ކޮވިޑް-19 ގެ ނުރައްކާތެރިކަމުން ދިވެހި ގައުމު ސަލާމަތް ކޮށްދެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި ހުރިހާ ރައްޔިތުން ވެސް ދުއާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ސާދަ ސަތޭކަ ސާޅީސް އެއްވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތާބުގައި މިރޭ ވިދާޅުވީ މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲއަށް މުނާޖާ ދެންނެވުމުގެ ދޮރުތައް ވަނީ ތަނަވަސްކަމާ އެކު ހުޅުވިފައި ކަމަށެވެ. ގޭގައި ތިބެގެންވެސް ފަރުޟު ނަމާދުތައް ބަރާބަރަށް ކުރެއްވުމަށް ހުރިހާ ރައްޔިތުން ވެސް އިސްކަން ދެއްވުން ވަރަށް މުހިންމު ކަމަށް ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.

"ކީރިތި ޤުރްއާން ކިޔެވުން އިތުރުކޮށް، ތަރާވީޙް ނަމާދުކުރުމަށާއި ދަމު ނަމާދުކުރުމަށް ސަމާލުކަން ދެއްވައި، ހުރިހާ ބޭފުޅުންވެސް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަންވީ، މި ބަލީގެ ނުރައްކާތެރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދެއްވާތޯ،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ މުޅި ދުނިޔޭގެ އިޤްތިޞާދު ދަށްވެ އެކަމުގެ ނަތީޖާ ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކަމަށެވެ. ދިވެހިންގެ ތެރޭގައިވެސް، ވަރަށް ދަތި ޙާލުގައި އުޅޭ މީހުން އެބަތިބިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މާލީ ގޮތުންނާއި ބޯހިޔާވަހިކަމުގެ ގޮތުންވެސް ވަރަށް ނިކަމެތި ޙާލުގައި ދިރިއުޅޭ މީހުން، ދިވެހިންގެ ތެރޭގައި އެބަތިބި. އަދި ޞިއްޙީ ގޮތުންވެސް ވަރަށް ނާޒުކު ޙާލަތުގައި އުޅޭ ބަޔަކު އެބަތިބިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ހުރަސްއެޅިފައިވާ މީހުން ވެސް ދިވެހިންގެ ތެރޭގައި އެބަތިބި ކަމަށެވެ.

"މި ކަންކަމަށް ވިސްނާއިރު، މި ބަރަކާތްތެރި މައްސަރުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ކުރަން ބޭނުންވާ އިލްތިމާސަކީ، މިއީ އަޅުގަނޑުމެންގެ ދީލަތިކަމާއި އޯގާތެރިކަން އިސްކޮށް، މީހުންނަށް އެހީތެރިކަން ފޯރުވައި، އަޅައިލާ މައްސަރަކަށް ހަދަމާތޯއޭ. އަޅުގަނޑުމެންގެ ކިބައިގައިވާ އިންސާނިއްޔަތުކަމުގެ މާތް ސިފަ ކުރިއަށް ނެރެ، އަޅުގަނޑުމެންގެ ތެރޭގައި ތިބި ދުވަސްމީހުންނާއި ބަލި މީހުންނަށް ހެޔޮ ފޯރުވައި އުޅެން އަޅުގަނޑުމެން އިސްކަން ދެމާތޯއޭ،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި މި ދަނޑިވަޅުގައި ގެއިން ބޭރަށް ނުނިކުމެ، ކެތްތެރިކަމާއެކު މި ދަތިކަން ތަޙައްމަލުކުރުމަކީ، މި ނުރައްކަލުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގު ކަމަށެވެ. ރާއްޖެއިން ކޮވިޑް-19 ގެ ނުރައްކާތެރިކަން ފިލައިގެން ނޫނީ، ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް ފެށޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، މި އުނދަގޫ ދަތި ޙާލަތުގައިވެސް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގު ފަހިކޮށްދިނުން ކަމަށް ރައީސް ސޯލިހުގެ ހިތާބުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އަނޑޭ

    އެބަރަނގަޅުވޭ ސާބަސް ރައީސް އެގޮތުގަމިތިބީ އިރާދަ ކުރެއވިއްޔާ ރަނގަޅުވާނެ*

    32
    7
  2. ރައީސުގެ މީހާ

    ގައުމެއްގެ ރައީސް / ވެރިޔާ / ސުލްތާނު ﷲއަށް ދުޢާދެންނެވުމަށް، އެގައުމުގެ ރައިޔަތުންގެ ހައްޤުގައި އަތް އުފުލައިފިނަމަ، އެއީ ގައުމަށް ހުރި ނަސީބެއް.

    ވީއިރު، މަނިކުފާނު ނުވޭތޯ އިޚްލާސްތެރިކަމާއި އެކުގައި މި ގައުމުގެ ރައިޔަތުންގެ ހައްޤުަގައި ﷲ ދުއާކުރަން... އެންމެ އެދުޢަގައި ބައިވެރިކޮށްގެން..

    އިރާދަފުޅުން މިމާތް މަހުގައި ރޯދަޔަށް ތިބެ މުޅިގައުމު އެކުގައި ދުޢާކުރާނަމަ ﷲ އެކަން ފަހިކޮށް ދެއްވާށި.. އާމީން..

    46
    2
  3. ބަކުރުބެ

    ފުރަތަމަ އެކަލާނގެ އާއި ޝިރުކު ކުރުން ދޫކޮށް ތައުބާވެލައްވާ. ﷲ ބާވައިލެއްވި ޝަރީއަތުގައިވާ ހުކުމްތައް ބަދަލުކޮށް ވަޞަޢީ ޤާނޫނަށް ހުކުމް ކުރުމަކީ ބޮޑު ޝިރުކު. އެއީ ތައުބާ ނުވެ މަރުވެއްޖެ ނަމަ އެކަލާނގެ ނުފުއްސަވާނެ ޢަމަލެއް. އެކަމުގެ ސަބަބުން އަބަދުގެ އަބަދަށް ނަރަކައިގައި އޮންނަންޖެހޭނެކަމެއް.

    30
    2
    • ?

      އިސްލާމީ ޝަރީއަތުގަވާ ގޮތަށް ހުކުމް ކުރަން ޖެހޭނެދޯ އަސްލް

      • Anonymous

        ޔެސް! ﷲ ގެ ޙުކުމްފުޅުގައިވެސް އެކަލާނގެ އެއްކައުވަންތަ ކުރަން ޖެހޭނެ. ހަމައެކަނި ކުރިމަތީގައި ބުދެއް ބަހައްޓައިގެން އެއަށް ސަޖިދަކުރުން އެކަނި ނޫން ޝިރުކަކީ. ތައުހީދު ރުބޫބިއްޔަތާއި، ތައުހީދު އުލޫހިއްޔަ އަދި ތައުހީދު އަސްމައުވައްސިފާތު ގައި އެއްކައުވަންތަ ކުރަންޖެހޭ.. ރާއްޖޭގައި ގިނަ ބަޔަކު ތައުހީދުލް އުލޫހިއްޔަ ގައި ޝިރުކު ކުރޭ.. އެއީ ﷲ ގެ ހުކުމް ފުޅުގައި އެކަލާނގެ އާއި ޝިރުކު. ﷲ ބާވައިލެއްވި ގޮތަށް ހުކުމް ނުކުރުމައި އެކަލާނގެ ބާވައިލެއްވި ޝަރީއަތް ރައްޔިތުންގެ މަޖިލީހުން ބަދަލުކުރުން. މީ ވިސްނަން ވެއްޖެކަމެއް.

        • އޮފް

          އެނޯނިމާސް??

    • ސޯދިޤް

      ޔެސް! ﷲ ގެ ޙުކުމްފުޅުގައިވެސް އެކަލާނގެ އެއްކައުވަންތަ ކުރަން ޖެހޭނެ. ހަމައެކަނި ކުރިމަތީގައި ބުދެއް ބަހައްޓައިގެން އެއަށް ސަޖިދަކުރުން އެކަނި ނޫން ޝިރުކަކީ. ތައުހީދު ރުބޫބިއްޔަތާއި، ތައުހީދު އުލޫހިއްޔަ އަދި ތައުހީދު އަސްމައުވައްސިފާތު ގައި އެއްކައުވަންތަ ކުރަންޖެހޭ.. ރާއްޖޭގައި ގިނަ ބަޔަކު ތައުހީދުލް އުލޫހިއްޔަ ގައި ޝިރުކު ކުރޭ.. އެއީ ﷲ ގެ ހުކުމް ފުޅުގައި އެކަލާނގެ އާއި ޝިރުކު. ﷲ ބާވައިލެއްވި ގޮތަށް ހުކުމް ނުކުރުމައި އެކަލާނގެ ބާވައިލެއްވި ޝަރީއަތް ރައްޔިތުންގެ މަޖިލީހުން ބަދަލުކުރުން. މީ ވިސްނަން ވެއްޖެކަމެއް.

  4. ހިޔަނި

    ކޮބާ އެއްކަލަ މަލާމަތް ކުރި، ﷲގެ ހަޟްރަތުން ދުޢާކުރަން ތިއެދެނީ. އެއިލާހުގެ ނަބިއްޔާއަށް ފުރައްސާރަ ކުރިމީހުން ދޫކޮށްފައި މީހުން ދީނަށްޓަކައި އުޅޭމީހުން ހައްޔަރުކޮށް އިސްލާމް ދީނަށް ބޮޑުވެގެންވާ އަނިޔާވެރި ދުޝްމަނެއްގޮތުގައި ހުރެގެން ޞާލިޙު ލަދު ހަޔާތެއްވެސް ނެތީދޯ މިއަދު މާދީނީ މީހަކަށް ވެގެން ދުޢާ ކުރަން އެދެނީ!
    އަހަރުން ދުޢާ ކުރަން އަހަރެމެން ކޮވިޑްގެ ވަބާ އަދި ލާދީނީ އެމްޑީޕީގެ ވަބާއިންސަލާމަތް ކުރައްވާތޯ!

    39
    2
  5. ޢަދުރޭ

    މި ވަރުގެ ރައީސް އެއް ދުވަހަކު ވެސް ރާއްޖެ ދެކެފައެއް ނެތް. ވިސްނަބަލަ ނިކަން . ޖުމްހޫރީ ޕާޓީގެ ރައީސް ބުރުމާ ގާސިމް ނިންމީ އޭނަގެ ވަޒީފާ ތަކުގައި އުޅޭ އެންމެންނަށް އެންމެ 1000 ރުފިޔާ ދޭން .ބޮޑެތި ކުންފުނިތަކުން މުސާރަ ކުޑަކޮށް ވަޒީފާތަކުން މީހުން ކަނޑަމުންދާ މި ދަނޑިވަޅުގައި އިކޮނޮމިކް މިނިސްޓަރ އަށް މިއަދު ރައީސް ގުޅުއްވާފަ ވިދާޅުވީ އެއްކަމެއް ނުކުރެވުނަސް ވަޒީފާތަކުން ކަނޑާ ބިކަވަމުންދާ ރައްޔިތުންނަށް ވަގުތުން ވަގުތަށް 5000 އަށްވުރެ ކުޑަނޫން އިލަވަންސެއް ހަމަ ޖައްސަދޭން. އަދި ވިދާޅުވި ވަކި ޕާޓީއެއް ބެލުމެއްނެތި ދިވެހި ކޮންމެ ރައްޔިތަކަށް މިކަން މިގޮތަށް ހަމަ ޖައްސައިދޭން މި ރައީސް އަށް ﷲ ގެ މަދަދާ ރައްކާތެރިކަން ދެއްވާންދޭވެ . آمين !

    14
    30
    • Anonymous

      އާނ. ތެދެއް ތިޔަ ބުނީ. މިވަރުގެ ތާކުންތާކު ނުޖެހޭ ރައީސެއް ނާދޭ. ވަހީދުގެ ދައުރުގަވެސް މީނައަށްވުރެ ގިނަ ކަންތައް ކޮށްދިން. ކޮންމެ ފަހަރަކުވެސް މޑޕ ވެރިކަމެއް އަންނަ އިރަށް ރައްޔިތުން ބިކަވެ ނިކަމެތިވެފަ ތިބެން މި ޖެހެނީ. މީގެ ކުރިންވެސް ތިވަކި ޕާޓީއަކަށް ބެލުމެއްނެތި ކަންތައް ކުރިތަން ފެނި ރައްޔިތުންނަށް ދަސްވެއްޖެ. ބޭކާރު ވާހަކަ ނުދައްކާ. ވެރިކަން ކުރަން ނޭނގެންޏާ ފައިބާ.

  6. ވަތަން އެދޭ

    އެންމެ ފުރަތަމަ ތިގޮތަށް އެންގެވީތީ ﷲ އަށް ހަމްދު ކޮށް ޝު ކުރު ދަންނަވަން..
    ﷲ ރަހްމަތުން އުއްމީދު ކަނޑާ ނުލާ ހާލު އެ ކަލާނގެ އަށް ދުޢާ ދަންނަވާނަން

    މަނި ކުފާނުގެ ފަރާތްޕުޅުން އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއްވޭ....އެއީ ސަރު ކާރު ގެ އިސްވެރިން ވާހަ ކަފުޅު ވިދާޅުވާއިރުގައި ﷲ އިރާދާޔާ ލާގެން މިވެނި ކަމެެއް އެވެނި ކަމެއް ވާނެ އޭ ވިދާޅުވަން ހަނދުމަފުޅު ކޮށް ދިނުން

    33
    • Anonymous

      ﷲ އަށް ގޮންޖަހާ އެކަލާނގެ ފޮނުއްވި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަ ކުރާ ބައެއް އެމްޑީޕީ މަތީފަޑީގައި ތިބީ

  7. މީނަ

    ކިޔާނެ ސިޔާސީ އެއްޗެއް ނެތްދޯ. ހެހެ.

    14
    1
  8. މީނަ

    އިންޝާﷲ?

    16
  9. ނިކަމެތި ދިވެހި ރައްޔިތުމީހާ

    މިޤައުމު ނުރައްކަލަށް ވައްޓާލީ ތިޔަ ބޭފުޅާ. މިހާރު ދެން އިތުރަށް ރައްޔިތުންނަށް ތިޔަބޭފުޅާގެ އިރުޝާދެއް ނަޞީޙަތެއް ދެއްވާނެ ކަމެއްނެތް. ބޭނުމެއްވެސް ނުވާނެ. މިހާރު ރައްޔިތުން މިތިބީ ބިރުވެރިކަމުގެ ތުންފަތް މަތީގައި އަތަށް ފުރާނަ ލައިގެން ބަނޑުފުރާނަ މުއްތި ނުކުރެވިފައި. ޤައުމުގެ ދޮރާށިތައް ބަންދު ކުރާށޭ މިވައިރަސް އަށް ނުހުޅުވައްޗޭ ކިހާވަރަކަށް މީހުން އާދޭސް ކުރިތޯއެވެ؟ އެއާދޭސްތަކާއި އެޅިހާކަރުނަތަކަށް މަނިކުފާނު ދެއްވީ ބީރުކަންފަތެއް ނޫންތޯއެވެ؟ ދެން ސެލްފީ ނެންގެވެމުގެ ބަދަލުގައި އަވަހަށް އިސްތިއުފާ ދެއްވާށެވެ! ރައްޔިތުންގެ މަޖިލީހުގައި ދިގު މުއްދަތެއް ވަންދެން މަނިކުފާނު ޅ. އަތޮޅު ތަމްޘީލު ކުރެއްވި އިރުވެސް ކެއްކެވުނު ޑޮންޑޮނެއް ނެތްކަން އަތޮޅު މީހުން ޤަބޫލު ކުރެއެވެ. މަނިކުފާނަކީ ހިންގުމުގެ ޤާބިލްކަން ނެތް ބޭފުޅެއްކަން މިހާރު ރައްޔިތުން ޤަބޫލުކޮށްފިއެވެ. މަނިކުފާނަށް ދިވެހިރައްޔިތުން މުހިންމެއް ނޫނެވެ. މަނިކުފާނަށް މުހިންމީ މިފަސްގަނޑު އިންޑިޔާއަށް ވިއްކާލެވޭތޯއެވެ. މީގެކުރިން ވެރިކަން ކުރިބޭފުޅުންގެ ނޭއްގާނީކަމާއި ޤައުމަށް ޣައްދާރުވެ ރައްޔިތުންނަށް ޚިޔާނާތްތެރިވުމުގެ ނަތީޖާއެއް ގޮތުން މަލިކު އެއޮތީ އިންޑިޔާގެ އަތްދަށުގައެވެ. އެކަމުން މިއަދު އެކަނިވެސް ދިވެހިންނަށް ޢިބްރަތަކަށް ފުދެއެވެ. އަވަހަށް އިސްތިއުފާދެއްވާށެވެ! މަނިކުފާނު މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި ޚިލާފްވެ ވަޑައިގެންފިއެވެ.

    27
    4
  10. ކެޔޮޅު

    މާތްﷲ އައް دعاء ދަންނަވަން ޖެހޭ ﷲ އަެް ފާޅުގަ ގޮންގަހަާ އުރެދޭ ދިވެހިންނައް އަދަބުވެސްދީ!!

    20
  11. ސަންތިމަރިޔަބު

    ކީރިތި ޤުރްއާން ކިޔެވުން އިތުރުކޮށް، ތަރާވީޙް ނަމާދުކުރުމަށާއި ދަމު ނަމާދުކުރުމަށް ސަމާލުކަން ދެއްވައި، ހުރިހާ ބޭފުޅުންވެސް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަންވީ، މި ބަލީގެ ނުރައްކާތެރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދެއްވާތޯ،" ރައީސް ވިދާޅުވިއެވެ.
    ތިފަދަ ހެޔޮކަން ކަމަށް ވަސިއްޔަތް ކުރެއްވި ކަމަށް ޓަކާއި ﷲ އަށް ހަމްދުކުރަން
    ވަލިއްޔުލް އަމުރުގެ ހައިސިއްޔަތުން ﷲ އަމުރު ފުޅުތައް މިގައުމުގާއި ގާއިމުކޮއްދެވުން އެދި ދިވެހި ރަށްޔިތެއްގެ ހައިސިއްޔަތުން މަނިކުފާނު އަރިހުގާއި އާދޭސް ދަންނަވާ ވަސިއްޔަތް ކުރަމެވެ

    20
  12. ދިވެހިން

    މުސްލިމުންނަކީ ހަމަގައިމު ވެސް އެހެން ދީން ތަކުގެ މީހުން ނާ ތަފާތު ބަޔެކެވެ! މުސްލިމުން ގެ އެންމެބޮޑު ބާރަކީ ދުއާއެވެ! ޢެކަލާނގެ ކިބަފުޅައް
    ދެންނެވޭ ދުއާ ގެ ސަބަބުން މިދުނި ޔޭގެހުރިހާ މުސީބާތްތަކުން ޜައްކާ ތެރިކުރަވަވަ އެވެ! ޢަދި ދުނިޔެއާ އާހިރަތުގެ ގިނަގުނަ ނިޢުމަތް ތައްދެވަ އެވެ!ތައުބާވެ ޔަގީން ކަމާއެކު މާތްﷲ ގެހަޟުރަތު ގައިދުއާދަންނަވަ މާހިނގާށެވެ! ޢެކަލާންގެ އީ އިތްޒަތްވަންތަ އެންމެ އޯގާވަންތަ ރަޟްކަލާންގެ އެވެ!މާތްﷲ އީ ތިކުޑަކުޑަ ވައިރަސް ހައްދަވާ އެއަށް ދިރުން ދެއްވި ރަޟްކަލާން ގެއެވެ ! ޢަހަރެމެންގެވެރި ރަޟްކަލާންގެ އީ އެން އޯގާވަންތަ ރަސް ކަލާންގެ އެވެ! ޢަހަރެމެން އެންމެން ނަށް މާތްﷲ ހެޔޮރަހުމަތް ލަށްވާށިއެވެ! ޢާމީން ! ޢާމީން !

    18
  13. ޜައްޔިތު މީހާ

    މާތްﷲ ގެ ކިބަފުޅަށް ދުއާދެން ނެވުން ނޫން އެހެން އެއްވެސް ގޮތެތް މިކަމަކައްނޯން ނާނެ ! މަނިކުފާން ތިހެން ވިދާޅުވުން މާބޮޑަށް ވެސް ލަސްވެއްޖެ!
    ޢަހަރެމެން މިތިބީ ގާފިލް ކަމެއްގެތެރޭ! މާތްﷲ އީ އެން މެއޯގާވަންތަ ރަސްކަލާންގެ ! ﷲ އަކުބަރު !
    ﷲ އަކުބަރު !

    17
  14. ޑަބިޔާ

    ﷲ ހަޒުރަތުން ދުޢާކުރަންވީ ހަމައެކަނި މިބަލިން ސަލާމް ވޭތޯއެއްނޫން. މިގައުމު އެންމެންވެސް މިރޯދަމަހު ދުޢާކުރަންވީ ﷲ އެންގެވިގޮތައް މިވަގުތުން ފެށިގެން އުޅެވޭތޯ. ތައުބާވާންވީ ކުރެވިފަ ހުރި ފާފަތަކަށް. ދީނުގަ ނަހީކުރައްވާފައިވާ ކަންތައްތަ ނުކުރަން. މިގައުމުގެ ބޮޑުންނައް ހެޔޮވިސްނުން ދެއްވާ އިސްލާމީ ސަރިއަށް މިތާހިންގަދޭތޯ. މީހުން ރަނގަޅު ނުވެ އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ. ކަމެއްދިމާވީމައެއްނޫ ﷲ ވޮޑިގެންވަަކަން ހަދާންވާވީ އަބަދުވެސް ހަދާންކޮއްފަ ސޯލިހުވެސް ބުނަންވާން ވާނެ. ފޮތުގަ އޮތްގޮތައް ކަންކަންދާނީ. މިހާރު ވިސްނަންވީ ނެތްވަގުތެއް. މަރު ވަރައްކައިރި ކަހަދާންކުރަންވީ

  15. ކޖޖ

    ކަލަކު ވާކަން ހަދާން ވި ކަން ވެސް ނަސީބެއް.

  16. ދިވެހިން

    އޯކޭ. އެކަމަކު މަނިކުފާނު އިސްލާމަދީނާއި ރަސޫލާއަށް ފުރައްސާރަކުރި މީހުގެމައްސަލަބައްލަވަންވާނެ. މިކަންވާނެތޯ؟

  17. ރަޒޫ

    ތިއީ ﷲ އަށާއި އެކަލާނގެ ރަސޫލާ ޞ އަށް ބަދުބަސް ބުނި އިރު ހަނުހުރި ވެރިޔެއް.. އެކަން އަދި ހަނދާނެތް ނުނެތޭ!

    އެހެންވީ މަ ޑްރާ މާ ނުކުޅުއްވާ، ފުރަތަ މަ ރައީސް މީހާ މިސާލުދައްކަވާ..

    މިއީ ތިބާ ތައުބާވެ ރައްޔިތުންގެ ކިބައިން މާފަށް އެދެވީ ވަގުތު.

    • ޣވ

      ޢޯ ގޯޑް?