ކޮންސްޓްރަކްޝަން އަދި ޓްރޭޑިންގ ސެކްޓަރގެ އެތަކެއް ތަޖުރިބާކާރު ދިވެހި އަދި ބޭރު މުވައްޒަފުންނެއް ގެންގުޅެމުން އަންނަ "ޖާހް" އަކީ މުސާރަ ނުދިނުމުގެ މާޒީއެއް އޮތް ކުންފުންޏެއް ނޫން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް، މި ދިޔަ މަހުގެ މުސާރަ ދީފައި ނުވާކަމަށް ބުނެ، ސޯސަލް މީޑިޔާގައި ދަޢުރުވެފައިވާ ވާހަކަތަކާއި ގުޅިގެން އެ ކުންފުނިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނެކޭ އެއްގޮތަށް، ބިދޭސީ މުވައްޒަފުންނަށްވެސް މީގެ ކުރީ އަހަރު ތަކުގައި ރޯދަ އެލަވަންސް ވެސް ދީފައިވާނޭ ކަމަށާއި، ބިދޭސީ މުވައްޒަފުންނަށް މިއަހަރުގެ ރޯދަ އެލަވަންސް ދެވެން ނެތްކަމަށް އެންގީ ކުންފުނީގެ މާލީ ހާލަތު ތަން ނުދިނުމުން ކަމަށެވެ.

"މި ކުންފުންޏާއި ކުންފުނީގެ ފައުންޑަރ އާއި އަދި "ދަ ގާރޑަންސް" ޕްރޮޖެކްޓާއި ގުޅޭގޮތުން ފަތުރަމުންދާ ދޮގު މަޢުލޫމާތާއި ގުޅޭގޮތުން ދަންނަވަމެވެ. މި ކުންފުންޏަކީ މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މާޒީއެއް އޮތް ކުންފުންޏަކަށް ނުވާއިރު، 3 މަހުގެ މުސާރަ ނުދީ މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާކަމަށް އެމްވީ ކްރައިސިސްގައި ލިޔެފައިވަނީ މިކުންފުނީގެ އަގު ވައްޓާލާ، މި ކުންފުންޏާއި މެދު ރައްޔިތުން ކުރަމުންދާ އިތުބާރު ފަނޑުކޮށްލުމަށް ކަމުގައި މި ކުންފުނިން ދެކެމެވެ. މީގެ އިތުރުން މި ކުންފުނީގެ "ދަ ގާރޑަންސް" އަދި "ބަރެސްދޫ" ޕްރޮޖެކްޓްއާ ބެހޭގޮތުންނާއި، މި ކުންފުންޏާ ކުންފުނީގެ ފައުންޑަރ ޖައުފަރު އީސާ އާދަމް ބަދުނާމުވާގޮތަށް ފަތުރަމުންދާ ދޮގު ޚަބަރުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް މި ދިޔަ މަހުގެ މުސާރަ ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ނަމަވެސް އެމީހުންގެ ޒާރޫރީ ބޭނުންތައް ފުއްދޭނެ ހުރިހާ އިންތިޒާމެއްވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ.

"ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އަޅުގަނޑުމެންގެ ވިޔަފާރިއަށް މީގެ ނުހަނު ބޮޑު އަސަރުކޮށް، އާމްދަނީ ކުރިއަށް ލަފާކޮށްފައިވާ ވަރަށް ވުރެ ދަށަށް ދިއުމުންނާއި، ބޭންކުތަކުގެ ޚިދުމަތްތައް ލިބުމުގައި ދަތިތަކެއް ހުރުމުން، މި ކުންފުނީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް މާރޗް މަހުގެ މުސާރަ ދިނުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. އެހެން ނަމަވެސް އެ މުވައްޒަފުންގެ ޒަރޫރީ ބޭނުންތައް ފުއްދުމުގެ ހުރިހާ އިންތިޒާމެއް ކުންފުނިން ވާނީ ހަމަޖައްސަދީފައެވެ. އަދި ދަންނަވަމެވެ. އަޅުގަނޑުމެންގެ ކުންފުންޏަކީ، ޤާނޫނަކުން ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް ދިނުމާއި ނުދިނުމަށް ކުންފުންޏަށް އިޚްތިޔާރު ދީފައިވާ ރޯދަ ބޯނަސް ޒަމާނުއްސުރެން ދެމުން އަންނަ ކުންފުޏެއްކަން ފާހަގަކުރަމެވެ. އެހެން ނަމަވެސް، މި ދަނޑިވަޅުގައި އެހެން ގޮތެއް ނެތުމުން މިއަހަރުގެ ރޯދަ ބޯނަސް، ދިވެހި ރާއްޖޭގެ ޤާނޫނުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ދީފައިވާނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށެވެ." އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ، އެ ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވާނީ ކުންފުނީގެ އެންމެހާ މުވައްޒަފުންގެ އިހުސާސްތައް ބަލައިގަނެ ވަރަށް އިޚްލާސްތެރިކަމާއެކުގައި ކަމަށާއި، މީގެ ކުރިންވެސް އެއްވެސް މުވައްޒަފަކާއި މެދު ދެރަގޮތަކަށް ކަންތައްކޮށްފައި ނުވާނެ ކަމަށްވެސް އެ ކުންފުނިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހުސޭނުބޭ

  އެހެންވިއްޔާ ފިތުރު ޒަކާތް ހޯދުމަށް ލިސްޓުގައި ނަން ޖައްސަވައްޗޭ! ވަރަށް ސަލާމް!

 2. އަމްރިޝްޕޫރީ

  30 އަހަރުގެ ވިޔަފާރިން އަހަރަކު މިލިޔަން ޑޮލަރުފައިދާ ލިބެމުންދާ ކުންފުއްޏަކަށް60 ވަރަކަށް މުވައްޒަފުންނަށް 100ވަރަކަށް ޑޮލަރުގެ އެލެވެންސެއް ދޭނެ ލާރިނެތޭ ބުނަނީ ޖޯކެއް!

  11
 3. ޢިސްމަަިލ

  ތިބޭފުޅާ އުޅުއްވަނީ ދުވާލަކު ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިގެން ދެއްތޯ؟؟؟

 4. ދިވެހިން

  ރީބުރޭންޑުކުރީ ރެކޯޑު ފިލުވަންދޯ؟ ޖައުޒާ ޖައުހަރުގެ ނަންވެސް ރީބުރޭންޑުކުރަންފެނޭ؟

 5. ހިޗޭޕު

  އާނ ތެދެއް. ޖައުޒާ އެއް ނޫން. ޖާހު ކުންފުނީގެ މާބޮޑު ދަރަންޏެއް ނެތް. ޖައުޒާގެ އެބައޮތެކޭ މަނުބުނާނަން ދޯ އެއީ އެހެން ކުންފުންޏޭއްވިއްޔެ ދެއްތޯ؟