ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް އެރުން މަނާކުރުމާ ގުޅިގެން އެތައް ބަޔަކު ރާއްޖޭގެ އެކި ހިސާބުތަކުގައި ތާށިވެފައި އެބަތިއްބެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޒަރޫރީ ބޭނުމަށް ރަށުން ބޭރަށްދިޔަ އެތައް ބަޔަކު ވެސް އަނބުރާ ރަށަށް ނުދެވި އެބަތިއްބެވެ.

އެގޮތުން ށ.މިލަންދު އަށް އުފަން މުހައްމަދު ސައީދު މިދިޔަ ހޮނިހިރު ދުވަހު ކުޅުދުއްފުއްޓަށް ދިޔައީ، އޭނާގެ އަނބިމީހާ ވިހާ ދުވަސް ކައިރިވާތީއެވެ. އޭނާގެ އަނބިމީހާ ވިހާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން އަނބިމީހާ ދޫކޮށްލަން ނިންމާފައިވާ އިރު، ފުރަބަންދުގެ ސަބަބުން އަނބުރާ ރަށަށް ދެވޭނެ ގޮތެއް ނޭނގި ސައީދު ވަނީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައެވެ.

ކުޅުދުއްފުއްޓަށް ސައީދު ދިޔައީ އޭނާގެ މަންމަ އާއި މައިދައިތަ އަދި އޭނާގެ އަނބިމީހާގެ ބައްޕައާއި އެކުގައެވެ. އޭނާ ބުނީ ވަރަށް ގިނަ ފަހަރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ގުޅާފައިވާ އިރު، މިވަގުުތު ރަށަށް އަނބުރާ ދެވޭނީ ކައުންސިލުން ހުއްދަ ދީގެން ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލުން އެ އާއިލާ ފުރުމަށް ހުއްދަ ދިން ނަމަވެސް، ށ.މިލަންދޫ ކައުންސިލުން އެ އާއިލާ ރަށަށް ދާން ހުއްދަ ނުދޭތީ ކުޅުދުއްފުށީގައި ތިބެން ޖެހުމުން ގިނަ ދަތިތަކާއި ދިމާވާކަމަށް އޭނާ ފާހަގަކުރިއެވެ.

"މައިދައިތަ އާއި ބަފައިބެ އާއި މަންމައާ ތިން މީހުންނަކީ ހައިރިސްކް ތިން މީހުން. ވަކި ކާއެއްޗެއް ކަމުން އައީ. އެކަމަކު މިހާރު އެކަމެއް ނުވޭ. ކާއެއްޗެހި ވެސް ގަންނަން ޖެހެނީ. ކުއްޔަށް ތަނެއް ހިފައިގެން ތިބެން ޖެހެނީ. މިހެން ތިބެން ޖެހުނީމަ އަތްމަތި ދަތިވާނެ ދެއްތޯ،" ސައީދު ބުންޏެވެ.

ށ.މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒް ވިދާޅުވީ އެ ރަށަށް އެއްވެސް ބަޔަކަށް އެތެރެވިޔަ ނުދޭން ނިންމާފައި ވަނީ، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ. އެގޮތުން އެ ރަށުގައި ފައްސިވި ވޭދަނަ (ކޭސް) އަކާއި ބައްދަލުވި މީހުން ތިބުމާ އެކު ކަންކަން އިތުރަށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށުން ބޭރުގައި، މާލޭގައި ވެސް ތާށިވެފައި އެތައް ބަޔަކު އެބަތިބި. ކުޅުދުއްފުށީގައި ތިބި އެންމެ އާއިލާއެއް ނޫން ތާށިވީ. ޕޮޒިޓިވްވި މީހުންނާ ދިމާވި މީހުން އެބަތިވި. ވާނުވާ އަދި ނޭނގޭ މީހުން. އަޅުގަނޑުމެންނަށް ނޭނގޭނެ މިވަގުތު ނަތީޖާ އޮތީ ކިހިނެއް ކަމެއް. ހައްލު ކުރެވޭނެ ކަމަށް ބަލާފަ 14 ދުވަސް ވަންދެން ރަށުން ބޭރުން އަންނަ މީހުން ނާރުވާ އޮތީ." ފާއިޒް ވިދާޅުވިއެވެ.

މިހާލަތުގައި ރަށަށް ކުދި ލޯންޗް ފަހަރަށް އަރުވާފައި ރިސޯޓްތަކުގައި ތިބި މީހުންވެސް ފޮނުވާލުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލު ނުކުރައްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް އެ ރަށުގެ ރައްޔިތުންގެ ތެރެއިން އެކި ތަންތަނުގައި ރަށަށް ނުދެވި ތިބި މީހުންގެ ހާލު ބަލާކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަބްދުﷲ

    ތާށިވީމާ، ތާށި ފިލަންދެން ތިއްބަވާ! ކެތްތެރިވެލައްވާ! އިންސާނުންގެ އިޚްތިޔާރުން ދިމާވާ ކަންކަމުގައި، ކައުންސިލްތަކުން ނުވަތަ އޭރަކު އޮންނަ ސަރުކާރަކުން އަޅާފިޔަވަޅުތަކަކީ، ރައްޔިތުންގެ ހައްގުގައި އަޅާ ފިޔަވަޅުތަކެއް

    31
    10
  2. ހިމާރުލް ޤައުމު

    ބަލަ އެންމެންވެސް ތާށިވެފަ. ޢަނބިމީހާ ކައިރީގަ މައިތިރިވެގެން ހުރެބަލަ.

    15
    7
  3. ދިވެހިން

    ރޯދަވީއްލަން ބަތްޕާރުސަލް ލިބޭތަ؟

    3
    2
  4. އަލި ރަސްގެފާނު

    ކައުންސިލަށް ރަށަށް ނޭރުވުމުގެ ބާރާއި ގޭގައި ބަންދުކުރުމުގެ ބާރެއްނޯއްނާނެ، އެޗް.ޕީ.އޭ ގެ ފުރަބަންދު ނިމުނީމައެވީ، އޭގެ ފަހުން ދަތުރު ކުރެވޭނެ، އެޗްޕީއޭ އަކަށްވެސް އެމީހުނަށް ލިބިފައިވާ ބާރެއް އެހެންބަޔަކަށް ނުދެވޭނޭ، އެހެން އެކަން ވާނަމަ ކޯޓަށް ލިބިފައިވާބާރު ވެމްކޯމީހުނަށް އަދި ސިފައިންނަށް ލިބިފައިވާބާރު އެސްޓީއޯއަށް ވެސް ދެވޭނެ.

    11
  5. ނިޒްމާ

    ކިޙަދެރަކަމެއް. މުޅިގައުމު ވެސް މިއޮތީ5! ތާށިވެފައެއްނު!