ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޑް ވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޝަރުއީ ނިޒާމުގެ ތެރެއިން ހައްލެއް ހޯދައިދިނުމަށް ކަމަށް ބުނެ ސިވިލް ސާވިސް ކޮމިޝަނުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައި ނުގަތުމަށް ނިންމައިފިއެވެ.

ހައިކޯޓުން ބުނީ ލޯކަލް ކައުންސިލްގެ އިންތިޚާބާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ސިވިލް ސާވަންޓުންގެ ސަސްޕެންޝަނާއި ގުޅިގެން، ސިވިލް ސާވިސް ކޮމިޝަނުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް އިހްތިސާސް ލިބިދޭ ބާވަތުގެ ދުސްތޫރީ މައްސަލައެއްކަމުގައި ނުވާތީ، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައި ނުގަންނަން ނިންމާފައިވާ ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އިއްޔެ ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން އިންތިޚާބު ބާއްވާނެ ދުވަހެއް އެގިފައި ނުވުމާއި، އިންތިޚާބުގައި ވާދަކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ސަސްޕެންޑް ކޮށްފައިވާ މުވައްޒިފުންނަށް އަވަސް ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވީ މި މައްސަލައަށް އަވަސް ހައްލެއް ހޯދޭނެ ގޮތަކީ ކޮބައިތޯ ދެނެގަތުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަނާމެދު ފޯނު ކޮންފަރެންސްގެ ޒަރިއްޔާއިންވެސް އަންގާރަދުވަހު މަޝްވަރާކޮށްފައިވާކަމަށެވެ.

އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް މިހާރު ނިންމާފައި ވީނަމަވެސް އިންތިޚާބަށް ކުރިމަތިލުމުން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސަރވިސް މުވައްޒިފުންނަށް މުސާރަޔާއި ރަމަޟާން މަހުގެ އިނާޔާތްވެސް ނުލިބެއެވެ. އެހެންވެ ގިނަ މުވައްޒަފުންނަށް ވަނީ ވަރަށް ބޮޑެތި މާލީ ދަތިކަމަކާއި ކުރިމަތިވެފައެވެ.

ސަރުކާރުން ވިދާޅުވެފައި ވަނީ ކައުންސިލް އިންތިޚާބު ލަސްކުރަން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ސަން ސެޓް ޤާނޫނުން މުވައްޒަފުންގެ ސަސްޕެންޝަން މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އެ ޤާނޫނުގެ މަސައްކަތް ރައްޔިތުން މަޖިލީހުގައި ކުރިއަށްދަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. އެހެންކަމުން އެ ޤާނޫނު ފާސްވެ، ތަސްދީގު ކުރެވޭނެ ދުވަހެއް ވެސް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދުންތަރި

    ތިޔަ މައްސަލަ ހުށަހަޅަން ޖެހޭނީ ކެނެރީކޯޓަށް އެކޯޓުން އެކަނި ތިޔަ މައްސަލަ ބެލޭނީ ރައްޔިތުންގެ މަޖިލީހޭ ކިޔާ ކެނެރީ ޕްރައިވެޓް ލިމިޓެޑުގަ ހަދާފަ އޮންނާނެ ޝަރުޢީ އަދި ޤާނޫނީ ހރިހާ މައްސަލައެއްބަލާ ޙުކުމްކުރާ ކޮމެޓީއެއް އެ ކޮމެޓީން ތިޔަ މައްސަލައަށް ހައްލެއް ގެނެވޭނީ ޤާނޫނު އަސާސީގަ ކޮންމެ އެއްޗެކޭ ލިޔެފަ އޮތަސް ހައިކޯޓު ސްޕްރީމް ކޯޓުގަ ތިބި ފަނޑިޔާރުންނަކަށް ކެނެރީ ޕްރައިވެޓް ލިމިޓެޑުގެ މެމްބަރުން ހިތްޕުޅާނުވާކަމެއް ކުރާކަށްނުކެރޭނެ ފަނޑިޔާުންނަށް އޮތީ ބިރު ދައްކާފަ މުޅި ޖުޑިސަރީ އޮތީ ވާގި ދުއްވާލާފަ ހުރިހާ ބާރެއް ކެނެރީ ޕްރައިވެޓް ލިމިޓެޑުގެ ބަނޑުދަށުގަ އޮތީ އެހެން ވީމާ ތިޔަ މައްސަލަ ހުށަހަޅަންޖެހޭނީ އެކުންފުނީގެ ކޯޓަށް

  2. ރައްޔިތުން

    ކަމެއްގެ ހައްލު ހޯދަން ނޭގޭ ބައެއް