރައްތައް ސަރުކާރައް ނަގާ މިހާނާގާބިލް މީހަކައް އެންމެދުހަކައްވެސް ދީފައި ބާއްވާނެކަމެއް ނެތް އަދި އެބައުޅޭނުން ވެރިކަންކުރަން ތިހިޔާލު މިހާރުންމިހާރައް ބޮލުތެރެއިނޭރޭ އަނެއްކާނުދަރަނީސް

    34
  22. މާލެ

    ރަނގަޅު ނިންމުމެއް.މިވަގުތު ދުނިޔެ އޮތީ މިހާލުގަ ކޮޅެއް ނުފެނޭ. ތިވަރުވެސް ލިބޭނެ ކަމުގެ ގެރެންޓި ދިނީމަސުކުރު ކުރަން. ދުނިޔޭގެ އެހެން ގައުމުތަކުގެ ކުން ފުނިތަށް ވެސް ސަރުކާރު ތަކަށޤ ބަރޯސާވެ ފަވަނީ. މިގައުމުގަ ވެސް ސަރުކާރު މިވަގުތު ރައްޔަތުން ނާ އަދި ކުންފުނިތަކަށް ލުޔެއް ލިބޭނެ ގޮތް ހަދަން އޮތީ. ވިލާ އެކުރާކަންކަން ދެން ހުރިތަންތަނުން ވެސް ކުރަން މަޖުބޫރުވާނެ. މީގެ ދުވަސް ކޮޅެއް ކުރިން ވެސް ވިލާއިން މިކަމާ ގޮތެއް ނިންމީމަ ގިނަބަޔަކު ފާޑު ކިޔަމުން ދަނިކޮށް އެހެން ތަންތަނުން ވެސް ގޮތެއް ނިންމީ.މިވަގުތު ސުކުރު ކުރޭ. ބޮޑެތި ކުން ފުނިތަށް އިތުރު ވިޔަފާރިއެއްނެތި ކުރަން ޖެހޭ ހަރަދު ބޮޑުވާނެ ވީމަ ކުން ފުނިސަލާމަތް ވެއްޖެއްޔާ އަދިވެސް މުސާރަ ލިބޭނެ.

    4
    34
  23. ކާސިމު

    ތިހުރިހާ ހާސަރުތަކެއްނުދަމާ ފާޅުގައި "މީ ސަރުކާރުން ދޭން ކަނޑައަޅާފައިވާ ލާރިގަނޑު" ދަމައިގަންނަން ޖައްސާ ސްޓަންޓެކޭބުނިއްޔާ މާތާހިރުވާނެ.

    26
    1
  24. ކާސިމު

    ސަރުކާރުން ލޯނުހޯދަންވެގެން ސްޓަންޓް ޖައްސަނީ. ލޯނުލިބުނީމަ ކޮންމެސް އެހެން އެއްޗެކޭކިޔާފަ "ބަކަރި އައިނެއްހެން" ސްޓާފުންކޮޅު ފޮނުވާލީމަ ނިމުނީ. ޕިސް ޕިސް ޕިސް ތިހުރީވާލީޑަރެއް. ޝުކުރިއްޔާ ހޫންންންން.

    26
  25. ކާސިމު

    ވަގުތުމީހުން ބިރުގަންނަނީތޯ ގާސިމް ލޯނުހޯދަން ސްޓާފުން ޤުރުބާން ކުރަނީއޭ ލިޔަން.

    26
  26. Anonymous

    ގާސިމައް ވޯއްޓުދެވުނީތީ ހިތާމަކުރަން.

    30
    3
    • ...

      އަހޭ. ތީ ކާކުތެ؟

      9
      1
  27. ޜަށުމީހާ

    ޙުސްވި މާރޗު މަހު ލިބުނީ 20000 ރުފިޔާ ލިބޭމީހަކަށް 5000 ރުފިޔާ ލިބުނީ..ވަރަށް ސަލާމް..ހުސްދޮގު ހަދަނީ ސަރުކާރުން އަޅައެއް ނުލާ...

    27
    2
  28. ?

    ރަން ކޮޅާ އެޖެންޑާ 19 ގެ ދަށުން ހައްގު މިންވަރު

    12
    1
  29. ބުރުމާ

    ވަރައްދެރަ ކަމެއް

    11
  30. އަލީ

    މުއައްޒަފުންގެ މުސާރަ އެންމެ ބޭނުންވި ދުވަހު ތިއަހެންހަދަން ތިއަ މުއްސަދި ކަމުގެ އެއްވެސް ބޭނުމެތް ނެއް. ކައްވަޅަށް ދާއިރު ގެންދަން އެންމެ ރފ ފޮއްޗެއްވެސް ނުލިބޭނެ ހެޔޮނުއާނެ!

    18
    1
  31. ކޮބާފެނތޮ

    ގާސިމްގެ ހާލު ފެނޭތަ؟ ހުސްދޮގު ހުސްދޮގު!

    13
  32. ބަސްމަގު

    މީތަ ރަށްޔިތުންނައްޓަކައި މާލުން ގުރުބާންވި ކަމަށް އެތަށް ފަހަރަކު ދައުވާކޮށް ވަކާލާތު ކުރިމީހާގެ ހާލަކީ. މީނަޔަށް ނޭނގުނުދޯ މީނަ މިހިސާބަށް އަންނަން އެންމެ ބުރަ މަސައްކަތެއް ނުއަގުގައި ކުރީ މުވައްޒަފުން ކަން. ކަލޯ 23 ވަނަ އިންތިހާބު އަންނަންވާއިރަށް ފައިސާބޮނޑި ބަންނަނީ ރިޝްވަތުދޭންތަ؟ ކަލޭ އެމީހުންގެ ކަރަށް ފައިންއެރި ނިކަމެތި ކޮއްލި ރަށްޔިތުން ކަލެޔަށް މާފެއް ނުދޭނެ. މިރަމަޟާން މަސް ކުރިއަށް އޮއްވަ ތިދިން ދަހިވެތި ކަމުގެ އަނިޔާ ﷲ ކަލެޔަށް ދެއްވާނެ. ކަލޭގެ އަތުގައި ހުރީ ސައްހަ ފައިސާކަމަށް މަ ޝައްކު ކުރަން. އެހެންވެ ދަހިވެތިތިޔަވަނީ. ގެއްލުމުގެ ބަދަލޭ ކިޔާފައި ދައުލަތުން އަތުލި ރަށްޔިތުންގެ ފައިސާއަކީ ބުއްދީގެ ނަޒަރުން ކަލެޔަށް ހަލާލު ފައިސާއެއްކަމަށް މަށެއް ނުދެކެން. އެއީ ގެއްލުން ލިބިގަތީ ބަގާވާތްކުރަން ހަދައިގެން އަމިއްލަޔަށް. އޭގެ ބަދަލު ކަލެޔަށް ދޭންޖެހޭކަން ގަބޫލު ކުރާނީ ކާކު؟ ސާވިސް ޗާޖު ނުދީ، ޓެކްސް ނުދައްކާ، އަދިވެސް ރަށްޔިތުންގެ ފައިސާ ފޭރިގަންނަން؟! ކަލޯ އަމިއްލަޔަށް އޮރިޔާން ނިވާކޮށްލާނެ ބާރެއް ނެތްވަގުތު އައިސް ބައްދަލް ކޮށްފާނެ ކޮންމެފަދަ ވަގުތަކުވެސް.!

  33. މުހައްމަދު ބޭބެ

    އަނެއްކާ ދައުލަތުން ލާރިގަނޑެއް ދަވާލަން ވެގެން މީޑިއާގައި ގޭސްގަނޑެއް އަނބުރަންވީ، ދެން ދެވޭނީ އެއްހާސް ރުފިޔާއޭ ކިޔާފައި މެމޯ ނެރުނީމާ ސަރުކާރަށްވެސް އެނގޭނެތާ މުވައްޒަފުންތައް އުޅޭނެ ހާލު. ދެން އެވީ ވިލާގެ މުވައްޒަފުންނަށް މުސާރަދޭނެ ފައިސާ ސަރުކާރުން އެކުންފުންޏަށްދޭ. ޤާސިމް މީ ހާދަ ގޮތްކުޑަ މީހެކޭ. ސަރުކާރުން ކުރަންވީ ކަމަކީ، ޤާސިމްގެ އެއްރިޒޯޓު ވިއްކާލާފައި ސަރުކާރުން ވިލާގެ ޕޭރޯލްގައި ތިބި ދަށްފަންތީގެ މުވައްޒަފުންނަށް މުސާރަދޭންވީ. ދައުލަތުގެ ތިޖޫރިއަށް އަތްބޭނުން ނޫންކަމެއް އަޅެ މިމީހުންނަށް ދަސްވެފައި އެބައޮތްތަ؟

  34. ރަދީފް ހުސެން

    ރިސޯޓު ހިންގާތާ ކިތައް އަހަރު؟
    ކިތައް ރިސޯޓު އޮވެ؟
    ކިތައް ވިޔަފާރި އޮވޭ؟
    މިވީ ހުރިހާ ދުވަހެއްގަ އެއްވެސް ކްރައިސިސްއެއް ނައިސް ހިންގި އިރު ލައްކަފައިދާ ވެފަ ހުންނާނީ، ވީމަ ހަމަޓަސްލާފަ އެއްހާސް ރުފިޔާއޭ ދެވޭނީ ބުންޔަސް އެެެއީ އިންސާފެއްނޫން. އެހެނެއްނޫން މިއަންނަ ޖޫން ނޫނީ ޖުލައިއާއި ހަމަޔައް މިކަން ދެމިއްޖެނަމަ ދެން އެމަހުން ފެށިގެން މުސާރަ ކުޑަކުރެވިދާނެ. މިއޮތްހާދުވަހު އެތައް ފައިދާއެއްގަ ހިންގި ތަންތަން ހަމަ ޓަސްލާފަ މުސާރަ ކުޑަކުރާ ވާހަކަބުނީމަ ދެކޮޅެއް ނުޖެހެ.
    ތިމާގެ އަމިއްލަ ބޭނުމައް ކުރާ ހަރަދާ އަބިދަރިންނައް ކުރާ ހަރަދާ ހަމަ އިހުނެކޭ އެއްވަރު އެކަމު އެތައް އަހަރަކު ގިއްގެޅެންދެން މަސައްކަތް ކޮއްދިންމީހުން ޓަސްލާފާ މިހާ ކުޑައެއްޗެއްދިނީމަ މީ ހަމަޖެހޭ އުސޫލެއްނޫން. މީރާޔައް އެންގޭނެ ވިލާގެ ކުންފުނިތަކުގެ ވިޔަފާރި ވާވަރު، އޭގެ އޮޑިޓެއް ހަދާފަ މިގޮތައް ކަންކުރާ ވިޔަފާާާރިތަކައް ސަރުކާރުން ފިޔަވަޅު ނޭޅޭނަމަ މިއަތް ކިޔަނީ ގުޅިގެން ވައްކަންކުރުން. ނިކިމެތި މީހާޔައް ދެރަގޮތް ބާރުހުރި ބޮޑެތިމީހުނައް މޮޅުގޮތް، މިވެސް ހަމަ އިންސާފުބާ؟

  35. ޓަގުވާ

    ޢެކަމަކު ޥިލާކޮލެޖުގެ ސުޓާފުންނަށް ދެނީ މުސާރައިގެ ދެބާކުޅަ އެއްބައި ކަމަށް އަޑުއިވެއެވެ. ތަފާތު ކުރުމަކީ ބޮޑު މައްސަލައެކެވެ.

  36. އަ ތޮ ޅޭ

    ޢަޅުގަނޑަކީ ސަންއައިލޭންޑު ގަ އުޅޭ މީހެއް ފާއިތުވި 2 މަހުގެ ސާރވިސްޗާޖު ވީތަނެއް އަދި ނޭންގޭ..ހުސްވި މަހުގެ މުސާރަ ދިނީ 3 ބައި ކޮއްފަ އެއްބައި..ވީގޮތެއް ހެދި ގޮތެއް ނޭންގޭ އެއްވެސް ހަމައެއް ލަމައެއް މިކަމުގަ ނޯވޭ އެކި މީހުނަށް ދެނީ އެކިވަރަށް..#ސަރުކާރުން މިކަމާވިސްނާބައްލަވާ# ކުލިނުދެއްކި ގޮތްހުސްވެފަ މިތިބީ..އަހަންނަކީ އަތޮޅުމީހެއް..އަތޮޅު ހުރިހާރަށަކުން ރުއްގެންދަނީ ނުގަވާއިދުން