ރ. އުނގޫފާރު ފަޅުގައި އަޅާފައި އޮތް ދޯންޏެއް ވަގަށް ނެގި ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އުނގޫފާރު ފަޅުގައި އަޅާފައި އޮތް ދޯންޏެއް އޭގެ ވެރިފަރާތަށް ނޭނގި ވަގަށް ނަގައި އެ އަތޮޅު މާކުރަތަށް ގެންގޮސްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިކަން ހިނގާފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން 18 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް މަޢުލޫމާތު ދިން މާކުރަތު މީހަކު ބުނީ، އެރަށަށް ވަގަށް އެރުމަށް މަސައްކަތް ކޮށްފައިވަނީ ރ.އުނގޫފާރު ބައެއް ކަމަށާއި، އެ މީހުންއެ ރަށަށް ގޮސްފައި ވަނީ އުނގޫފާރުގައި އޮތް ބޮއްކުރައެއް ވަގަށް ނަގައިގެން ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެ މީހުން މާކުރަތަށް ވަގަށް އެތެރެވެގެން އުޅެނިކޮށް މާކުރަތުގެ ބަޔަކަށް ފެނިގެން މާކުރަތު ޓާސްކުފޯހުން އެމީހުންގެ މައްސަލަ އުނގޫފާރު ޓާސްކުފޯހަށާއި ފުލުހުންނަށް ރިޕޯޓު ކުރީ ކަމަށްވެސް އޭނާ ބުންޏެވެ.

ފުލުހުން ވަނީ ރޭ ދަންވަރު މާކުރަތަށް ގޮސް އެމީހުން ހައްޔަރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަން

    މިހާދިސާ ހިނގައިދިޔައީ ތިހިނެއް ނޫން. ޢުނގޫފަަރު ޕޮލިސް ވީމާ އުނގޫފާރޭ ކިޔައި ހަޑިވާހަކައެއް ބުނަން ނުކެރުނީތާ. ޢެއީ އުނގޫފާރު ބަޔަކު އެދޯނިން އައީ. ލޮކް ޑައުންގަ ވީމާ އެމީހުންވެސް އެއައީ ސިއްރުން. މާކުރަތަށް ދިޔައީ ކޮންމެވެސް އެހެން ބޭނުމަކު. އެތަނުގައި މާކުރަތު މީހަކު ނެތް

    2
    1
  2. މާކުރަތު

    ޢަދިވެސް މައިތިރި ވާކަށް ނުވޭތަ މިމީހުން. ޙައްޔަރު ކުރާނެ އަނެއްކާ އަނެންދޮރުންނެރެ ފޮނުވާލާނެ.