ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުން ކަރަންޓީނުކުރި ގެތަކުގެ އަދަދު 189 އަށް އަރައިފިއެވެ.

ރާއްޖޭގައި ވައިރަސް ފެތުރެމުންދާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ މިއަދު ހަވީރާއި ހަމައަށް 189 ގެ ކަރަންޓީނު ކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ގިނަ ތަންތަނަކީ މާލޭ ތަންތަނެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި މާލެ އިން ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ވައިރަސް އަށް ފައްސި ވެފައެވެ. މިހާތަނަށް ކޮވިޑް-19 އާއި ގުޅިގެން އެންމެ ގިނަ ތަންތަން ކަރަންޓީނުކޮށްފައި ވަނީ ވެސް މާލެ އިންނެވެ. މީގެ އިތުރުން، އީވް ކްލިނިކާއި، ފަރުވާ ކްލިނިކް އޮތީ މޮނީޓަރިންގ ހާލަތުގައެވެ. އަދި މާލެ އާއި ހުޅުމާލޭ ސިޓީގެ ބައެއް ފިހާރަކާއި، ގޯ ޑައުންތައްވެސް ހުރީ މޮނީޓާރިންގ ހާލަތުގައެވެ.

ކަރަންޓީންކޮށްފައިވާ ބައެއް ރަށްތަކަށް ބަލާއިރު، މާލެ، ކ. ގުރާދޫ، ބ ފުޅަދޫ، ދ. ކުޑަހުވަދޫ، ކ. ތުލުސްދޫ، ކ. ކުޑަވިލިގިލި، ކ. ތުޅާގިރި އައިލެންޑްގެ އިތުރުން، ހ. އުލިގަމެވެ.

މީގެ އިތުރުން، ސ. ހިތަދޫ އާއި، ށ، ނަރުދޫ އާއި، ހދ. ނޮޅުވަރަންފަރާއި، ބ. ފުޅަދޫ އާއި، ކ. ތުލުސްދޫ އާއި، ރ. އުނގޫފާރާއި، ޅ. ނައިފަރާއި، ގއ. ކޮލަމާފުއްޓާއި، އދ. ދިއްދޫ، އދ. މާމިގިލި، މ. ދިއްގަރާއި، މ. ވޭވަށް، ގދ، ތިނަދޫ، ހއ. އުތީމާއި އެއަތޮޅުގެ އުލިގަމް އަދި ވަށަފަރުން ވެސް ގެތަކެއް ކަރަންޓީނުކޮށްފައި ވެއެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ފައްސިވެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް މީހުންތައް ދަނީ ފައްސިވަމުންނެވެ. މިހާރު މާލެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 75 އަށް އަރާފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 95 އެވެ.

ކިޔުންތެރިންގެ ހިޔާލު