އުމުރުން 55 އަހަރުގެ މީހަކު، ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތައް ހުރެގެން އެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންދިއުމުން ވެސް ފިޔަވަޅެއް ނާޅައި ގިނައިރުތަކެއް ވެފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ގދ. ނަޑެއްލާއަށް އުފަން އެ ފިރިހެން މީހާ ދިރިއުޅެމުން ދަނީ މާލޭގައެވެ. އޭނާ ޓެސްޓު ހެދުމަށް އެޗްޕީއޭ އަށް ގުޅާފައި ވަނީ ކޮވިޑްގެ އަލާމާތްތައް ފެންނަމުން ދާތީ އެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް މަޢުލޫމާތު ދެމުން އޭނާގެ ދަރިފުޅު ބުނެފައިވަނީ، ބައްޕަގެ ގައިން ބަލީގެ އަލާމާތްތައް ފެންނަމުން ދާތީ އެޗްޕީއޭއަށް ގުޅަން މަސައްކަތްކުރާތާ މިހާރު 32 ގަޑިއިރު ވެފައިވާ ކަމަށެވެ. އެ އިދާރާއަށް ގުޅުމުން އެގެޔަށް ދާނެ ކަމަށް ބުނި ނަމަވެސް މިހައި ގިނައިރުތަކެއް ވެގެން ދިއުމުން އޭނާ ވަނީ އޮންލައިން ފްލޫ ކްލިނިކަށް ވެސް އެކަން ރިޕޯޓްކޮށްފައެވެ. އޭގެ ފަހުންވެސް ގިނައިރުތަކެއް ވެގެން ގޮސްފައި ވާއިރު ޓެސްޓުތައް ހެދުމުގެ ކަންކަން އަދި ހަމަޖެހިފައި ނުވާ ކަމަށް އޭނާ ބުނެއެވެ.

"އެޗްޕީއޭއަށް ގުޅުމުން ދެންނެވީ ވަރަށް ބިޒީކޮށް ކަމަށް ދަނީ. ކޮންމެވެސް އިރަކުން އަންނާނެ ކަމަށް. އޭގެފަހުން 32 ގަޑިއިރު ވެގެން ދިޔައިރުވެސް ޚަބަރެއް ނުވެ، ހާލަތު އިތުރަށް ގޯސްވަމުން ދާތީ ކަންބޮޑުވޭ،" އޭނާ ބުންޏެވެ.

އެނގިފައިވާ ގޮތުން އެ މީހާއަކީ ކުރިންވެސް ނޭވާލުމުގެ ނިޒާމުގައި މައްސަލަ ހުންނަ މީހެކެވެ. އޭނާގެ ގައިން މިދިޔަ ދެވަރަކަށް ދުވަސް ތެރޭގައި ކޮވިޑް-19 ގެ ގިނަ އަލާމާތްތައް ފެންނަމުންދާއިރު، ނޭވާކުރުވުމާއި ހުން ގަދަވުންފަދަ ހާލަތުތައް މެދުވެރިވަމުންދާ ކަމަށް އޭނާ ބުނެއެވެ.

މާލޭގައި މީގެ ކުރިންވެސް ބަލީގެ އަލާމާތްތައް ފެނިގެން ބައެއް މީހުން އެޗްޕީއޭއަށް ގުޅުމުން ފިޔަވަޅެއް ނޭޅި ގިނައިރު ވެގެންދާ މައްސަލަ ފެންމަތިވެފައި ވެއެވެ. އަދި އެ އިދާރާއަށް ގުޅުމުން ގިނަ ފަހަރަށް ފޯނަށް ޖަވާބު ނުދޭކަމުގެ ޝަކުވާތައް ވެސް އިތުރު ވެފައި ވެއެވެ. އެޗްޕީއޭއިން ވިދާޅުވެފައި ވަނީ ޓެސްޓް ނުކުރެވި ލަސްވަނީ މި ދުވަސްވަރު ގިނަ ބައެއްގެ ސާމްޕަލް ނަގަމުންދާތީ ކަމަށެވެ.

ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން ދާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި މާލެއިން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ބައްޔަށް ފައްސި ވެފައެވެ. އެގޮތުން މިހާތަނަށް މާލެއިން އެކަނިވެސް ބައްޔަށް 74 މީހަކު ފައްސިވެފައި ވެއެވެ. މިހާރު ވައިރަސް ފެތުރެމުން ދަނީ މުޖުތަމަޢުގެ ތެރެއިންކަން ކުރިން ވަނީ ޔަޤީންކުރެވިފައެވެ.

މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 95 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވީވެސް މާލެއިންނެވެ. މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރޭގައި 44 ދިވެއްސަކާއި ބަންގްލަދޭޝްގެ 25 މީހަކާއި އިންޑިއާ ހަ މީހަކު ހިމެނެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް ޖުމްލަ 4909 މީހަކު ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައި ވެއެވެ. އޭގެތެރެއިން 319 މީހެއްގެ ނަތީޖާ އަދި ނުލިބެއެވެ. މި ބައްޔާއި ގުޅިގެން ކަރަންޓީނު ފެސިލިޓީތަކުގައި 1471 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި 187 މީހަކު އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޠ

    އެޗް.ޕީ.އޭ އަށް ނުކަތާވަރަށް ބަލިމީހުން ގިނަވި ވަރަކަށް މި ކަހަލަ ކަންކަން ދިމާވާނެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިކަހަލަ ކިތަންމެ ހާދިސާއެއް ހިނގާ. އަހަރުންމީ ވަސީލަތް މަދު ބައެއް. މިދުވަސް އަތުވެދާނެ ކަމުގެ އިންޒާރު އެމީހުން ދިންވެސްމެ. ދެރަ. ކިތައްމެ ހާވެސް ދެރަ.

    40
    6
  2. ގައިގާދުރު

    ކަންކަށިމަތީގާ ފުއްޖަހައިގެން ފުއްޖެހިމަލެއް ހެން ދެދަޅަޢަށް ޓީވީ އަށް އަރާ ނޫސްވެރިންނަށް ރަމަ ދެއްކުނީމަ ވީތަ؟

    31
    12
  3. ކޮއްދިއްޕަރު

    މުޅިނިޒާމް މިވަނީފެއިލްވެފަ ޓެސްޓްކިޓް ހުސްވެ ކަންކަން ކުރުމައް ކަންޑައަޅެ އިންތި ޒާމްތަކުގަ ބޮޑުގޯހެއް އެބައުޅޭ ފެލްވެފަވާ ނިޒާމެއްގަ މިހާރު މަސައްކަތް އެކުރެވެނޭ ރައްޔެތުންނައް ސިއްހީނިޒާމް ކަށަވަރުވާން އެބަޖިހޭ މިހާރު މުހިއްމީ މަޖީލީހެއްނޫން އަދި ވެރިން ތަންތަނައް ދުވެ ކަންދެއްކުމެއްވެސްނޫން

    31
    3
  4. ޢަލީ

    މަބުރޫކު ނަމްބަރު ހޯދާގެން ގުޅާ.. މިހާރު ކޮންމެ ކަމަކަށް ގުޅަން މިހިރީ މަބުރޫކުކަން ހުރިހާ ބޭފުޅުންނަށް ވެސް އެގެންވާނެ. މީގެ ދުވަސް ކޮޅެއް ކުރިން ވަރަށް ބޮޑެތިކަރާ ފެލިތަންފެނުނު މިހާރު ހުރިހާކަމަކަށް މަބުރޫކު..... ޝުކުރިއްޔާ މަބުރޫކު

    32
    1
  5. ދެކުނުތަރި

    އެޗްޕީއޭގަ ވެސް މަސައްކަތްކުރަނީ އިންސާނުން. ޝައްކު ކުރެވޭ ކޮންމެ މީހެއްގެ ކައިރިޔަށްދަނީ އަޅައިގެންތިބޭ ހުރިހާ އެއްޗެއް ބަދަލުކޮށްގެން. ކަންކަން ކުރެވޭނީ ތިބި ވަޞީލަތެއް ހުރި ނިސްބަތަކުން. ފިތުނަ އުފައްދަން ނޫޅެ ބަލާ ދަންނެކަށް ކެތްލަވާބަ

    19
    20
  6. އަލި

    ކަލޯ ނައްޓާލާ ބަފާ ގިވައިގެން ގޭގަ ނީދެ

    15
  7. ޢައްޗި

    ކީކޭ ދެން ބުނާނީ ، ތިކަ މުގައި އެޗްޕީއޭއިންވެސް އަޅާލަންވާނެ ، އެކަ މަކު މިއަދު ދިވެހިންގެ މައްސަލަ ކުޑައެއްނޫން ، ނުނިކުންނަންގޮވާއިރު ހަ މައަޑެއްއިވޭކަ މަށްވެސް ނަހަދާ އެބައުޅޭ، ބަަޔަކު އަދި ފަރުވާކޮށްދެން ތިއްބަސް ހަ މަސަލާ މަތްވާނެކަަ މަށް ހީކޮށްގެން ތިބެވޭކަށްނެތް، އަ މިއްލަ ޒިން މާވެސް ނަގަންވީ ،
    ދިވެހިންގެ ކަންތައްހުންނަގޮތަކީ ، ޒަރޫރީ ބޭނު މަކަށް ދޫކޮށްލިޔަސް ދޮގެއްހަދާފަ އެބައުޅޭ ބޭރުގައި ، އޭޓީއެ މްއަށްދާން ހުއްދަހޯދާފަ އެބަދޭ އެހެން ކަ މަކު ، މީ ތަރައްޤީވިޔަސް ބޮޑުވަރު

  8. ޯހޫނު

    ޓެ ކްސީ އަ ކަލައި ގެން ހޮސްޕިޓަލަ ދިޔަނަމަ އަވަސްވާނެ