އިނގިރޭސިވިލާތުން އައުމުން ކަރަންޓީން ކުރުމަށްފަހު ދޫކޮށްލި މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން އެކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެ މިހާއަކީ މާރިޗް 23 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި މީހެއް ކަމަށާއި، އޭނާ ރާއްޖެ އައުމުން އެ މަހުގެ 28 ވަނަ ދުވަހު އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުރި ކަމަށެވެ. ނަމަވެސް އެ ދުވަހު އޭނާގެ ޓެސްޓު ނަތީޖާ ނައްސިވެފައިވާ ކަަމަށާއި، އަދި އޭނާ ކަރަންޓީން އިން ދޫކޮށްލި ދުވަހުވެސް ހެދި ޓެސްޓުގެ ނަތީޖާ ނައްސިވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޭނާ ކަރަންޓީނުން ދޫކޮށްލީ އޭޕްރިލް ހަ ވަނަ ދުވަހުއެވެ.

އޭނާ ފަހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، މާލެ އިން ކޮވިޑް-19 އަށް ފައްސިވި މީހަކާއި ކޮންޓެކްޓް ވެގެން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އޭނާ އެންމެ ފުރަތަމަ ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން އައިޑެންޓިފައި ވީމަވެސް އަޅުގަނޑުމެން ޗެކް ކުރިން އަޅުގަނޑުމެންގެ ކޯޑްސްއިން ފެސިލިޓީއަށް ގެންގޮސްފައި ޓެސްޓު ކުރެވިފައި ތޯ ހުރީ، އޭނާގެ ހުރީ ދެ ފަހަރު ޓެސްޓު ކުރެވިފައި، ގެނައި އިރު އަދި ދޫކޮށްލުމުގެ ކުރިންވެސް އެބަ ހުރި ދެ ޓެސްޓުވެސް ނެގެޓިވް، ކަން ދިމާ ކުރި ގޮތުން އޭނާ މިވީ ޕޮޒިޓިވް ކޭސްއެއްގެ ވަރަށް ކްލޯސް ކޮންޓެކްޓަކަށް، އެހެންވީމަ ފަހުން އޭނާއަށް ބަލި އަރާފައި މިހާރު ޕޮޒިޓިވް". ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، އޭނާގެ ގައިން ބަލި ފެނުނީ ހައިރިސްކް ކޮންޓެކްޓްއަކާއި، ކޮންޓެކްޓް ވެގެން އައިސޮލޭޓްކޮށްފައި ހުއްޓާ، އޭނާގެ ގައިން ބަލީގެ އަލާމަތްތައް ފެނި ހެދި ޓެސްޓުތަކުން ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ލަފައެއް ނުކުރެވޭ އޭނާ ބޭރުން އައިސް ޕޮޒިޓިވްވެފައި މިޔޮށް ހުރިހާ ދުވަހު ހުރީ ކަަމަކަށް، އަޅުގަނޑުމެންްނަށް ބެލެވެނީ އޭނާއާ ކޮންޓެކްޓްވި ފަރާތަކަށް ކޮންމެވެސް އެހެން ގޮތަކުން ބަލި އަރާފައި، އޭނާގެ ފަރާތުން މީނައަށް ބަލި ޖެހުނު ކަމަށް އަޅުގަނޑުމެންްނަށް ލަފާ ކުރެވުނީ" ނަޒްލާ ވިދާޅުވިއެވެ.

އޭނާ ފައްސިވެފައި ވަނީ 21 އޭޕްރޮލް ވަނަ ދުވަހުއެވެ.

ރާއްޖެ އިން މިހާތަނަށް 108 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ދުރުގާ

    ރާއްޖެއަށް އެންމެ ފުރަތަމަ ކޮވިޑްނަވާރަ ގެނައީ އިނގިރޭސިވިލާތުން

    39
  2. ދުމައިން

    އިންޑެކްސް ކޭސް އަށް މަގެއް!!

    21
  3. ފާއިޒު

    ކަރަންޓީނު ކުރާ މުއްދަތު 28ދުވަހަށް ބަދަލު ކުރާނަމަ އިގުތިސޯދަށް މާ ފައިދާ ކުރާނެ. މީ ވަރަށް ވާހަކަ.

    29
  4. އަނލޔސތ

    މި ކޭސްގައި މި ބުނާ މީހާ 14 ދުވަހުގެ މޭންޑޭޓަރީ ކަރަންޓީން ފުރިހަމަނުވާކަން ފާހަގަކޮށްލަން.
    އިނގިރޭސިވިލާތުން ރާއްޖެއައީ މާޗް 23 ވަނަދުވަހު.
    5 ދުވަސް ފަހުން ޓސްޓްކުރިއިރު ނެގެޓިވް
    ކަރަންޓީނުން ދޫކޮށްލީ އެޕްރީލް 6 ވަނަދުވަހު.
    ހަމަ އެދުވަހު ހެދިޓެސްޓް ނެގެޓިވް. 23 އިން 6 އަށް ވަނީ 13 ދުވަސް

    38
    1
    • ސައިއްޓޭ

      ތިވަރުވެސް އެ ބީތާ އިންނައް ނުއެނގެ (އިންޕޯރޓް ކުރި ކޮވިޑް)

      24
      1
    • މެތުސް

      ހިސާބް އަކުން ފާސް ނުވޭ ދޯ މާރޗް 23،24،25،26،27،28،29،30،31 އޭޕްރިލް 1،2،3،4،5،6 ގުނާބަލަ 14 ހަމަ ނުވޭތޯ

  5. އުދަމުދިމު

    ތީއަނެއްކާ އެނިފެނިގެން އުޅޭ ޒީރޯތޯ ވިދާޅުވެވޭއެއްޗެއް ވިސްނާފަ ވިދާޅުވުން މުހިންމު ޖަޒުބާތުގަ ޖެހިގެން މޫސް ކޮންފުރެސް ދިނުން ރަގަޅެއް ނޫނެއްނޫންތޯ

    27
    1
  6. ނަޖީ

    ހުސް ދޮގު މޮޅު ވާހަކަދައްކާނެކަމެއްނެތް

    24
    1
  7. ބުއްޅަ ފުރޭތަ

    އިގިރޭސި ވިލާތުން ކުޅ ކުޅެންގޮސްތިބި މީހުންތައް ގެނަސް ދޫކޮއްލީ ކަރަންޓީނުގަ ހުރިމީހަކުވެސް މާގިނަފުވަހަކު ނުބަހައްޓަ

    28
    1
    • ސައިއްޓޭ

      ވަރައްބޮޑު ތެދުފުޅެއް މުޅިންހެން ބޮޑުންގެ އާއިލާ

      23
      1
    • ޝައްފަ

      ބޮޑުން ގެ ދަރިން ގެންނަން ކުރި މަސައްކަތް (1) އިނގިރޭސި ވިލާތުން މީހުން ގަނައި. (2) އިންޑިއާ ގެ ކޮޝިން އިން ޗާޓަރު ފްލައިޓް (3) މެލޭޝިއާ އިން ޗާޓަރު ފްލައިޓް (4) ލަންކާ އިން ޗާޓަރ ފްލައިޓް. ދަރިންނާއި ތިމާގެ މީހުން އެކަނި ގެނެސްފި ނަމަ ފަޅާ އަރާފާނެތީ "އެ ގައުމުތަކުގައި ތިބި ބޭސްކުރަން ގޮސް ތިބި ދިވެހިން" ގެނައީ ކަމަށް ހަދާލީ. މިހާވަރަށް ބޭރުން މީހުން ގެނައިމާ ކޯވިޑު ފެތުރޭނެ ވަރު ސަރުކާރަށް އިނގިހުރެ ދަރިން ގެންނަން ޖެހޭތީ މިކަން ކުރީ ގަސްތުގައި. (5) ލަންކާ ގައި 14 ދުވަހަށް ބަހައްޓާ ފައިދޫކޮށްލި މީހަކަށް ޖެހުނު ފަހުން މިހާރު ލަންކާ ގައި ކަރަންޓީން ކުރަނީ 14 ދުވަހަށް.

  8. އަހްމަދު

    އެންމެފުރަތަމަ ޔޫކޭންއައިމީހުން ޖަރީމާގޭގަޕާޓީ ބޭއްވިހިސާބުންމިކަންފެށުނީވެސް އެޕާޓީއައް ސަރުކާރުގެބޮޑުންވެސް ހާޒިރުވި މާލެތެރެއިން ފެންނައްފެށީ އެހިސާބުން އެކަމުއެވާހަކަ ނަޒްލާމެންނަކަށް ނުދެއްކުނު މިހާރުދެންކީއްކުރަންދައްކާވާހަކައެއް

    35
    1
  9. ސައިއްޓޭ

    އަދިވެސް ދޮގުތަ ހަދަންވީ ތީ އެންމެން ދަންނަ ބޮޑު ސިއްރެއް ގެނޭގޮތާއި ދޫކޮއްލިގޮތް ވަރައް ސަލާން ހީކުރަން އެއްޗެއް ވިސްނޭނެ ކަމައް

    35
    1
  10. ޯމުޑުދާރު

    ކޭސް ޒީރޯ ފެނުނީ..... ހުސް ދޮގު ހެދީ މިއޮންހާދުވަހު

  11. ޚަރު

    އެންމެ ފުރަތަމަ ކޮވިޑްނަވާރަ މާލެ ގެނައީ ތީނަ...ޖަރީމާގެއަށް

  12. ލަތީ

    “އަޅުގަނޑުމެންނަކަށް ލަފައެއް ނުކުރެވޭ އޭނާ ބޭރުން އައިސް ޕޮޒިޓިވްވެފައި މިޔޮށް ހުރިހާ ދުވަހު ހުރީ ކަަމަކަށް، އަޅުގަނޑުމެންްނަށް ބެލެވެނީ އޭނާއާ ކޮންޓެކްޓްވި ފަރާތަކަށް ކޮންމެވެސް އެހެން ގޮތަކުން ބަލި އަރާފައި، އޭނާގެ ފަރާތުން މީނައަށް ބަލި ޖެހުނު ކަމަށް އަޅުގަނޑުމެންްނަށް ލަފާ ކުރެވުނީ" ނަޒްލާ ވިދާޅުވިއެވެ.
    ޑރ.ނަޒްލާ އަށް އިހުތިރާމާއި އާދޭހާއެކު ދަންނަވަމެވެ. ދުނިޔޭގެ އެކި ހިސާބުތަކުންވެސް ކަރަންޓީނު މުއްދަތު ނިންމުމަށްފަހު ދޫކޮށްލުމުން އޭގެ ފަހުން ޕޮޒިޓިވްވާ ވާހަކައަކީ މިހާރު މިބަލީގައި އާ ކަމެއް ނޫނެވެ. އަދި ކިހިނެއްތޯ ލަފާކުރެވެނީ ކްލޯޒް ކޮންޓެކްޓު ފަރާތުން އޭނައަށް އެރީ ކަމެއް ނުވަތަ އޭނަގެ ފަރާތުން ކްލޯޒް ކޮންޓެކްޓަށް އެރީ ކަމެއް؟ މި ބަލި ފުރަތަމަ އެތަނުން ޖެހިފައި ހުރީ ކާކު ގައިގައި ކަމެއް ދެނެގަނެވޭނެ އެއްވެސް ގޮތެއް އޮވޭތޯ؟ ނެތްކަމުގައި ވަނީނަމަ ކީއްވެތޯ ލަފާނުކުރެނީ އެފަރާތުން ކްލޯޒް ކޮންޓެކްޓަށް އެރި ކަމަށް ؟ މިކަމުން ވެސް ފިލާވަޅު ލިބިގަނެ ކަރަންޓީނު މުއްދަތު އިތުރުކުރަން ފެނިނުލައްވާތޯ؟ މި ކޭސް އާ ގުޅިގެން ތިޔަ ދެއްކެވި ވާހަކަ އަޅުގަނޑުގެ ސިކުނޑިއަށް ޖހަމަ އުޅެ އުޅެ ފަހުމު ވާގޮތެެެއް ނުވި. ފުނި ޖެހެނީ ސުވާލުތަކެއް ... ކޮންމެވެސް ކުއްޖަކު މި ސުވާލު އަޅެ ކުރާނެ ނަމައޭވެސް ހިތަށް އަރާ ...

  13. ލަތީ

    “އަޅުގަނޑުމެންނަކަށް ލަފައެއް ނުކުރެވޭ އޭނާ ބޭރުން އައިސް ޕޮޒިޓިވްވެފައި މިޔޮށް ހުރިހާ ދުވަހު ހުރީ ކަަމަކަށް، އަޅުގަނޑުމެންްނަށް ބެލެވެނީ އޭނާއާ ކޮންޓެކްޓްވި ފަރާތަކަށް ކޮންމެވެސް އެހެން ގޮތަކުން ބަލި އަރާފައި، އޭނާގެ ފަރާތުން މީނައަށް ބަލި ޖެހުނު ކަމަށް އަޅުގަނޑުމެންްނަށް ލަފާ ކުރެވުނީ" ނަޒްލާ ވިދާޅުވިއެވެ.
    ޑރ.ނަޒްލާ އަށް އިހުތިރާމާއި އާދޭހާއެކު ދަންނަވަމެވެ. ދުނިޔޭގެ އެކި ހިސާބުތަކުންވެސް ކަރަންޓީނު މުއްދަތު ނިންމުމަށްފަހު ދޫކޮށްލުމުން އޭގެ ފަހުން ޕޮޒިޓިވްވާ ވާހަކައަކީ މިހާރު މިބަލީގައި އާ ކަމެއް ނޫނެވެ. އަދި ކިހިނެއްތޯ ލަފާކުރެވެނީ ކްލޯޒް ކޮންޓެކްޓު ފަރާތުން އޭނައަށް އެރީ ކަމެއް ނުވަތަ އޭނަގެ ފަރާތުން ކްލޯޒް ކޮންޓެކްޓަށް އެރީ ކަމެއް؟ މި ބަލި ފުރަތަމަ އެތަނުން ޖެހިފައި ހުރީ ކާކު ގައިގައި ކަމެއް ދެނެގަނެވޭނެ އެއްވެސް ގޮތެއް އޮވޭތޯ؟ ނެތްކަމުގައި ވަނީނަމަ ކީއްވެތޯ ލަފާނުކުރެނީ އެފަރާތުން ކްލޯޒް ކޮންޓެކްޓަށް އެރި ކަމަށް ؟ މިކަމުން ވެސް ފިލާވަޅު ލިބިގަނެ ކަރަންޓީނު މުއްދަތު އިތުރުކުރަން ފެނިނުލައްވާތޯ؟ މި ކޭސް އާ ގުޅިގެން ތިޔަ ދެއްކެވި ވާހަކަ އަޅުގަނޑުގެ ސިކުނޑިއަށް އުޅެ އުޅެ ފަހުމު ވާގޮތެެެއް ނުވި. ފުނި ޖެހެނީ ސުވާލުތަކެއް ... ކޮންމެވެސް ކުއްޖަކު މި ސުވާލު އަޅެ ކުރާނެ ނަމައޭވެސް ހިތަށް އަރާ ...

  14. ނަައީމް

    ސަރުކާރުގެ މަތީފަންތީގެމީހުންގެ ވާހަކަ ނުދައްކާތި އެއީސިއްރެއް ރައްޔިތުންނަށް މިސަރުކާރަކުން އަޅައެއްނުލި މުޅިސަރުކާރުގެ ހުރިހާފައިސާއެއްހުސްވި އިރުގަވެސް ރައްޔިތަކަށް ދިއްކޮށްލި ހަމަ އެކައްޗެއްވެސް ނެތް

  15. Anonymous

    ބަލަންވާ ވަރަށް ނުބަލާ ބަޔަކު ދޫކޮށްލުކިގެ ސަަބަބުން މިޙާލަތަށްދާން މިޖެހުނީ.

  16. ނިކަމެތި ދިވެހި ރައްޔިތުމީހާ

    ދިވެހި ޤައުމުގެ ދޮރޯށިތައް ބަންދުކުރަން ގޮވަގޮވާ ތިއްބާ ބީރުކަންފަތެއްދީ އެކަން ނުކުރި މީހަކު ދިވެއްސެއް ދެކެ ކުލުނެއް ނުހުންނާނެއެވެ. ސަލާމަތީ ބާރުތަކުން އެމީހާ ހައްޔަރު ކުރަން ނުވޭތޯއެވެ. ސަލާމަތީ ބާރުތަކުގެ ބޭކަލުން މިހާރު ތިޔަވަނީ ތިޔަބަލީގެ ޝިކާރައަކަށް ވަމުންނެވެ. ވިސްނަވާ ދިވެހި ޤައުމު ހަމަޔަކަށް އެޅުވޭނީ މިދަނޑިވަޅުގައި ތިޔަބޭކަލުންނަށެވެ. ޤާނޫނު އަސާސީއާއި މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި ޚިލާފަށް ބޯޑަރު ބަންދު ނުކޮށް ކޮވިޑް - 19 މިބިމަށް ގެނައުމަށް މަގުފަހިކޮށްދިން ބަޔަކު ހިފާ ހައްޔަރުކޮށް ޤާނޫނުގެ ޙުކޫމަތު ޤާއިމް ކޮށްދެއްވުމަށް ސަލާމަތީ ބާރުތަކަށް ވަރަށް އާދޭހާއި އަދަބުވެރިކަމާއެކު ގޮވާލަމެވެ.