ނުރައްކާތެރި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ދެކުނު ކޮރެއާގެ ކިބައިން އެދިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރަށް ގުޅުވާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރުތަކުގެ މައުލޫމާތުތައް ހިއްސާ ކުރި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި މިހާރުން މިހާރަށް ބޭނުންވާ އެހީތަކަށް ދެކުނު ކޮރެއާގެ ކިބައިން ޝާހިދު އެދިލެއްވި ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން އަވަށްޓެރި އިންޑިއާ އަދި ބަންގްލަދޭޝްގެ އިތުރުން ޗައިނާ އިންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން މަޑު ޖެހިލާފައި އޮތުމަށްފަހު މި މަހުގެ 15ވަނަ ދުވަހު މާލެއިން އެ ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކު މިހާރު މާލެއިން އަންނަނީ މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންނެވެ. އެގޮތުން މިއަދުވެސް މާލެއިން އެކަނިވެސް 9 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހަތަރު ދިވެހިްނާއި ފަސް ބަންގްލަދޭޝް މީހުން ހިމެނެއެވެ. މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 95 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޑަބިޔާ

    ކަލޭ އެހީއަށް އެދެންވީނު ފަޅު ރަށެއްގެ ކައިރިން

    31
    1
  2. ާއަލީ

    ޢެހީއްއަށް އެދުނީމަ އިންޑިއާ އިން ފޮނުވާލީ މީހުން މަރާ ބޭހޯ......

    30
    1
  3. ނަރުގިސް

    ކޮބާ، ދަތުރެއް ކޮށްލިނަމަ، މާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އިފެކްޓިވް ވާނެއެއްނު...

  4. ފަރީޝާ

    ކޮބާ ކަލޭގެ އެންމެ އެކުވެރި އެމަރިކާގެ އެހީ، ހާލުވެސް ބަލާ ނުލާ.. ދެން އެންމެ އެކުވެރި ޔޫކޭ އިން ދިނީ ކޮން އެހީޔެއް އެކަމަކު ޑިމޮކްރަސީ އޭ ކިޔާފައި އައިސް ރާއްޖެ... ލިބޭ އެއްވެސް އެއްޗެއް ނެތް ނުވިތާކަށޤ ބަޖެޓުން އެތައް ފައިސާ އެއް ޚަރު އެބަކުރޭ އެންބަސީ ހަދައިގެން އެތާގަ ތިބެނީ ކޮންފައިދާ އެއް ދިވެހިރާއްޖެ އަށް ވާތީ..ފަސާދަކުރުން އެކަނި އެބައި މީހުންނަށް އެގެނީ... އެހީވަނީ..

    މިހާރު އެއްވެސް ގައުމަކަށް އަނެއް ބަޔަކާއި އަޅާލެވޭވަރަށް ވުރެން ދުނީޔޭގެ ހާލަތު ދައްވެއްޖެ ކަން މިސޮރަށް ނުވިސްނޭ..

  5. ޢަލީ

    މި ބޭބެގެ ކަމަކީ ސަލާންޖެހުން

    11
  6. ޓަކިބޭ ދައިތަ

    ނޯތު ކޮރެޔާގެ ލީޑަރު ކިމް ޖޮން އުން ގެ ކިބައިން އެހީފުޅަކަށް ނޭދެން ތޯއެވެ. ރައްޔިތުންގެ ނަމުގައި ތިޔަ ހޯދާ އެހީގެ ފައިސާއާއި ނަގާހާ ލޯނުގެ ފައިސާތަކަށް ވާނުވާ ނޭނގޭ ދެއްތޯއެވެ.

  7. ކެޔޮޅު

    އިތޯޕިޔާގެ އެހީއައް އެދުނަސް ޗައިނާގެ ކިބައން އެހީއަކައް ނޭދޭނެންތަ؟

    10
  8. ވަގުތީ ދުނިޔެ

    ބޮޑު ޚަރަދުކޮށްގެން އެމްބަސީ ޤާއިމްކޮށްފައި ހުރި އިނގިރޭސިވިލާތާއި ދުނިޔޭގެ ބޮޑު ބާރުކަމަށް ދަޢުވާކުރަމުންދާ އެމެރިކާ އިން އެއްވެސް އެއްޗެއް ނުދެއްވާތޯއެވެ؟
    ބައްލަވާ ޝާހިދު ސަރ އެވެ. މަނިކުފާނަކީ ދިވެހިރައްޔިތުން ވަރަށް ޤަދަރުކުރާ ބޭފުޅެކެވެ. މާލޭގެ އަޝްރާފެކެވެ. ޗައިނާ އެއޮތީ އެހީއާއި ބޭހާއި އިންސާނީ ވަޞީލަތް ދޭން ދިވެހިންނަށްޓަކާ ތައްޔާރަށެވެ. މިބަލިމަޑުކަމުން ހަމައެކަނި ދުނިޔޭގައި މިހާރު އަރައިގަނެވިފައި އޮތް ޤައުމަކީ ވެސް ޗައިނާއެވެ. އެޤައުމުގެ ރައީސްގެ ދުރުވިސްނުމާއި ޙިކުމަތުގެ ޢަމަލީންނެވެ. ނިކަމެތި ދިވެހިރައްޔިތުން މަރަށް ތެޅެން ދޫކޮށް ނުލައްވާ ރައްޔިތުންގެ ޙައްޤުގައި އިޚްލާޞްތެރިކަމާއެކު ޗައިނާގެ އެހީތެރިކަމަށް ނިކަން އެދިވަޑައިގެންފައި، ޗައިނާއިން ދެއްވާ ޖަވާބެއް ނިކަން އަވަހަށް ދިވެހިންނަށް އަންގަވާލަ ދެއްވާށެވެ.

  9. ދިވެހިން

    އެހަހެރިކުރެވިފައި އޮތުމުގެސަބަބުން ކިންމެ ރިސޯސްތަކެއްހުޓަސް ދުނިޔޭގެ ފަގީރުއެއގައުމު. އެމީހުންނަށް ދަތިކުރުމަށް އެމެރިކާއާއި އެއްކޮޅަށްވޮޓު ދީފަ، އެމީހުންގެ ފައިބުޑަށްވެއްޓީ ކީއްވެ؟ ކެލެއަކީ ބޯހަމަޖެހޭ ސޮރެއްތަ؟

  10. ހާރިޖީ މީހާ

    އޮފީސް ހިންގުންރަނގަޅުކޮއްބަލަ! ވަރަށް އަންފެއަރ ތަނެއް، ވަރަށް ވިހަމާހައުލެއް ތިތާ މަސައްކަތުގެ މާހައުލަކީ، ޕްރޮމޯޝަން އަދި މަގާމުވެސް އިއުލާނު ކުރާނީ ދޭންވާމީހަކަށް ޓާގެޓް ކޮއްގެން. ހާރިޖީދާއިރާއިން ކިޔަވަގެން އަންނަ މީހުންނަށް އެއްވެސް ފުރުސަތެއްނުދީ ވަކިގުރޫޕަކަށް ހުރިހާއުފަލެއްލިބޭނީ އަބަދުވެސް. ވަރިހަމަވާނެ ބިޒްނަސް ހަދައިގެން ހުއްޓަސް. ތަނުގެތެރޭގަ މިހާރު އުޅެނީ އެހެންކެންޕޭނެއްވެސް ފަށައިގެން، ވަރަށް ބުރުގާ ބާލާ މީހުންވެސް ގިނަވެއްޖެ މިހާރު.

  11. މާހުނބުޅުބޭ

    ހޯދާ އެހީތަކަށް ވަނީ ކިހިނެއްތޯ... އެހެން ޕާޓީއެއް ވެރިކަމުގަ އޮތް ނަމަ މިމީހުން ގޮވަންފަށާނެ އެހީ ނުދޭށޭ ކާލާނެއޭ. ވާގޮތެއް ބަލަން ތިބޭނަން މިފަހަރު