މި އަހަރު ރަމަޟާން މަހު ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނާއި، ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ ސަރުކާރުން ދިވެހި ސަރުކާރަށް ހަވާލުކުރި ކަދުރު ބަހާނީ ފަގީރުންނަށް އިސްކަން ދީގެން ކަަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ޢަދަދު ބެލުމަށްފަހު، މިދިޔަ އަހަރު އެ މިނިސްޓްރީގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕަކެޓް ކަދުރު ދޭ އުޞޫލުން ކަމަށެވެ.

މިގޮތުން ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުޞޫލުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އެގޮތުންވެސް ކޮންމެ ގޭބިސީއަކަށް ބަހާނީ 1 ޕަކެޓް ކަދުރެވެ.

އެ ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 33 ޕަކެޓް ކަދުރެވެ.

ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބީސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމެއް ގެންނެވުމުން، އެ ލިޔުމުގެ ސައްޙަކަމަށް ބެލުމަށްފަހު ގައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މާލެއާއި، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ މާލެ ސިޓީ ކައުންސިލުންނެވެ. ހުޅުމާލޭގެ ރައްޔިތުންނަށް ކަދުރު ބަހާނީ އެޗްޑީސީންނެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތަކުންނެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ރޯދަ މަހުގެ ހެނދުނު 9:30 އިން ހަވީރު 5:00 އަށް ކަދުރާ ޙަވާލުވުމަށް ކައުންސިލްތަކުން ފޮނުއްވުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަލީ

    މިހާރު ތިބޭފުޅުން ގެންގުޅޭ ފަގީރުންގެ ލިސްޓަށް އިތުރުކޮށްލަންވީ ނޫންތޯ ގާސިމްއިބުރާހިމް. ސަން ޝިޔާމް، ޖައުސާޖައުފަރުމެން މީ ވަރައް ފަގީރު މީހުން ކަމަށް ޚަބަރު ލިބޭ.
    .

    19
  2. ޅަތީފް

    އެންމެ ފަގީރީ ޖައުޒާ ޖައުފަރު އާއި ކާސީންބެ އެވެ ތިޔަހުރިހާ ކަދުރަކުންވެސް އެދެމީހުނަކައް ނުފުދޭނެއެވެ ވައްސަލާމެވެ.

    14
  3. މަގެ

    ސައުދީން ކަދުރު ދެނީ ރާއްޖޭގަ އުޅޭ ފަގީރުންނަށް ދޯ؟ ހައްގުވެރިންގެ މުދާ މިއަދު ކަލޭމެންނަށް ބޭނުންގިތަކަށް ބެހިދާނެ އެކަމަކު ބޮޑުވެގެންވާ ދުވަހެއް އެބައޮތް ވވވ ކައިރީގަ

  4. Anonymous

    ފަޤީރުން ތިބީ ހަމައެކަނި ޕާޓީގެ ޖަގަހައިގާ. ކުރިން ވެސް ކަންތައް ކުރީ ހަމަ މިހެން ނޫންތޯ. ގެނައިހާ ކަދުރެއް ޕާޓީގެ ޖަގަހައަށް ގެންގޮސްގެން ޕާޓީކުރީ. މިބައިމީހުން ގޭގައި ތިބެގެން ޓްވީޓާގައި ފކ ކިޔައި ރައްޔިތުން ގުނބޯ ހެއްދިޔަސް މީ ހަޤީޤަތް. އަސްލު ކަދުރު ފާތުމާމެން މިހާރު ވެރިކަމުގައި މިތިބީ

  5. rahyithumeehaa

    އިސްލާމިކް މިނިސްޓަރަށް އެނގިނުލައްވަނީތޯ މާލޭގަ ގެބިސީތަކުގަ ދިރިއުޅޭ 45/100 މީހުންނަކީ ކުއްޔަށް ހިފައިގެން އުޅޭ ބައެއްކަން.
    އެމީސްމީހުނަށް ތިޔަވިދާޅުވާ "ސައްހަކަން އަންގައިދޭ ލިއުން" ހޯދޭނެ އެއްވެސް ގޮތެއް ނެތްކަން އެނގިތިބެ، ދައްކާ ބަހަނާއަކީ ވަރަށް ޒިއްމާދާރުކަން ކުޑަ މުޑުދާރު އަމަލެއް. ތިކުރާކަމަކީ ތިޔަބުނާ ލިއުން ނެތޭކިޔާފަ ބޭރުގައުމުތަކުން ބަހަންދޭ ކަދުރުކޮޅު ދިރުވާލުން. ތިމާއަށް ނުއުފުލޭވަރުގެ މަގާމަކަށް ދެވުނީމަ ކޮންމެ މީކަކުވެސް އުޅޭނީ ޒިންމާއިން ރެކެން.