މާލެ އިންވެސް ކޮވިޑް-19 ފެނިފައިވާ މި ދަނޑިވަޅުގަި މިއަދާއި ހަމައަށް ޖެންޑާ މިނިސްޓްރީން 69 ފަރާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީ އެވެ.

އެކަން ހާމަކޮށް މިއަދު އެ މިނިސްޓްރީން ވިދާޅުވީ، މިއަދާއި ހަމައަށް އެ މިނިސްޓްރީން ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގައި ތިބި ރިސޯޓްތަކުގައި ވަޒީފާ އަދާ ކުރަމުންދާ 11 މީހަކާއި، ޖަލު ބަންދަށްފަހު މާލެ ސަރަހައްދުގައި ތިބި 16 މީހަކާއި، ގެއިން ނުކުންނަށް ޖެހިގެން ހާލުގައި ޖެހިފައިވާ ދެ އާއިލާއަކަށް ނިސްބަތްވާ 6 މީހަކާއި، ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައި އުޅުނު 13 މީހަކާއި، ބޭސް ފަރުވާ ހޯދުމަށް މާލެ ސަރަހައްދަށް ޒިޔާރަތް ކުރި ތިން މީހެއްގެ އިތުރުން، މަސްތުވާތަކެއްޗާއި ގުޅުން ހުރި 20 މީހެކެވެ.

މާލެ އިން ކޮވިޑް-19 ފެނުމާއި ގުޅިގެން މުޅި މާލެ ސިޓީ ފުރަބަންދު ކޮށްފައިވާއިރު، ގުޅިގެން ގިނަ ބަޔަކު ވަންނާނެ ތަނެއް ނެތި މަގުމަތީގައި އުޅުނެވެ. އެ މީހުންނަށް އެހީވުމަށް ފުލުހުންނާއި، ޖެންޑާ މިނިސްޓްރީ އަދި މާލެ ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޖެންޑާ މިނިސްޓްރީން ވަނީ މިފަދަ އެހީތެރިކަމެއް ބޭނުންވާ އިތުރު މީހުންގެ މަޢުލޫމާތު 3328393 އަށް ގުޅާ ހިއްސާ ކުރުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  އެޗް.ޑީއެފްސީން ލޯނު ދެއްކުން ފަސްކޮށްދިންނަމަ އަހަރެމެންގެ 2 އެޕާޓްމަންޓުގެ ކުލި 3 މަހަށް މަޢާފް ކޮށްދޭނަން. އެކަމަކު ކުންފުނިތަކުގެ މައްކާރުކަމުން މީހަކަށްވެސް ލުއިކޮށްދެވެން ނެތް.

 2. އައްޑޫ ލެއި

  ބޯހިޔާވަހިކަމައް ވުރެން ބޮޑުކަމެއް ނޫންތަ މިރޯދަމަހު ރޯދަހިފަނީ ނުކައި ނުބޮއިތަ. އަހަރުމެން ރަށަށް ފޮނުވަދީ ހެޔޮނުވާނެ އާދޭސް ކޮށްފަ ބުނަން ދެދުވަސް ވެއްޖެ ނުކައި އިންނަތާ. ހެޔޮނުވާނެﷲ ޓަކައި އަހަރުމެން ރަށަށް ފޮނުވަދީ. ބަނޑަށް މަރުވުމުގެ ކުރީން

 3. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

  އާސަންދައިން ކޮންމެ ބޮލަކަށް ސަރުކާރުން ކަނޑައަޅާފައިވާ ޢަދަދު ކަމަށް ބުނާ އަހަރަކު -/10000 (އެއްލައްކަ) ރުފިޔާގެ ރޭޓުން ކޮންމެ ޢާއިލާއަކަށް ވެސް މިސަރުކާރުގެ 05 (ފަހެއް) އަހަރުގެ ދައުރަށްވާ ފައިސާ އެޢާއިލާއަކާއި ޙަވާލު ކޮށްލަވަން ވީ ނޫންތޯއެވެ؟ މިގޮތަށް ފައިސާ ޙަވާލުކުރައްވާއިރު، ޝަރުޠު ކުރައްވަންވީ: 1- ދެން ދައުލަތުން ބޭސްފަރުވާގެ އެއްވެސް ކަމަކަމަކަށް މިދައުރުގައި ކޮށްދެވޭނެ އިތުރު ކަމެއް ނޯންނާނެ ކަމުގައެވެ.
  2- އެގޮތް ވަރަށް ގިނަ ރައްޔިތުން ޤަބޫލު ކުރާނެއެވެ.
  3- އެއުޞޫލު ބަލައިގަންނަ ރައްޔިތުންނަށް އާސަންދައިގައި ބޮލަކަށް ސަރުކާރުން ހޭދަކުރާ ފައިސާ އެބޮލަކަށް ރައްދުކުރާނީއެވެ.
  މިފަދަ ޒަރޫރީ ބޭނުމަކަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އޭރުން، އެޢާއިލާއަކުން އެމީހަކަށް ލިބޭ ފައިސާއިން ޚަރަދުބަރަދުކޮށް އަމިއްލަ މުހުތާދުތައް ފުއްދައި ކުލިވެސް ދައްކައިގެން އުފާވެރި ދިރިއުޅުމެއް އުޅެވިދާނެއެވެ. އެހެން ނޫންނަމަ، ކުރިއަށް އޮތް 3 މަސްދުވަސް ތެރޭގައި މާލޭގެ ގެތަކުން ކުލި ނުލިބުނީމާ މީހުން ނެރެން ފަށާފާނެއެވެ. އެންމެން އެހިސާބުން މަގުތަކަށް ނުކުންނަން މަޖުބޫރުވާނެއެވެ. ސަރުކާރުން ބޯޑަރު ބަންދު ނުކުރުމުގެ ސަބަބުން ސަރުކާރު ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި ނިކަމެތި ރައްޔިތުންނާއި މެދު މިފަދަ އުޞޫލަކުން ސަރުކާރުން ކަންތައް ކުރަން ނުވޭތޯއެވެ؟؟