ގުޅީފަޅުގައި 40،000 ބިދޭސީ މަސައްކަތްތެރިންގެ ޖާގަ ހިމެނޭ "ވޯކާސް ވިލެޖެއް" ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބިދޭސީންނަކީ ރާއްޖެއަށް ބޭނުންވާ ބައެއް ކަމަށެވެ. ނަމަވެސް އެއީ މިހާރު އެކަން މިއޮތް ގޮތަށް ބޮއްސުން ލައިގެން ދާ ވަރަށް ނޫން ކަމަށާއި އެކަން ކުރަންޖެހޭނީ ރެގިއުލޭޓު ފްރޭމްވޯކެއްގެ ދަށުން ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
ބިދޭސީންގެ އެކަމޮޑޭޝަންތައް ހުންނަން ޖެހޭނެ ގޮތުގެ ގަވާއިދެއް އެކުލަވާލާފައިވާނެކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާލުވީ އެ ގަވާއިދު އެކުލަވާފައި ވާނީ އާއްމު ސިއްހަތަށާއި ހިއުމަން ރައިޓްސްގެ ދާއިރާތަކަށް ވެސް ވިސްނައިގެން ކަމަށެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ "ވޯކާޒް ވިލެޖު" ބިނާކުރަނީ 30 ހެކްޓަރުގެ ބިން ހިއްކައިގެން ކަމަށެވެ. އަދި އެތަން ހަދަނީ ބިދޭސީންނަށް ވެސް އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ބޭނުމުގައި ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
އެމީހުންނަކީ ރާއްޖޭގެ އެކި މަސައްކަތްތައް ކުރުމަށް ގެންނަ މީހުން ކަމަށާއި އެމީހުންގެ އިންސާނީ ހައްގުތައް ކަށަވަރު ކޮށްދީ އާއްމު އިންސާނަކަށް އޮންނަ އެންމެ އަސާސީ މިންގަނޑުތަކެއް ގާއިމް ކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެތަނުގެ މަސައްކަތް ނިމެން ދެ އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ.
ތޮއްޖެހިފައިވާ ތަންތަނުން ބިދޭސީން ނެރެ އެހެން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތްތައް އަދިވެސް ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވެ އެކަން ތަފްސީލް ކޮށްދެއްވާ މިނިސްޓަރު ފައްޔާޒު ވިދާޅުވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގުޅީފަޅުގަ ހުރި އެޕާޓްމަންޓުތަކެއް، މީހުން ދިރިއުޅެވޭ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އެތަން ނިމުމުން އެތަނަށް އެކަނިވެސް 5،000 މީހުން ބަދަލު ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ހުޅުމާލޭގައިވެސް 10،000 މީހުންނާއި 15،000 މީހުންނާއި ދެމެދުގެ އަދަދަކަށް މީހުން ދިރިއުޅެވޭނެ އެކޮމޮޑޭޝަނެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެތަނުގެ މަސައްކަތް ކުރިޔަށް އޮތް ހަތަރު މަހާއި ހަ މަހުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބަންގާޅު ސިޓީ. މިދެން ވަރަށް ވާހަކަ. ޕްލޭނެއް ނެތްހެން ހީވަނީ. ވިސްނާށޭ ގައުމް
ތިކަމަކީ ބިދޭސީން ދިވެހިރާއްޖެއަށް ވެރިވުމަށް ކޮށޭމަގެއް. ބިދޭސީމީހުން ގައުމުންބޭރުކުރޭ.
މިއެންމެނަގެ ޚަރަދުވެސް ސަރުކާރު ބޮލުގައި އެޅުނީ. މިކަމުން ގައުމު ބަޑަށް ނުޖެހި ސަލާމަތްވާނެބާ!!!
ތިއީގޯހެއް
ގައި ދުރުކުރާވާހަކަ ދައްކަވާއިރު ކިހިނެއްތޯ 100 އަކަފޫޓްގަ 4،5 ކުދިން ގޮވައިގެން ގައިދުރުކޮއް ތިބޭނީ މިމާލޭގެ ރައްޔިތަކައް ބިންކޮޅެއް ލިބޭގޮތެއް ނުވޭ އެކަމަކު ގާނޫނު އަސާސީގައި އެބަބުނޭ ވަކިރށަކައް ވަކިނަސްލަކައް ވަކި ކުލަޔަކައް ނުބަލާ ހަމަހަމަކަމާއެކު ހުރިހާ ރައްޔަތުންނައް އަމަލު ކުރަންވާނޭ އެކަމަކު ރައްރަށުގަ ހިލޭ ގެދޮރުއަޅަން ބިން ހިލޭ ދޫކުރައްވާފައި މިމާލޭގެ ރައްޔިތަކައް ނުދެއްވޭ މީކޮންކަހަލަ ނާތަހުޒީބް އަމަލެއްތޯ ހަމަހަމަ ކަމޭ ވިދާޅުވެފައި ޕޯޑިއަމް ތަކުގައި ފޮނި ވާހަކަދައްކަވަނީ ޙުދު އިކޮނޮމިކް މިނިސްޓަރު ފައޔާޒް އިސްމާއިލްގެ އާއި އެބޭފުޅާގެ އަނބިދަރިންނާއި ކާފަދަރިންގެވެސް ގާނޫނުން ކަށަވަރުކޮއްދީފަވާ ހައްގެއް ނިގުޅައި ގަނެ ގަންނަމުން މިދަނީ ޓީވީޔައް އަރުއްވާ ބޭރުމީހުންގެ ހައގުތަކުގެވާހަކަ ދައްކަވާފައި ވިލެޖެއް އަޅުއްވާ ވާހަކަ ދައްކަވާއިރު ކޮބާތޯ ޙުދުތިމާމީހާޔާ ތިމާމީހާގެ އަނބިދަރިންގެ ހައްގު
އަތޮޅު ތެރޭގެ މީހުންނަށްވުރެ މާ މުހިންމުބިދޭސީން މިހާ އިގްތިސޯދު ނާޒުކުދުވަސްވަރެއްގައި ތިޔަހާބޮޱެތި ހަރަދުކުރަން ހެޔޮނުވާނެ. ސަޢުދީ ފަދަ ގައުމުތަކުންވެސް ބިދޭސީން ގައުމުތަކަށް ފޮނުވާލަނީ. އެކަމަކު މިގައުމުގަ ފައިސާ ޗާޕްކޮށްގެން ބިދޭސީންނަށް ވިލެޖްހަދާފަ ހިލޭ ތިބުމައިކެއުން. އަވަހަށް މޯލްޱިވިއަން ބަންގާޅަށްފޮނުވާ. ފުރީ ވިސާ ގަ އަންނަން.
ބަކަރި ތައް ލާރި ގަނޑެއް ދިރުވާލަން ވެގެން ގައުމުގަތިބި ރައްޔިތުން ބިކަހާލުގަ ޖައްސާފަ ބަންގާޅު ސިޓީ އެެއް ހަދަނީ. މިހާރުވެސް އުޅޭމީހުން ގެ ތެރޭ ގިނައީ ވަގައް އުޅޭމީހުން،
ފައިސާ ވެ ރިންގެ ސަ ރުކާ ރު....ސަ ރުކާ ރަކީފައިސާ
ޥެ ރިން......ދިވެހި ރައްޔަތުންނަކީ ފަޤީ ރުން
ޢަބަދުވެސް ކަންކު ރަނީ މުއްސަނދިންނަށް މޮޅުވާ
ގޮތަށް.....ނިކަމެތިން ހައްތާނިކަމެތި.......
ދުއްވާ އެއްޗިހީގަ ސްޓިކާ ޖަހައިގެން ދައުލަތައް އެތައްފައިސާއެއް ނަގާއިރު މިހިރަ ފެންވަރުމަތީ މިނިސްޓަރައް ނޭގެ ބަނގުލަދޭޝް 60 ހާސްމީހުން މިތާމިއުޅެނީ ދައުލަތައް މަހަކު މީހަކު ދައްކަންޖެހޭ ވިސާފީވެސް ނުދައްކާ އުޅޭބައެއްކަން 10 ވަރަކައް އަހަރު ވަންދެން މިތާ އުޅެފާ ހަމަފުރައިގެންދާންވީ ލޯލާރިއެއް ވެސް ސަރުކާރައް ނުދައްކާ މިއަދު ދިވެހިން ހާލުގަ ޖެހުނު ދުވަހުވެސް މިބައިމީހުނާއިގެން ދިވެހިންގެ ހައްގުތައްގެއްލިގެންމިދަނީ ...މިހާރުވެސް މާލެ ތިއޮތީ ބޭރުމީހުންގެބާރުގެ ދަށުގަ ނަސީބު މުޒާހަރާ ކުރަން ނުނިކުންނަކަން ވެސް އަދިވެސް ތިކިއަނީ 2 އަހަރު ދުވަހުން ތިމީހުންނިދާތަންހަދާވާހަކަ ގަވާއިދައްފައްތާވާހަކައެއްނޫންދޯ...