23:40

23:30

22:47

https://twitter.com/VaguthuOnline/status/1253742211650342912

22:33

https://twitter.com/VaguthuOnline/status/1253738715697999873

22:15

https://twitter.com/VaguthuOnline/status/1253734174206427136?s=19

22:12

21:54

21:53

21:44

21:40

21:32

21:15

21:14

20:48

ނޭޕާލް އިން އިތުރު އެކަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 49 މި ބައްޔަށް ފައްސިވެފައިވޭ. ނަމަވެސް މި ބަލީގައި އަދި އެޤައުމުން މީހަކު މަރުވިކަމެއް ރިޕޯޓްކޮށްފައެއް ނުވޭ.

20:47

ލަންކާއިން އިތުރު 43 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިއަދު މިހާތަނަށް ވެސް 48 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، މިއީ އެޤައުމުން އެންމެ ގިނަ އަދަދަކަށް މީހުން ފައްސިވި ފަހަރު. މިހާތަނަށް އެޤައުމުން ޖުމްލަ 416 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވޭ. އޭގެތެރެއިން 7 މީހަކު ވަނީ މަރުވެފައި.

20:45

މެލޭޝިއާ އިން އިތުރު 88 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5691 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 96 މީހަކު ވަނީ މަރުވެފައި.

20:45

ފިލިޕީންސް އިން އިތުރު 211 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 15 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 7192 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 477 މީހަކު ވަނީ މަރުވެފައި.

20:44

ޔޫއިންޑޮނީޝިއާ އިން އިތުރު 436 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 42 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 8211 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 689 މީހަކު ވަނީ މަރުވެފައި.

20:44

20:43

20:43

ޔޫއޭއީ އިން އިތުރު 525 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 8 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 9281 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 64 މީހަކު ވަނީ މަރުވެފައި.

20:43

ސައުދީ އަރަބިއްޔާ އިން އިތުރު 1172 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 6 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 15102 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 127 މީހަކު ވަނީ މަރުވެފައި.

20:42

ސްވިޑެން އިން އިތުރު 812 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 31 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 17567 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 2152 މީހަކު ވަނީ މަރުވެފައި.

20:41

ޕޯޗުގަލް އިން އިތުރު 444 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 34 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 22797 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 854 މީހަކު ވަނީ މަރުވެފައި.

20:40

ނެދަލޭންޑްސް އިން އިތުރު 806 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 112 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 36535 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 4289 މީހަކު ވަނީ މަރުވެފައި.

20:39

އީރާނުން އިތުރު 1168 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 93 މީހަކު މަރުވެއްޖެ. މިހާތަނަށް އެޤައުމުން ޖުމްލަ 88194 މީހަކަށް މި ވައިރަސް ޖެހިފައި ވާއިރު، އޭގެތެރެއިން 5574 މީހަކު ވަނީ މަރުވެފައި.

20:30

ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ދިނުމަށް ނޭޝަނަލް އެމަޖެންސީ ސެންޓަރުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުން މިރޭ ފަށަން ހަމަޖެހިފައި ވަނީ 21:30 ގައި.

20:26

20:11

19:45

19:34

19:23

17:08

https://twitter.com/vaguthuonline/status/1253656948127432705?s=21

16:34

ސްރީލަންކާއިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 373 މީހަކު ވަނީ ފައްސިވެފަ. އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 7

16:33

މެކްސިކޯއިން ކޮވިޑް-19 ޖެހިގެން އިތުރު 99 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 1069 އަށް އަރައިފި. އެގައުމުން އިތުރު 1089 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 11633 މީހަކު ވަނީ ފައްސިވެފަ.

16:32

ސިންގަޕޫރުން 897 މީހަކު ކޮވިޑް-19އަށް ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 12075 މީހަކު ވަނީ ފައްސިވެފައި. މިހާތަނަށް އެ ގައުމުން 12 މީހަކު ވަނީ މަރުވެފައި

16:31

އިސްރާއީލުން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 193 އަށް އަރައިފި. އެގައުމުން އިތުރު 79 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 14882 މީހަކު ވަނީ ފައްސިވެފަ.

16:30

އިންޑިއާއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 722 އަށް އަރައިފި. އެގައުމުން އިތުރު 463 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 23502 މީހަކު ވަނީ ފައްސިވެފަ.

16:30

ސްވިޒަލޭންޑުން ކޮވިޑް-19 ޖެހިގެން އިތުރު ދެ މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 1551 އަށް އަރައިފި. އެގައުމުން އިތުރު 181 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 28677 މީހަކު ވަނީ ފައްސިވެފަ.

16:29

ބެލްޖިއަމުން ކޮވިޑް-19 ޖެހިގެން އިތުރު 189 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 6679 އަށް އަރައިފި. އެގައުމުން އިތުރު 1496 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 44293 މީހަކު ވަނީ ފައްސިވެފަ.

16:28

ބްރެޒިލް އިން ކޮވިޑް-19 ޖެހިގެން އިތުރު 30 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 3343 އަށް އަރައިފި. އެގައުމުން އިތުރު 738 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 50203 މީހަކު ވަނީ ފައްސިވެފަ.

16:28

ރަޝިއާއިން ކޮވިޑް-19 ޖެހިގެން އިތުރު 60 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 615 އަށް އަރައިފި. އެގައުމުން އިތުރު 5849 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 68622 މީހަކު ވަނީ ފައްސިވެފަ.

16:27

ޗައިނާގައި އިތުރު 6 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 82804 މީހަކު ވަނީ ފައްސިވެފަ. އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވެފައިވަނީ 4632 މީހުން

16:26

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު ހަތް މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 50243 އަށް އަރައިފި. އެގައުމުން އިތުރު 267 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 886709 މީހަކު ވަނީ ފައްސިވެފަ.

16:01

15:52

15:35

15:28

15:22

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އިގްތިސާދަށް ވަނީ ވެންޓިލޭޓަރެއްގެ އެހީ ބޭނުންވެފައި.

15:20

15:19

15:09

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ބަޖެޓުގައި 300 މިލިއަން ޑޮލަރުގެ ބޮންޑެއް އިޝޫ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އަދި ދޭދޭ ގައުމުތަކުން އެހީ ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކުރަމުން މިދަނީ.

15:08

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ވޯލްޑް ބޭންކުން 30 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް މި ދަނީ ކުރަމުން. އޭޑީބީން 27 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުން މިދަނީ. އޭއައިބީން ފަސް މިލިއަން ޑޮލަރު، އައިއެމްއެފް އިން 28.9 މިލިއަން ޑޮލަރު، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން 25 މިލިއަން ޑޮލަރު، އޯޕެކުން 20 މިލިއަން ޑޮލަރު އަދި ބައެއް ބޭންކުތަކުން ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން. އެހީގެ ގޮތުގައި 233 މިލިއަން ޑޮލަރު ހޯދަން މި ދަނީ މަސައްކަތް ކުރަމުން.

15:06

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ބޭރުން އެހީ ހޯދުމަށް މަސައްކަތް އެބަކުރަން. މަރުކަޒީ ބޭންކް މެދުވެރިކޮށް ފައިސާ ލިބޭތޯ ވެސް އެބަ ބަލަން.

15:01

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: މާޗުން ފެށިގެން ހަރަދު ކުޑަކުރަން ފިޔަވަޅު އެޅުމާ އެކު މިހާރު ވެސް 800 މިލިއަނަށްވުރެގިނަ ރުފިޔާ ވަނީ ސަލާމަތް ކުރެވިފައި. ޕީއެސްއައިޕީގެ ނުފަށާ ހުރި މަޝްރޫއުތައް މި އަހަރު މަޑުޖައްސާލާނަން.

15:00

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ދަތުރުފަތުރަށް ކުރާ ހަރަދާއި އެއްގަމުގައި ދުއްވާ އުޅަނދުފަހރުު ގަތުން ހުއްޓާލުން ފަދަ ކަންކަން ހިމެނޭ.

14:59

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: މި އަހަރުގެ ތެރޭގައި 35 ބިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭނެ.

14:56

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ކޮވިޑް-19 އާ ގުޅިގެން ކޮމިއުނިޓީ ސްޕްރެޑެއް ފެތުރުމުން 1.6 ބިލިއަން ރުފިޔާގެ ހަރަދެއް ދާނެ ކަމަށް. އަދި ހާލަތު ދިގުދެމިގެންދާ ނަމަ، މި އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ.

14:53

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ދައުލަތަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް މި އަހަރު ލަފާ ކުރެވެނީ.

14:53

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ސިނާރިއޯ އެކެއްގައި 17 ބިލިއަން ރުފިޔާ، ސިނާރިއޯ ތިނެއްގައި 16 ބިލިއަން ރުފިޔާ، އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރެވޭ.

14:51

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: މިހާރު ގިނަ ރިސޯޓުތައް ލޮކްޑައުންގައި އޮތުމުން ފަތުރުވެރިން ޒިޔާރަތް ކުރާ މިންވަރު ދަށްވާނެތީ، އިމާރާތް ކުރުމުގެ މަސައްކަތް މަޑުޖެހި، ސާމާނު އެތެރެ ކުރާ މިންވަރު މަދުވާނެ. ދައުލަތުގެ އާމްދަނީ ލަފާ ކުރި ވަރަށް ވުރެ ބޮޑަށް މަދުވެގެންދާނެ. ޑެފިސިޓް އިތުރުވެގެން ނުދިއުމަށް ދައުލަތުގެ ހަރަދުތައް ކުޑަ ކުރަން ޖެހޭ.

14:49

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ހަކަތައިގެ ދަށްވުމުގެ ސަބަބުން ގިނަ ތަކެތީގެ އަގު ދަށްވޭ. އެކަމަކު، ސަޕްލައި ޗޭނަށް ދަތިވާނެ ނަމަ، އަގުތައް ބޮޑުވާނެ. ތެލުގެ އަދަދު ދަށްވާ ވަރަށް ހަކަތައިގެ އަދަދު ދަށް ކުރެވޭނެ. ރާއްޖެއަށް އެކްސްޕޯޓް ދަށްވުމުގެ ސަބަބުން ބޭރު ފައިސާ ލިބޭ މިންވަރު ވަނީ ދަށްވެފައި.

14:47

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ސިނާރިއޯ ތިނެއްގައި ޖީޑީޕީ ދަށްވާނެ 11.5 ޕަސަންޓަށް. ވަޒީފާ އިން ވަކިކުރާ މީހުންނާއި ވަޒީފާ ނެތް މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވާނެ ކަމަށް ބެލެވޭ. މުސާރަ ކުޑަކުރުމާއި ވަޒީފާ އިން ވަކިކުރުމުގެ ޝަކުވާތަކެއް ދާދި ފަހުން ޖޮބް ސެންޓަރަށް ލިބިފަައިވޭ.

14:46

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: މި އަހަރު ފަތުރުވެރިން އަންނަ އަދަދު 50 ޕަސަންޓު ދަށަށް ދާނެ ސިނާރިއޯ ތިނެއްގައި. އެއީ މިހާރު އަޅުގަނޑުމެން މި އަރާނެ ކަމަށް ބެލެވޭ ސިނާރިއޯއަކީ. މި އަހަރު އަށް ލައްކަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރެވޭ. ބެޑް ނައިޓްސް 39 ޕަސަންޓު ދަށް ވާނެ ކަމަށް ލަފާ ކުރެވޭ. އޮން އެރައިވަލް ވިސާ ދޫކުރެވެން ފެށޭނީ ޖުލައި މަހު.

14:44

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އިގްތިސާދަށް އެންމެ ބޮޑު ލޮޅުމެއް އަރާފައިވާ ގައުމަކަށް ރާއްޖެ ވާނެ. ބަޖެޓު ތައްޔާރު ކުރިއިރު، ފަތުރުވެރިކަން ރާއްޖެ ޒިޔާރަތް ކުރާ މިންވަރު 8 ޕަސަންޓު އިތުރު ވާނެ ކަމަށް ލަފާ ކުރިން، އަދި ޖީޑީޕީ 7.5 ޕަސަންޓު ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވާނެ. ފަތުރުވެރިކަމާއި އިމާރާތް ކުރުމުގެ ސިނާއަތް ކުރިއަރައިގެން ދާނެ ކަމަށް ލަފާ ކުރިން. ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ޒިޔާރަތް ކުރާނެ ގޮތުގައި ފަސް ސިނާރިއޯއެއް ތައްޔާރު ކުރިން.

14:38

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ. މި ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައި.

13:38

https://twitter.com/VaguthuOnline/status/1253603940106563584?s=19

13:22

https://twitter.com/VaguthuOnline/status/1253600137751846912?s=19

13:16

10:59

10:31

https://twitter.com/VaguthuOnline/status/1253556977940066304

09:59

https://twitter.com/VaguthuOnline/status/1253549071731535874

04:33

04:04

03:42

ކޮވިޑް-19 ޖެހިގެން އިންޑިއާއިން އިތުރު 33 މީހަކު މަރުވެއްޖެ. މިއާއެކު މިދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 40 އަށް އަރާފައި. މިހާތަނަށް އިންޑިއާއިން ކޮވިޑް-19 ޖެހިގެން ޖުމްލަ 721 މީހަކު ވަނީ މަރުވެފައި.

މިދިޔަ 24 ގަޑިއިރު ތެރޭ އިންޑިއާއިން އިތުރު 1235 މީހަކަށް މި ވައިރަސް ޖެހިފައިވޭ. މިއާއެކު އެޤައުމުންބަލި ޖެހުނު މީހުންގެ އަދަދު ވަނީ 23039 އަށް އަރާފައި.

03:41

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 2078 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 48737 އަށް އަރައިފި. އެގައުމުން އިތުރު 29289 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 878006 މީހަކު ވަނީ ފައްސިވެފަ.

03:41

ފިންލެންޑުން ކޮވިޑް-19 ޖެހިގެން އިތުރު 23 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 172 އަށް އަރައިފި. އެގައުމުން އިތުރު 155 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 4284 މީހަކު ވަނީ ފައްސިވެފަ.

03:40

ރޯމެނީ އިން ކޮވިޑް-19 ޖެހިގެން އިތުރު 21 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 546 އަށް އަރައިފި. އެގައުމުން އިތުރު 386 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 10096 މީހަކު ވަނީ ފައްސިވެފަ.

03:39

ޕޮލެންޑުން ކޮވިޑް-19 ޖެހިގެން އިތުރު 28 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 454 އަށް އަރައިފި. އެގައުމުން އިތުރު 342 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 10511 މީހަކު ވަނީ ފައްސިވެފަ.

03:39

އިކުއެޑާ ކޮވިޑް-19 ޖެހިގެން އިތުރު 23 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 560 އަށް އަރައިފި. އެގައުމުން އިތުރު 333 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 11183 މީހަކު ވަނީ ފައްސިވެފަ.

03:38

ސްވިޑެން އިން ކޮވިޑް-19 ޖެހިގެން އިތުރު 84 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 2021 އަށް އަރައިފި. އެގައުމުން އިތުރު 751 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 16755 މީހަކު ވަނީ ފައްސިވެފަ.

03:35

އައިލޭންޑޫން ކޮވިޑް-19 ޖެހިގެން އިތުރު 25 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 794 އަށް އަރައިފި. އެގައުމުން އިތުރު 936 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 17607 މީހަކު ވަނީ ފައްސިވެފަ.

03:34

ޕެރޫއިން ކޮވިޑް-19 ޖެހިގެން އިތުރު 42 މީހަކު މަރުވެ، އެގައުމުން 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ 572 އަށް އަރައިފި. އެގައުމުން އިތުރު 1664 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 2914 މީހަކު ވަނީ ފައްސިވެފަ.

03:31

ސްވިޒަލޭންޑުން ކޮވިޑް-19 ޖެހިގެން އިތުރު 40 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 1549 އަށް އަރައިފި. އެގައުމުން މިހާތަނަށް 28496 މީހަކު ވަނީ ފައްސިވެފަ.

03:30

ނެދަލޭންޑުން ކޮވިޑް-19 ޖެހިގެން އިތުރު 123 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 4177 އަށް އަރައިފި. އެގައުމުން އިތުރު 887 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 35729 މީހަކު ވަނީ ފައްސިވެފަ.

03:29

ކެނެޑާއިން ކޮވިޑް-19 ޖެހިގެން އިތުރު 169 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 2143 އަށް އަރައިފި. އެގައުމުން އިތުރު 1891 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 42081 މީހަކު ވަނީ ފައްސިވެފަ.

03:28

ތުރުކީން ކޮވިޑް-19 ޖެހިގެން އިތުރު 115 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 2491 އަށް އަރައިފި. އެގައުމުން އިތުރު 3116 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 101790 މީހަކު ވަނީ ފައްސިވެފަ.

03:27

ފްރާންސުން ކޮވިޑް-19 ޖެހިގެން އިތުރު 516 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ 21856 އަށް އަރައިފި. އެގައުމުން އިތުރު 2239 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 158183 މީހަކު ވަނީ ފައްސިވެފަ.

03:26

02:04

01:06

https://twitter.com/VaguthuOnline/status/1253414818289119232

00:57


މާލެ އިން ކޮވިޑް-19 ފެނި ހާލަތު ގޯސްވަމުން ދާއިރު ބިދޭސީން ދިރިއުޅޭ ތަނަކުން އިތުރު 14 މީހަކު މިއަދު ފައްސި (ޕޮޒިޓިވް) ވުމާއި އެކު ކަންބޮޑުވުންތައް ކުރިއަށް ވުރެ ވެސް އިތުރު ވެއްޖެއެވެ. އެތަނާއި ބެހޭ އިތުރު މައުލޫމާތެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަދި އާއްމެއް ނުކުރެއެވެ. ނަމަވެސް ބުނެފައި ވަނީ އެއީ ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އައި ތަނެއް ކަމަށެވެ.

މިއަދު ލިބުނު އިތުރު ޚަބަރުތަކަށް ބަލާއިރު ވަޒީފާ އިން ވަކިކޮށްފައިވާ މީހުންނަށް 5000 ރުފިޔާގެ އެލަވަންސެއް ދޭން ސަރުކާރުން ނިންމި ޚަބަރު ވަނީ މިއަދު ލިބިފައެވެ.

https://twitter.com/VaguthuOnline/status/1253356969894621186

ދުނިޔޭގެ ހާލަތައް ބަލާއިރު އަދިވެސް އެންމެ ބޮޑަށް ކޮވިޑް-19 ފެތުރެމުންދާ ގައުމުތަކުގެ ހާލަތު ރަނގަޅު ވަމުން އަންނަ މަންޒަރެއް ނުފެނެއެވެ.

https://twitter.com/VaguthuOnline/status/1253279196429848582

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނިކަމެތި ދިވެހި ރައްޔިތުމީހާ

    ބިދޭސީން މިޤައުމުގައި އުޅޭ ޢަދަދެއް މިސަރުކާރަށް އެނގޭ ކަމަކަށް ނުވެއެވެ. ސަހަރޯއެވެ. ދެން މިބަލިމަޑުކަމުން އަރައިގަނެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. މާލޭގައި ދިވެހިންނަށްވުރެން ބިދޭސީން ވަކި މަދެއް ނުވާނެކަމަށް އަންދާޒާ ކުރެވެއެވެ. ބޯޑަރު ބަންދުކުރަން އާދޭސްކުރުމުން ވެސް ވެރިން އެކަމަށް ބީރުކަންފަތެއް ދިނީ ދިވެހިރައްޔިތުން ދެކެ ކޮން ލޯތްބެއް އޮވެގެންތޯއެވެ؟ މިއޮތީ ސަރުކާރު ފެއިލްވެފައެވެ. ދެން ކުރާނެ ކަމެއްނެތެވެ. ނިކަމެތި ދިވެހި ރައްޔިތުން މަރުގެ ތުންފަތްމަތީގައެވެ. ބޮޑުންނާއި ހަނގުބޭކަލުން ފިނިކުރި ކޮޓަރިކޮޅުގައި ވެޑުވިފައެވެ.

    5
    1
    • ??

      ހެޔޮ ރަނގަޅު އުންމީދު ކުރަންވާނެ އިންޝާﷲ އަދި ރަނގަޅުވާނެ ހުރިހާ އެންމެންވެސް މަސައްކަތް ކުރަންޖެހޭނެ

      4
      1
      • ލަޔާން

        އިރާދުކުރެއްވިއްޔާ މިކަމުން ވަރަށް އަވަހަށް އަރައިގަނެވޭނެ....

  2. އަލީއިމްރާން

    ރައްޔަތުން ކީއްތޯކުރާނީ ހުރިހާ ކަމެއް ސަރުކާރުން ކޮއްފައި ރައްޔަތުން ބޮލައް ހުރިހާކަމެއް ފުރަތަމަ ދުވަހުންފެށިގެންވެސް ސަރުކާރު ތަކުން ތި މީރާގާނޫނު ހިންގާ ގޮތައް ގާނޫނު ހިންގެވިނަމަ މިއަދު ތިޔަވާހަކަ ދައްކާކައް ނުޖެހުނީސް ބަނގުލާދޭޝް އަކީ މިޔޮއް ވިލިމާލެޔެއްނޫން ފަތާފަ ވަގައް އަރާކައް އެތައް ގަޑިއިރެއްގަ މަތިންދާބޯޓެއްގައި އައިސް އެއަރ ޕޯޓުން އެތެރެވަނީ ކޮންމެވެސް މީހެއްގެ ހަވާލުގައި ވީމާ އެމީހާޔައް ފިޔަވަޅު އެޅުން އެއީ އާންމް ރައްޔިތަކައް ކުރެވޭނެ ކަމެއްނޫން ފަރުދީޒިންމާއޭ ވިދާޅުވާއިރު ކޮބާތޯ ސަރުކާރުގެ ޒިންމާ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކުއްކުރިމީހުންނައް އަދަބު ނުދެވުނީ އެއީ އާންމު ރައްޔިތަކައް ކުރެވޭނެ ކަމެއްތޯ އަނގަ އޮތީމަ ވާހަކަދެއްކިދާނެ މިއަދު ކަމަކާދިމާވީމަ މިވާހަކަ ދައްކަވަނީ މިގައުމުގައި ދޭތެރެ ދުރުކޮއް 3 ޖީލްވެސް ނައްތާލީ އައްޑަނަ ބަހައިގެން ކޮންފަރާތަކުންތޯ

    3
    1
  3. ނަގުލު ފިއްތި

    މިހާރު ޖެހެނީ ގަވާއިދާއި އެއްގޮތަށް ތިބި މީހުންވެސް ވަގުތީގޮތުން އެމީހުންގެ ގައުމަށް ފޮނުވާލަން. ސަރުކާރުން މިއުޅެނީ ދިވެހިންގެ ކަންތަށްވެސް ނުބެލެހެއްޓިގެން. ދެން ކިހިނެއް ރާއްޖޭގެ އާބާދީއާއި އެއްވަރަށް މިގައުމުގައި ތިބި ބަންގްލަދޭށް މީހުން ބަލަހައްޓާނީ

    5
    1