ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި ކޮވިޑް-19 ޓެސްޓް ހެދުމުގެ މަސައްކަތްކުރުމަށް ތައްޔާރުވަމުންދާ ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަވީން ވިދާޅުވީ އެ މަސައްކަތް ރެއިން ފެށިގެން ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ކުރާނީ ފުލުހުންގެ ލެބޯޓްރީގައި ތިބި، ލެބް އެނަލިސްޓުން މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޕޮލިސްގެ ފޮރެންސިކް ލެބޯޓްރީގައި ޓެސްޓް ހެދުމުގެ މަސައްކަތަށް ތައްޔާރުވުމުގެ މަސައްކަތް ދަނީ ރެއިއްސުރެ ކުރެވެމުން. ފޮރެެންސިކް ލެބްގަވެސް ހަމަ ޕީސީއާރު މެޝިނެއް، އިނުމާއި އެއްކޮށް އެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރުމުގެ މެކްސިމަމް ކެޕޭސިޓީގައި ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެބޭފުޅުން އެދަނީ މަސައްކަތް ކުރައްވަމުން." ނަވީން ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރާ މުވައްޒަފުންގެ ދަތިތައް އެބަހުރި ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކްޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ.

މީގެ ކުރިން ކޮވިޑް-19 އަށް ޓެސް ކުރުމުގައި ބުރަ ޒިންމާ އުފުލަނީ ޖުމްލަ ފަސް މުވައްޒަފުން ކަމަށާއި، އެ މީހުން ޓެސްޓް ކުރުމުގައި ހަރަކާތްތެރި ވަނީ އައިޖީއެމްއެޗްގެ ފްލޫ ޓީމުން ކަމަށް ސަރުކާރުން ކުރިން ހާމަކުރެއްވިއެވެ.

ނަމަވެސް ލެބްގައި އިތުރު މުވައްޒަފުން ހަރަކާތްތެރިވާނެ ކަން އައިޖީއެމްއެޗްއިން ފާހަގަކުރެއެވެ.

ރާއްޖޭގައި ޓެސްޓްކުރުން އަވަސް ކުރުމަށް ޓެސްޓް ހެދުމަށް މިހާތަނަށް 16 މީހަކު އައިޖީއެމްއެޗުން ތަމްރީނު ކޮށްފައިވާކަން ވަނީ ހާމަކުރައްވާފައެވެ. އެ ހޮސްޕިޓަލުގެ ލެބޯޓްރީން، ކޮވިޑް-19ގެ ފުރަތަމަ ކޭސް ދެނެގަނެވުނުއިރު، އެބަލި ދެނެގަތުމަށް ހަދާ ޕީސީއާރު ޓެސްޓް ހެދުމުގެ ގާބިލުކަމާއި ތަމްރީނު ލިބިފައި ވަނީ އެ ހޮސްޕިޓަލްގެ އެންމެ ތިން މީހަކަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ނަވީން މެން އަސްލު ކަ މެއްކުރަން އުޅޭނަ މަ، މިއަދު މީޑިޔާތަކުގައި ސުރުހީ ޖަހާފައި އޮންނަން ވާނީ މިހެން.

    "ފުލުހުންގެ ލެބޯޓްރީގައި ކޮވިޑް 19 އަށް ޓެސްޓް ކުރަން ފަށައިފި"
    އަބަދުވެސް މިއޮންނަނީ.
    ކޮން މެވެސް ކަ މެއް ކުރަންފަށަނީ..ގެންނަނީ...އަންނަނީ...މަޝްވަރާކުރަނީ.. މިހެންނެވެ.
    ޢަސްލު މިސަރުކާރަކީ އަނގަތަޅާ ސަރުކާރެއް!
    ކަ މެއްކުރަން އުޅޭ ބައެއް ނޫން..
    ފުރަތަ މަ ނޫހުގަ ހެޑްލައިން ޖަހުވާފަ ދެން އެ އޮބާލީ..
    ކަ މެއް ކުރު މުގެ ކުރިން ކިޔަން ފަށާނެ، މިވެނިކަ މެއް ކުރަންފަށަނީ..ގެންނަނީ...އަންނަނީ...މަޝްވަރާކުރަނީ..
    ވާކަ މެއް ހަ މަ ހަރާން...

    އަސްލު ހެޔޮނިޔަތެއް ނެތް ވިއްޔަ ދޯ.. ނަވީން.

    ކަ މެއްކުރު މުގެ ހިޔާލެއް އަންނައިރަށް މީޑިޔާ ކުރި މަށްޗަށް އަރާފަ ރައްޔިތުން ގޯނި ފުލައް ލާން ދުއްވައި ގަންނަނީވިއްޔަ ދޯ...