ރާއްޖެއިން އަނެއްކާވެސް އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވުމުން މިހާރު މި ބައްޔަށް ރާއްޖެއިން ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 129 އަށް އަރާފައެވެ.

މިރޭ އިތުރު 12 މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެޗްޕީއޭއިން ހާމަކޮށްފައި ވާއިރު، ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ 12 މީހުންގެ އިތުރުން، އިތުރު މީހަކު ބައްޔަށް ފައްސިވެފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 12 ދިވެހިންނާއި ބަންގްލަދޭޝް މީހެއް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އެންމެ ފަހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހާގެ މަޢުލޫމާތެއް އަދި އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ އެކަނިވެސް ރާއްޖެއިން 21 މީހަކަށް މި ބަލި ޖެހިފައިވެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ފަރުވާދެމުން ދަނީ 112 މީހަކަށެވެ. އަދި ވައިރަސް އާއި ގުޅިގެން ކަރަންޓީނު ފެސިލީޓީތަކުގައި 1329 މީހަކާއި، އައިސޮލޭޝަން ފެސިލިޓީތަކުގައި 125 މީހަކު އެބަތިއްބެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 5441 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެފައި ވެއެވެ. އޭގެތެރެއިން 5071 ސާމްޕަލް އެއް ނައްސި (ނެގެޓިވް) ވެފައި ވާއިރު، ނަތީޖާ ނުލިބޭ 242 ސާމްޕަލް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  ރަށްރަައް ކާގޯ ފްލައިޓް އަންނައިރު ކަރަންޓީނު މީހުން ގެންނާނެކަމެއްނެތް!ތިއުޅެނީ ރަށްރަށައްވެސް ތިބަލިފަތުރަންވެގެން!ތިބިތާ ތިބެބަލަ

  4
  1
 2. Anonymous

  ކަރަންޓީނުން ދޫކުރާަހުންވެސް ޕޮސިޓިވް އެބަވޭ!ކަރންޓީނުގެ ފެންވަރުމީ!ކަރންޓީނޭ ކިޔާފަ ފުރިހަމަނުކޮއްވެސް އެބަދޫކޮއްލާ!ނާގާބިލު ސަރުކާރު ތިއުޅެނީ ރަށްރަށައް ބަލިފަތުރަންތަ
  ކާގޯ ފްލައިޓުތަކުން ރައްރަށަށް މީހުން ގެނައުން ހުއްޓާލާ

  1
  1
 3. ޟުހައްމާ

  ފުރަތަމަ މީހަކީ ރެޕް ކަމަށް ވ ށައްކު

  3
  3
 4. ނަސޭހަތް

  ދުވަހަކުން ދުވަހަކަށް ޖެހޭ މީހުން މި ދަނީ އިތުރުވަމުން.. ބުނެލަންބޭނުންވަނީ ރާއްޖޭގެ ރައްޔިތުންނަށް ގޭގެ ތިބުމަށް...ކޮވިޑް19 ސަލާމަތް ވިޔަސް ފަހަރެއްގާ ފުއްޕާމޭ ޑެމޭޖްވެ އަދި ހާޓްއެޓޭކް ޖެހުމަށް މަގުފަހިވޭ..މުސްތަޤުބޮލުގައި ކުރިން އުޅުނު އުފާވެރި ކޮށް ދެންނުއުޅެވޭނެ ތި ޖެހިގެން ރަނގަޅު ވިޔަސް...ބުނާގޮތް ހަދައިގެން ގޭގެ މަޑުކުރޭ

  • ? ? ?

   ލޮބުވެތި އަޙުންނާއި އުޙުތުންނޭވެ އެކުގާ މަސައްކަތް ކުރަމާ ހިންގަވާ އިންޝާﷲ މަސައްކަތް ކުރީމަ ކާމިޔާބު ލިބޭނެ. ވަސްވާސްގެ ބަލި މީހުން ގިނައިން ޤުރުއާން ކިޔަވާ ފާފަ ތަކާ ދުރުވެ. ދިފާއީ ނިޒާމް ވަރުގަދަ ވާފަދަ ގުތުރަތީ ކާނާ ބޭނުން ކުރައްވާ. ހޫނުކޮށް ފެންބުއިމާ ކަރުތެރެ ސާފުކޮށް ބެހެއްޓުމާ ކަންކަން ކުރައްވާ، ކޮންމެ ބައްޔަކާ އެކު މާތްﷲ ޝިފާ ބާއްވައިލެއްވެވި ދެރަވެ ހާސްވެ ނުތިބެ ގެއްލެނިވެ ހަލާކް ވުމުގެ ކުރިން ޤުދުރަތީ ރޫހާނީ ނަފުސާނީ ޖިސްމާނީ ފަރުވާ ހޯއްދެވުމަށް މަސައްކަތް ކުރައްވާ އިންޝާﷲ ކާމިޔާބު ލިބޭނެ. މިހާތަނައްވެސް މިއާދެވުނީ މާތްﷲގެ ހެޔޮރަހުމަތުން އަލްހަމްދު ލިﷲ އަދި ހަމަ އިންޝާﷲ ކުރިއަށްވެސްދެވޭނެ. އެކަލާނގެ ރަހުމަތުން އަޅުތަކުން އުންމީދު ކަނޑައިލައިގެން ނުވާނެ. މިވައިރަސް އާއި އެންމެހާތަކެތި ވަނީ އެކަލާނގެ ކޮންޓްރޯލްގަ ކަން ހަނދާން ކުރަމާ. އެކަލާނގެ ނާންގަވާ ބިރުންނާއި ދެރަވެފަ ތިބޭށެކޭ އެކަމް ހެޔޮއަޅުކަންކޮށް މަސައްކަތްކުރުމަށް އެންގެވި. ވިސްނަވާ އިންޝާﷲ އިނގޭތޯ ވައިރަސް ދެކެ ނޫނީ މަރުވެދާނެތީ ނޫން ބިރުގަނެ ދެރަވާންވީ، ތިމާގެ ހެޔޮއަމަލްތަށް މަދުވެދާނެތީ މިކަމްގެ ސަބަބުން އާޙިރަތް ބަރުބާދުވެދާނެތީ. މާތްﷲ އަޅަމެން އެންމެންގެ އުމުރުގައި ބަރަކާތްލައްވަވައި ދެދުނިޔެވެސް ބާއްޖަވެރި ކުރައްވަވާށި އާމީން

 5. Anonymous

  ކަލެއަކީ ކެރިއަރ ކަމަށް ވ ށައްކު

 6. ނިކަމެތި ދިވެހި ރައްޔިތުމީހާ

  ޤައުމުގެ ވަލިއްޔުލް އަމްރު އަށް ރައްޔިތުން ޢައްޔަން ކޮށްފައިވާ ފަރާތުން ޤައުމީ ދޮރާށިތައް ބަންދު ނުކުރުމުގެ ނަތީޖާ މިއޮތީ ފެންނާށެވެ. މިއަދު ޤައުމުގެ ޙާލަތު ވަޒަން ކުރެއްވޭތޯއެވެ؟ ތިޔަބޭފުޅުން ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ދުވަސް އެބައާދެއެވެ. މިވަރު ހަލުވި ސްޕީޑެއްގައި ވައިރަސް ފެތުރޭނަމަ، ދެން މިކަމުން ޢާންމު ރައްޔިތުން ސަލާމަތްތެރިކަން ހޯދާނީ ފަހެ ކިހިނެއް ހެއްޔެވެ؟ ސަރުކާރުގެ ފަރާތުން މީގެކުރިން ވާހަކަ ދެއްކެވި ޑރ. ޝީނާ ވިދާޅުވެފަައިވަނީ މިވަރުންދާނަމަ ދެންޖެހޭނީ ދޫކޮށްލާށެވެ. ސަރުކާރަށް ކުރެވޭނެ ކަމެއް ނެތްކަމުގައި ނޫސްކޮންފަރެންސްގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ.

  * ކުދިކުދި ތަންތަން ކޮޅުގައި ޒަރޫރީ ބޭނުންތަކުގައި މާލޭގައި އުޅެން މަޖްބޫރުވެފައިވާ ރަށްރަށުގެ އެތައް ޢާއިލާތަކެއް ބިކަވެ ބަނޑަށްޖެހިގެން މަރުގެ ތުންފަތްމަތީގައި މިތިބީއެވެ. ޓޫރިޒަމް މިނިސްޓަރ އޮނަރަބަލް ޢަލީ ވަޙީދު ކޮބައިތޯއެވެ؟ ޢިއްޒަތްތެރި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ކޮބައިތޯއެވެ؟ ތިޔަ ދެބޭފުޅުން ނޫސްތަކަށް ވައިރަސް ވަންގޮތަކާއި މެދު ބަސްދީގަތުމެއް ނުދެއްވާނަންތޯއެވެ؟ ޤައުމުގެ ދޮރޯށިތައް ބަންދު ނުކުރަން ނިންމުމުގެ ހިތި ނަތީޖާގެ ރަހަ މިއަދު މިއޮތީ ކަރުބުޑުގައި ލާފައެވެ. ތިޔަ އެންމެހާ ބޭފުޅުންވެސް ތިޔަ ތިއްބެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި ކަނޑައެޅިގެން ޚިލާފްވެ ވަޑައިގެން ރައްޔިތުންނަށް ޚިޔާނާތްތެރިވެ ވަޑައިގެންފައިކަން މިއަދު ނިކަމެތި ދިވެހިރައްޔިތުން ޤަބޫލު ކޮށްފިއެވެ. ވަލްޙަމްދުލިﷲ

 7. ޭެނޮނުޖެހުމު

  މިހަަަރުސަރުކަރުފެލިވެފަ