ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް ދިމާވެފައިވާ އިޤުތިޞާދީ މައްސަލަތަކުގެ ސަބަބުން "ވަގުތު" އަށް ސްޕޮންސާ ދީފައިވާ ވަރަށް ގިނަ ކުންފުނިތަކުން މިހާރު ސްޕޮންސާ ހުއްޓާލާފައި ވާތީ "ވަގުތު" ކުރިއަށް ގެންދިއުމަށް އިތުރު ކުންފުނިތަކުގެ އެހީތެރިކަމަށް "ވަގުތު" އިން އެދިއްޖެއެވެ.

"ވަގުތު" އިން އެހީތެރިކަމަށް އެދުނީ މާލީ ދަތިތަކުގެ ސަބަބުން "ވަގުތު" ވެބްސައިޓް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު މިހާރު ހީވެފައި ވާތީއެވެ.

"ވަގުތު" ގެ އޮފިޝަލަކު ވިދާޅުވީ މާލީ މައްސަލަތައް ކުރިމަތިވި ނަމަވެސް އަދިވެސް މަސައްކަތް ކުރަމުން ގެންދަނީ އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިނުކޮށް ކުރިއަށް ދިއުމަށް ކަމަށާއި ނަމަވެސް އެކަން ކުރެވެން އޮތީ އިތުރު ފަރާތްތަކުގެ އެހީތެރިކަން ލިބިގެން ކަމަށެވެ.

"މިހާލަތުގައި އަޅުގަނޑުމެން އެދެނީ ކުންފުނިތަކާއި، ފައިސާވެރިން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭން. މިއީ ހުރިހާ ފަރާތްތަކަށް ވެސް ދަތި ވަގުތެއްކަން ވެސް އެނގޭ. ނަމަވެސް އަޅުގަނޑުމެންގެ އިތުރުން ހުރިހާ މީޑިއާތަކަށް ވެސް ވަނީ ސްޕޮންސާތައް ގެއްލުމުން ބޮޑެތި ދަތިތައް ދިމާވެފައި. އެހެންކަމުން އަޅުގަނޑުމެންގެ އިތުރުން ރާއްޖޭގެ ހުރިހާ މީޑިއާތަކަށް ވެސް މިވަގުތު ކުންފުނިތަކުގެ އެހީތެރިކަން ބޭނުންވޭ." އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މިހާތަނަށް ހުރިހާ މީޑިއާތަކަކުން ވެސް ވަނީ ރާއްޖޭގެ ވިޔަފާރިތައް ޕްރޮމޯޓްކޮށް ވިޔަފާރިންނަށް ފައިދާ ހޯދައިދޭން ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށާއި އެހެންކަމުން މީޑިއާތަކަށް ކުރިމަތިވެފައިވާ ދަތި ހާލަތުގައި ވިޔަފާރިވެރިންގެ އެހީތެރިކަން ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ވަގުތު" އަށް އެހީތެރިވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން "ވަގުތު" ގެ ނަމްބަރ 7999681 ފޯނަށް ގުޅުއްވުމަށް "ވަގުތު" އިން އެދެއެވެ.

"ވަގުތު" އަކީ އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ރާއްޖޭގެ ވެބްސައިޓެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ކުޅުދުއްފުށީ މޭން އެއް

  ކޮވިޑް19 ގެ ހަބަރުތައް އެންމެ ފުރަތަމަވެސް ސީރިއަސްކޮށް ނެގީ ވަގުތު ނޫހުން ، ވަގުތު ނޫހަށް އެހީވާން ހަމަ ރަނގަޅު.

  337
  83
 2. ނަތާ

  ވަރަށް މާޔޫސްވެއްޖެ?

  240
  61
  • ނަކް

   އެހެން މަމީ އެމްޑީޕީމީހަކަސް ވައިވާނެ ވަގުތަށް ތިޔަވާ ގޮތުން... ހޮޑް ނިއުސްތަކާއި އިދިކޮޅު ހަބަރުތަކަކީ ޑިމޮކްރެސީގެ އެއްބައި ވަރަށް ވައިކަމެއް..

   44
   19
 3. ހެވީ

  "ވަގުތު" އާއި ނުލައި ހަބަރުހޯދުމަކީ، އިންޓަނެޓާއިނުލައި ފޯނުބޭނުންކުރުންފަދަކަމެއް" އެހީތެރިވެދެއްވާ!

  276
  75
 4. ދުންތަރި

  ވަގުތުނޫސް ހުއްޓިއްޖެނަމަ އެއީ މީޑިޔާއަށް ލިބިގެންދާނެ ފޫނުބެއްދޭވަރުގެ ބޮޑޫގެއްލުމަކަށްވާނެ ހާއްސަކޮށް ވަގުތަކީ ތާޒާކަމާއެކު އަބަދުވެސް ޚަބަރުތައް ގެނެސްދޭ ނޫހެއްކަން ފާހަގަ ކުރަން ކުންފުނިތަކާ ފައިސާވެރިން މިކަމާ ވިސްނާ ވަޑައިގަންނަވާނެކަމަށް އުންމީދުކުރަން

  223
  54
 5. ޓައިމް

  މީ ވަގުތު. ވަގުތާ ނުލާ ނޫޅެވޭނެ މަށަކަށް. ސްޕޮންސާ ދެވެން ހުރި ފަރާތްތަކުން ލަސް ނުކުރައްވާ

  196
  52
 6. ޢަހަރެން?

  ކޮބާ ޗަންޕާ މެން...މަގޭ ފެވަރިޓް ވަގުތަށް އެހީ އެއް ވެދެއްވާ!!!
  ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  197
  48
 7. ނަސީދު

  މިވަގުތައް ރަގަޅީ އެހައް ބަންދުކޮއްލުން އޭރުން ސަރުކާރުން ކުރަންއުޅޭ ވައްކަން ފޮރުވާލެވީ ، އެހެން ނޫނަސް ސަރުކާރުން ވެސް ލާރިދީފާނެ ތިތަން ބަންދުކޮއްފައި ބާއްވަން މަގޭހިޔާލެއް

  57
  114
 8. Anonymous

  ވ. ހިތާމަވެރި ޚަބަރެއް. ވަގުތަކީ އެންމެން ގެ ނޫސް. ވަގުތުގެ އަގު ވަޒަން ކުރައްވާ ވަގުތަށް ކަމޭހިތްތަވާ. އެއްކޮޅު ކޮމެންޓާއި އިދިކޮޅު ކޮމެންޓް ވެސް ޖަހާލަން ކެރޭ ހަމައެކަނި ނޫސް. ވ. ދެރަވެއްޖެ. ޚަބަރުތައް އެންމެ ގާތުން އެންމެ އަވަހަށް. ތަނަވަސްކަން ހުރި ފަރާތްތަކުން މިނޫސް ކުރިއަށްގެންދަން އެހީތެރިވެދެއްވަން އާދޭސް ދަންނަވަން .ލާދީނިއްޔަތާއި ދެކޮޅަށް އެންމެ ރަނގަޅަށް މަސައްކަތް ކުރާ ނޫސް.

  51
  29
 9. އައްޑޫ ލެއި

  ވަގުތަކީ ހަޤީގަތުގަވެސް ރާއްޖެއާއި އަދި ރާއްޖޭން ބޭރުގެ ޚަބަރުތައް އެންމެ ތާޒާކަމާއެކު އެންމެ ފުރިހަމަޔައް ގެނެސްދޭ ނޫސް. މިވަގުތު އެމީހަކަށް ވެވެންއޮށް މިންވަރަކުން އެހީތެރިކަމެއް ފޯރުކޮށްދިނުން އެދެން. މަވެސް ދޭނަން

  44
  23
 10. ޢާއްމު މީހާ

  ޙިލޭސާބަހަށް މަސަައްކަތް ކޮށްލާ ކުދިން ކޮޅެއް ހޯދަމާ.

  45
  11
 11. ކާށި ބޯޓު ހަސަންބެ

  ރިލީފު ފަންޑުން ތިޔަބައި މީހުންނަށް ވެސް އެހީ ލިބޭނެ@ ސިޓީ ފޮނުވަ

  35
  9
 12. ރައްޔިތުމީހުން

  ގޫގުލް އެޑްސް ކަހަލަ އިންޓަރނޭޝަނަލް އެޑްސް ވެސްޖަހަން ފަށަން ވީ..

  15
  14
 13. ޢާދަނު

  ވަގުތު އޮންލައިން ހުއްޓުމަކީ ލިބޭނެ ވަރަށް ބޮޑު ދެރައެއް. ޥެވެން އޮތް ވަރަކުން އެހީވަމާ....

  42
  21
 14. ކާފަ

  ވަގުތާ ވަނީ މުޅިރާއްޖެއާ ގުޅިފައި މިއީ ވަރަށް ހިތާމަވެރި ޚަބަރެއް

  23
  14
 15. ޢަލިބެ

  "ވަގުތު"މީ މިހާރު ކުރިމަތިވެފައިވާ ހާލަތާގުޅިގެން ހަމައެކަނި ކިޔާނޫހެއްނޫން. އަބަދުވެސް ކިޔާނޫހެއް. މިނޫހަށް އެހީއެއްފޯރުކޮށްލާނެ ދީލަތިބޭފުޅަކު ނެތްބާ؟

  14
  8
 16. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

  ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންގެ ތެރެއިން ދީލަތިކަމުގެ އަހުލުވެރިންނޭވެ! ދިވެހިރާއްޖޭގެ ދޮރާށިތައް ބަންދުކުރަން ޕްރޮފެސަރުންނާއި ޑޮކްޓަރުންާއި ޞިއްޙީ މާހިރުންނާއި ކުރެއްވި އާދޭސްތައް ދިވެހިރައްޔިތުންނާއި ހަމައަށް ފެންމަތިކޮށް، ކޮވިޑް - 19 ގެ ނާމާންކަމާއި ބިރުވެރިކަން ދިވެހި ފަސްގަނޑުގައި ފެތުރުނަ ނުދިނުމަށްޓަކައި ޤައުމުގެ ވެރިންނާއި ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގައި "ވަޤުތު" ނޫހުގެ ނޫސްވެރިން ކުރެއްވި މިންނަތް ބުރަ މަސައްކަތްޕުޅުތައް ހަނދުމަފުޅު ކުރައްވާ މިހިނދު "ވަޤުތު" ނޫހުގެ ޚަބަރުތައް ގެނެސްދެއްވުމުގައި އެނޫހަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި ދީލަތި އެހީފުޅެއް ވެދެއްވާށެވެ! ހަމަޔަޤީނުންވެސް، "ވަޤުތު" ނޫހަކީ މިހާރު ދިވެހިރައްޔިތުންގެ މެދުގައި އެންމެ މަޤުބޫލު އެންމެބޮޑަށް ތާޒާކަމާއި އަވަސްކަމާއެކު ޚަބަރު ގެނެސްދޭ ނޫސްކަމީ އެއްވެސް ފަރުދަކު ދެބަސްވާނޭ ކަމެއް ނޫންކަން ކަށަވަރެވެ.

  12
  4
 17. ނަސީރު

  އަޅުގަނޑު ވަރައް އެދެން ފަންޑެއް ހުޅުވުމައް ،
  ވަރައް ގިނަ ބޭފުޅުން އެހީތރިވާނެ ކަމުގެ ޔާގީންކަން އެބައޮތް . ކޮޒް ވަގުތު އަކީ ރާއްޖޭ ގައި އެންމެ މަގުބޫލް ނިއުސް ވެބްސައިޓް އައްވީމަ

  2
  3
 18. މީހާ

  އަޅުގަނޑަކީ 17 އަހަރުގެ ކުއްޖަކީމެވެ.އަޅުގަނޑު ވަގުތު ގެ ނޫސް ވެރިއެއް ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިވަމެވެ. ސެލެރީ ނުލިބޭ ގޮތަށް ވެސް މިދުވަސް ކޮޅު މަސައްކަތް ކޮއްދެވިދާނެއެވެ.
  ޝުކުރިއްޔާ!