ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގައުމާއި މުހާތަބު ކުރައްވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
އެމަނިކުފާނު ގައުމާއި މުހާތަބު ކުރައްވަން ހަމަޖެހިފައި ވަނީ މިރޭ 19:00ގައެވެ.
ރައީސް ޤައުމާއި މުޚާތަބު ކުރައްވާނެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައެވެ. ހޫދު ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން ރައީސް ސޯލިހު މިރޭ ގައުމާއި މުހާތަބު ކުރައްވާނެ ކަމަށެވެ.
President @ibusolih will address the nation on the occasion of the beginning of the holy month of Ramadan at 19.00 hrs this evening.
— Miuvaan Mohamed (@MvSpokesperson) April 23, 2020
މިރޭ ރައީސް ސޯލިހު ގައުމާއި މުހާތަބު ކުރައްވާއިރު އެމަނިކުފާނު ވަނީ މި މަހުގެ 15ވަނަ ދުވަހުވެސް ގައުމާއި މުހާތަބު ކުރައްވާފައެވެ. އެ ދުވަހު ރައީސް ސޯލިހު ގައުމާއި މުހާތަބު ކުރެއްވީ މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެކަމުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތުތައް ރައްޔިތުންނާއި ހިއްސާ ކޮށްދެއްވުމަށެވެ.
ރައީސް ސޯލިހު އެ ދުވަހު ގައުމާއި މުހާތަބު ކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނަށް ވަނީ ކީރިތި ކުރެއްވިފައެވެ.
ރައީސް ސޯލިހު މިރޭ ގައުމާއި މުހާތަބު ކުރައްވާއިރު ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ވަނީ ރޭ ކަނޑައަޅާފައެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، ރޭ ވިދާޅުވީ އިއްޔެ އިރުއޮއްސުމަށްފަހު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1441 އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވެފައިވާ ކަމަށެވެ. އެހެންކަމުން މާދަމާ އަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާ އިއުލާން ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތިމާގެ މީހުން ނަށް ބާއަޅާ އަޅާ ގައުމު ދަވާލި ވެރިޔާ
ކޮބައި ބަރާބަރަށް ރޯން ދަސްވެއްޖެތަ؟ މިރޭ ޖެހޭނެ އަޑުންއަޑުނަގާ ރޯން!
100 ?
ފުއްތަޅާ ކުލަޖައްސާ ހަދާއިގެން 19:00 ގާއި ކުރެވޭނެބާ ހީވަނީ 22:00 ހާއިރުހެން މިރޭވެސް ވާނެ ކީރިތި ފުޅުކޮއްލަން ރައްޔިތުންގެ ގިނަބަޔަކު ބަޑަށް އޮންލައިން ކޮއްނޫން ގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭ ބައްތި ފޯނު ބޭނުން ކުރާމީހުން ވެސް އޮންލައިން ކޮށޯ
ރޯދަ މުބާރަކް އާޚުން/ޢުޚުތުން! ޢިތުރަށް ލިޔާނެ އެއްްޗެއް ހަމަ ނުވިސްނިފަ، ވެރިންނާާހެދި!
ގުޑް ގްރޭޝަސްމީ.?
ޤައުމާ މުޚާޠަބް ކުރިއަކަސް ނުފުދޭނެ. އަހަރެމެން ނޫޅެން ކީރިތި ކުރައްވާ އަޑުއަހާ ކަށް. އަފިރިން ކީރިތި ކޮށްފައި ބެނީ ޙަދީޘަށް ޢަމަލު ކުރަން.
ގޭގަ ތިބޭ އޭރުން ހުރިހާކަމެއް ނިމުނީ ކާއެއްޗެއް ނުލިބި ބަނޑަށް މަރުވާން....
މިޤައުމު ނުރައްކަލަށް ވައްޓާލީ ތިޔަ ބޭފުޅާ. މިހާރު ދެން އިތުރަށް ރައްޔިތުންނަށް ތިޔަބޭފުޅާގެ އިރުޝާދެއް ނަޞީޙަތެއް ދެއްވާނެ ކަމެއްނެތް. ބޭނުމެއްވެސް ނުވާނެ. މިހާރު ރައްޔިތުން މިތިބީ ބިރުވެރިކަމުގެ ތުންފަތް މަތީގައި އަތަށް ފުރާނަ ލައިގެން ބަނޑުފުރާނަ މުއްތި ނުކުރެވިފައި. ޤައުމުގެ ދޮރާށިތައް ބަންދު ކުރާށޭ މިވައިރަސް އަށް ނުހުޅުވައްޗޭ ކިހާވަރަކަށް މީހުން އާދޭސް ކުރިތޯއެވެ؟ އެއާދޭސްތަކާއި އެޅިހާކަރުނަތަކަށް މަނިކުފާނު ދެއްވީ ބީރުކަންފަތެއް ނޫންތޯއެވެ؟ ދެން ސެލްފީ ނެންގެވެމުގެ ބަދަލުގައި އަވަހަށް އިސްތިއުފާ ދެއްވާށެވެ! ރައްޔިތުންގެ މަޖިލީހުގައި ދިގު މުއްދަތެއް ވަންދެން މަނިކުފާނު ޅ. އަތޮޅު ތަމްޘީލު ކުރެއްވި އިރުވެސް ކެއްކެވުނު ޑޮންޑޮނެއް ނެތްކަން އަތޮޅު މީހުން ޤަބޫލު ކުރެއެވެ. މަނިކުފާނަކީ ހިންގުމުގެ ޤާބިލްކަން ނެތް ބޭފުޅެއްކަން މިހާރު ރައްޔިތުން ޤަބޫލުކޮށްފިއެވެ. މަނިކުފާނަށް ދިވެހިރައްޔިތުން މުހިންމެއް ނޫނެވެ. މަނިކުފާނަށް މުހިންމީ މިފަސްގަނޑު އިންޑިޔާއަށް ވިއްކާލެވޭތޯއެވެ. މީގެކުރިން ވެރިކަން ކުރިބޭފުޅުންގެ ނޭއްގާނީކަމާއި ޤައުމަށް ޣައްދާރުވެ ރައްޔިތުންނަށް ޚިޔާނާތްތެރިވުމުގެ ނަތީޖާއެއް ގޮތުން މަލިކު އެއޮތީ އިންޑިޔާގެ އަތްދަށުގައެވެ. އެކަމުން މިއަދު އެކަނިވެސް ދިވެހިންނަށް ޢިބްރަތަކަށް ފުދެއެވެ. އަވަހަށް އިސްތިއުފާދެއްވާށެވެ! މަނިކުފާނު މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި ޚިލާފްވެ ވަޑައިގެންފިއެވެ.