ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކި ސަރަހައްދުތަކުގެ މަގުތައް ހަދައި ނިންމާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގެ އާ މަގުތައް ބޭނުންކުރެވޭ ވަރަށް ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި ރޯޑް ޕްރޮޖެކްޓްގެ މަސައްކަތްތަކުން މިހާރު ނުނިމި ހުރީ ހަމައެކަނި މަގުތަކުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމާއި ހަރުކުރުމުގެ މަސައްކަތް އެކަނި ކަމަށެވެ.

މި މަސައްކަތް ނިމުމަކީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުން ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ މޯހަން މުތާ އެކްސްޕޯޓް އާއި އަޝޯކާ ބިލްޑްކޮންއާއެވެ. އެ އެމަސައްކަތް އެޗްޑީސީ އިން ހަވާލުކޮށްފައިވަނީ 40.3 މިލިއަން ޑޮލަރަށެވެ. 2015 ވަނަ އަހަރު އެމަސައްކަތް ހަވާލުކޮށްފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ތާރު އަޅައިގެން އަލަށް ހެދި އެ މަގުތަކުގެ ދިގުމިނުގައި 14.2 ކިލޯ މީޓަރު ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތަރައްޤީ ފެނޭތަ؟ ފެނޭދޯ؟

  2. ތަރައްގީ ރަގަޅަކަސް ޔާމިން އެބަޖެހޭ ރައްޔިތުންނާ ގާތުން ބައްދަލުކުރަން މެޑަމް ފުނުވިޔަކަސް ކަމަކުނުދާނެ.

  3. މިއީތާ ހުރިހަަވެސް ކަމަކީ