ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންނަށް މިހާތަނަށް ދީފައި އެޗްއައިވީ ދެބޭހެއް ކަމަށާއި މެލޭރިއާގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ އިންޑިއާގެ އުފެއްދުމެއް ކަމަށްވާ މެލޭރިއާގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ އިންޑިއާގެ އުފެއްދުމެއް ކަމަށްވާ ހައިޑްރޮކްސީކްލޮރޯކްއީން ބޭސް ބޭސް ރާއްޖޭގައި ބޭނުން ކުރާނީ ފަހުގެ މައުލޫމާތައް ބަލާފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ހައިޑްރޮކްސީކްލޮރޯކްއީން އާއި ގުޅިގެން ގިނަ ދިރާސާތަކެއް ކުރެވެމުންދާ ކަމަށާއި އެބޭސް ބޭނުން ކުރި ބައެއް މީހުން (ކޮވިޑް-19) އިން ރަނގަޅުވި ކަމުގެ މައުލޫމާތު ވެސް ލިބިފައި އެބަހުރި ކަމަށެވެ.

"ރާއްޖޭގެ ކޭސްތަކުގައި ބޭނުން ކޮށްފައި ހުރީ އެޗްއައިވީ އަށް ބޭނުން ކުރާ ދެބޭހެއް. ހައިޑްރޮކްސީކްލޮރޯކްއީންގެ ސައިޑް އިފެކްޓްތަކުގެ ވާހަކަ އަދި ވަކި ކޮންޑިޝަންތަކެއް ހުންނަ މީހުންނަށް މިބޭސް ބޭނުން ނުކުރެވޭ ވާހަކަ ކުރިން ވެސް އަޑުއިވިފައިވޭ. އެއީ އާއްމު ވާހަކައެއް. ވަރަށް ގިނަ ޓްރިއަލްތައް އެކި ގައުމުތަކުގައި ހެދެމުން މިހާރު މިދަނީ. ބައެއް ތަންތަނުގައި އެކްސްޕެރިމެންޓެއް ގޮތުގައި ނޫން ގޮތައް ބައެއް މީހުންނަށް ދީގެން. މިދެންނެވީ ރެޖިސްޓާޑް ޓްރިއަލްއެއް ނޫން ގޮތައް ދީގެން ބައެއް މީހުން ރަނގަޅުވި ކަމަށް ވެސް އެބަހުރި ބައެއް މައުލޫމާތުތައް ލިބިފައި. އެންމެ ފަހުގެ އެވިޑެންސާއި އެއްގޮތައް އަޅުގަނޑުމެން ކުރިއަށްދާނީ. މިކަހަލަ ހާލަތެއްގައި ކޮންމެ ދުވަހަކު ވެސް އަންނާނެ އެވިޑެންސްތައް. އެކަންކަން އަޅުގަނޑުމެން މޮނިޓާ ކުރަމުންދާނަން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ހައިޑްރޮކްސީކްލޮރޯކްއީން އަކީ ކޮވިޑް-19 އަށް ފަރުވާއެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނުމުން ބައެއް ގައުމުތަކުގައި އެބޭސް ދަނީ ބޭނުން ކުރަމުންނެވެ. ނަމަވެސް އެމެރިކާގެ ސިއްހީ ދާއިރާގެ އެންމެ އިސް އޮފިޝަލުން ވެސް ވަނީ ހައިޑްރޮކްސީކްލޮރޯކްއީން އަކީ ކޮވިޑް-19 އަށް ފަރުވާއެއް ލިބޭނެ ބޭހެއް ކަމަށް ބުނެވޭނެ އެއްވެސް ހެއްކެތް ނެތް ކަމަށް ބުނެފައެވެ.

އިންޑިއާ އިން ވަނީ ރާއްޖެ އަށް ހައިޑްރޮކްސީކްލޮރޯކްއީންގެ 50000 ގުޅަ ހަދިޔާ ކޮށްފައެވެ. ހައިޑްރޮކްސީކްލޮރޯކްއީންގެ ސަބަބުން ދިމާވާ ބައެއް ސިއްހީ މައްސަލަތައް ދިރާސާތަކުން ފެންނަމުން ދާތީ އެބޭސް ރާއްޖޭގައި ބޭނުން ނުކުރަން ބައެއް މީހުން ގެންދަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ބްލޮގަނައިޒް

  އެންމެ އަޖައިބުވާ ގޮތައް ރާއްޖެއަށް ލިބުނު އެއްޗަކީ ތީ. ކޯރާނާއޭ ބުނި ހިސާބުން މާސްކު ކޮޅާ ސެނެޓައިޒާ ކޮޅާ ހިފެހެއްޓި ބައެއް، މިއީ އަދި ރައްކާތެރި ވުމުގެ ގޮތުން ބޭނުންކުރާ އެއްޗެހީގައި ބެއްދިވަރު ދެން ކޮރޯނާއަށް ބޭނުންކުރާނެ ބޭހެއް އެމީހުން ހަދިޔާއަށް ދިނީމަ ބޯކޮޅު މައްޗަށް ހުރި މީހެއް ވިއްޔާ ހަމަވާނީ މޮޔަ

  55
 2. އަލިބެއްޔާ

  ކޮރޯނާގެ ސީދާ ވަކި ބޭހެއް އެނގިފަ ނެތް މިވަގުތު އެޗް.އައި.ވީ ބޭސް ދެނީ ކީއްވެ؟؟؟ ބާރުގަދަ ބޭސް ނުދީ ޕެނަޑޯލް ދޭން ވީނު..

  39
  11
 3. މޯދީ

  ދިނީއެއް ނޫން. ބޮޑުއަގުގަ ވިއްކީ. ގަނެގެން ގެނައީ

  42
 4. ާބޭކާރު

  ޢެންމެ ރަނގަޅު ދެބޭހަކީ އެޗްއައިވީ 2 ބޭސް ދެން އެންޓިބަޔޮޓިކް އިންޑިޔާއިން ތިޔަ ފޮނުވި ބޭހަކީ ރަނގަލު ބޭހެއް ނޫން ރާއްޖޭގަ އެބޭސް ދީފިނަމަޢެންމެން މަރުވުން ގާތް .ތިޔައީ މުސްލިމުން މަރަން ހެދި ހަތިޔާރެއް ކަމުގަ ނޫނީ ނުވާނެ

  36
 5. މާމީ

  ސަޅި ދޯ ޔާމީނު އެޅި ކޮތަރު ކޮށި...??

  25
  4
 6. އާދޭސް

  މި ހުރިހާ ދުވަހު ޑޮކްޓަރުން ބުނަމުން އައީ ބޭސް އެނގިފަ ނެއް ބައްޔެއް ވީމާ ފަރުވާ ކުރަނީ އަލާމާތަށޭ. އެހެން ވީމާ ޕެނަޑޯލްއާ ބިޓަމިންސީ ފަދަ ލުއި އެއްޗެހި މިވަރުގެ ވަރުގަދަ ބޭސް ދެނީ ވިއްޔާ މީގެ ޖަވާބު ރައްޔިތުންނައް ދޭން ވާނެ

  22
  1
 7. އެނޯ

  މެލޭރިއާ ބޭސް ކޯވިޑް 19 ޕޭޝަންޓުންނަށް އެމެރިކާގައި، ގޮތްބަލާލަން ދީގެން ގިނަ މީހުން ވީ މަރު. ބްރެޒީލްގައިވެސް ވަމުން ދަނީ އެގޮތަށް. މަޢުލޫމާތު ހޯއްދަވާ.

  29
  1
 8. Anonymous

  އިންޑިއާ އިން ދީފިތަ! އެ ބޭނުންކުރާނެ! އެ ވަރިހަމަ މީހުން މަރަން ދީފަ ހުރި ވިހައަކަށް ވިޔަސް!! އަޅުގަނޑުމެން މިގޮވާލަނީ ތިބޭސް ބޭނުންކޮށްގެން ނުވާނެޔޭ! މުސްލިމު އުންމަތް ނެތިކޮށްލަން ތި އިންޑިއާ އާއި އެމެރިކާ އާއި ޔަހޫދީ ރޭވުން ތެރި ކަމުގަ ޖަހާ ދަންތުރައެއް ތީ!!