ރާއްޖެއިން އިތުރު 6 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 116 އަށް އަރާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އިތުރު ހަ މީހަކު ފައްސިވެފައިވާ ކަަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ބަންގްލަދޭޝް ދެ މީހެއްގެ އިތުރުން، އިންޑިއާ މީހަކާއި، ސްރީލަންކާ މީހެއް ކަމަށެވެ.

ރޭ ދަންވަރު އެޗްޕީއޭ އިން ވަނީ ދެ ދިވެއްސަކުވެސް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން ހާމަކޮށްފައެވެ.

މި މީހުންނާއި ގުޅޭ އިތުރު މައުލޫމާތު އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މިކަމާއި ގުޅޭ އިތުރު މައުލޫމާތު މިއަދު މެންދުރު 2:30 ގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ގެނެސްދޭނެ ކަމަށް ބެލެވެއެވެ.

މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އޭގެ ފަހުން ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ކޮވިޑް-19ގެ ކޭސްތައް ދަނީ ފެންނަމުންނެވެ. އަދި އެ މީހުންނާއި ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް ސިއްހީ ދާއިރާގެ ކަމާއި ބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ. އަދި މިކަމާއި ގުޅިގެން އެޅުނު ބޮޑެތި ފިޔަވަޅުތަކަށް ބަލާއިރު، މާލެ ސިޓީ ވަނީ ފުރަބަންދު ކޮށްފައެވެ. އަދި ރާއްޖޭގެ އެއް ރަށުން އަނެއް ރަަށަށް ދަތުރު ކުރުން މަނާކޮށްފައިވާއިރު، ބައެއް ރަށްތައް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނިފައި ވަނީ ރިސޯޓަކުންނެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އަދި މިހާތަނަށް ރަނގަޅުވެފައި ވަނީ 16 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    ރާއްޖޭގެ ވިޔަފާރިވެރިންނާ ރާއްޖޭގާ ވިޔަފާރިކުރާ ބޭރުގެ ވިޔަފާރިވެރިން ކުޑައުޖޫރައެއްދގެން ބަންގާޅީން ގެނެސްގެން މަސައްކަތް ކުރުވުމުގެ ހިތިނަތީޖާ މިފެންނަނީ.
    މިހާރު ހީވާކަހަލަ! މީބަންގާޅީ ރާއްޖެއެކޭ..
    ދެން މިމީހުންގެ ފަރާތަކުން ކަލޭމެންނަކަށް ސަލާމަތެއްވެސް ނުވާނެ.

    35
    7
  2. ސާބަސް

    ތިއަބުނީ ހަމަރަގަޅަށް.

    20
    2
  3. Anonymous

    މާސް ޓެސްޓިން ކުރިއަށް ގެންދަންވީ އަގު ހެޔޮ ޓެސްޓިން ކިޓްތައް ބޭނުން ކޮއްގެން ، ރާއްޖެއަކީ އާބާދީ ކުޑަ ގަައުމެއް

    23
    1