ކޮވިޑް-19 ރާއްޖޭގައި ފެތުރުމާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައްވެސް ބޮޑުވެފައިވާ ކަމަށާއި، އެހެންވުމުގެ ސަބަބުން، ދަޢުލަތުގެ ކޭޝްފްލޯ އަށް ބޮޑު "ޝޮކެއް" ލިބިފައިވާ ކަމަށް، ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު މިހެން ވިދާޅުވީ، ދަޢުލަތުގެ އާމްދަނީ އާއި، ޚަރަދުތަކާއި ގުޅޭގޮތުން، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ދަޢުލަތުގެ ކޭޝްފްލޯ އަށް އަންނާނެ އަސަރުތައް. ދަޢުލަތުގެ އާމްދަނީ އަށް އަންނަ ބަދަލާއި އެކު، ކުރުމުއްދަތުގެ ކޭޝްފްލޯ އަށް ވަނީ ބޮޑު ބަދަލެއް އައިސްފަ. ސިނާރިއޯ ތިނަކަށް ބަލާއިރު، ކުރިއަށް އޮތް 3 މަހަށް ދަޢުލަތުގެ ޚިދުމަތް ދަމަހައްޓައި، ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިޤްތިޞާދީގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވޭ." އަމީރު ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރ އަމީރު ވިދާޅުވީ، ރާއްޖޭގެ ބޭރުގެ ހިލޭ އެހީގެ ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ޓީބިލް ވިއްކައިގެން ދަޢުލަތަށް ފައިސާ ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
"މިހެން ކަންތައްތައް ހުރުމާއި އެކު، އަޅުގަނޑުމެން ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި، ކޮންކަމެއްތޯ އަޅުގަނޑުމެންނަށް ކުރެވޭނީ. ދަޢުލަތުގެ ކޭޝްފްލޯއަށް ބޮޑު ޝޮކެއް މިހާރު މި ވަނީ ލިބިފަ. ކޭޝްފްލޯ މެނޭޖްކުރުމަށް އެކި އެކި ފިޔަވަޅުތައް އަޅުގަނޑުމެން މިހާރު މި ދަނީ އަޅަމުން. އޭގެ ތެރޭގަ އެންމެ ބޮޑު ކަމަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ދަޢުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި، އަޅުގަނޑުމެން މި އަޅާ ފިޔަވަޅުތައް. ދެން އޭގެ އިތުރުން ބޭރުގެ ހިލޭ އެހީ ހޯދުމަށްވެސް އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް މި ދަނީ ކުރަމުން. ބޭރުގެ ލޯނު ހޯދުމަށްވެސް އަޅުގަނޑުމެން މަސައްކަތް އެބަ ކުރަން. އަދި ކުރީ އަހަރުތަކެކޭ އެއްފަދައިން އެތެރޭގެ މާލީ ބާޒާރުން ޓީބިލް ވިއްކާ، ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތްތަކެއްވެސް ކުރިއަށް އެބަ ގެންދަން. އަދި އޭގެ އިތުރުންވެސް ރާއްޖޭގެ މަރުކަޒީ ބޭންކް މެދުވެރިކޮށްގެންވެސް ރާއްޖެއަށް ފައިސާ ހޯދޭނެ ގޮތްތައް ހޯދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް އެބަ ކުރަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ހަމައެހެންމެ، އަމީރު ވިދާޅުވީ، ނުފަށާ ހުރި ތަރައްޤީގެ މަޝްރޫޢުތައް ޓެންޑަ ކުރުން މަޑުޖައްސާލާފައިވާ ކަމަށާއި، އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކަށްވެސް މަޑުޖެހުމެއް އަންނާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
"ދަތުރުފަތުރަށް ކުރާ ޚަރަދު 33 އިންސައްތަ ކުޑަކުރުން. އެއްގަމުގައި ދުއްވާ އުޅަނޑުފަހަރު ގަތުން ހުއްޓާލުން. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ގޮސްފައިވާތީ، ސަރުކާރަށް ތެލުން އަގުހެޔޮވާ މިންވަރު ޕާސްތްރޫކޮށް، ކަރަންޓު އަގުހެޔޮކުރުމަށް ކުރާ ޙަރަދު 40 އިންސައްތަ ކުޑަކުރުން، ޓްރެއިނިން އަށް ކުރާ ޚަރަދު 30 އިންސައްތަ ކުޑަކުރުން. މަރާމާތަށް ކުރާ ޚަރަދު 59 އިންސައްތަ ކުޑަކުރުން. ހަރުމުދާ ހޯދުމަށް ކުރާ ޚަރަދު 70 އިންސައްތަ ކުޑަކުރުން. މި އަހަރަށް ބަޖެޓުކޮށްފައިވާ ޕީއެސްއައިޕީގެ ތެރެއިން ނުފަށާ ހުރި ޕްރޮޖެކްޓްތައް ޓެންޑަރ ކުރުން މަޑުޖައްސާލުން، އަދި ސަޕްލައި ޗެއިން ތަކާއި ގުޅިގެން، ކުރިއަށްދާ މަޝްރޫޢުތައްވެސް މަޑުޖެހޭނެ ކަމަށް ބެލެވޭ. ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ ފައިސާ ދޫކުރާ މިންވަރުވެސް އަޅުގަނޑުމެން މިހާރު ވަނީ މަޑުޖައްސާލާފަ. މި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅު ތަކާއި އެކު، އަޅުގަނޑުމެން މިހާރު މި ބަލަނީ، ރިކަރަންޓް އައި ޕީއެސްއައިޕީ ޚަރަދު ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ އާއި ހަމައަށް ކުޑަކުރަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ކަންމިހެން ހުރުމާއި އެކު، އެހީގެ ގޮތުގައި 233 މިލިއަން ޑޮލަރު، އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކުން 25.29 މިލިއަން ޑޮލަރު، ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެއީ 100 ޕަސެންޓް ކޮންސެޝަނަލް ލޯނު ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
ކިޔާނެ ހަމައެކަށްޗެއްވެސް ނެތް....
ކައި ހުސްކޮއްފި
ޗައިނާގެ ރައީސްއަށް ނޫނީ މިތާގަ ހުންނަ ސަފީރަށް ގުޅާލީމުތަ؟ މިހާރު ނުގުޅިއަސް ފަހުންވެސް އެމީހުންނޭ ދޭނީ. ގެރިބެ ނުދިނެއްނުދޯ
ފައިން ބޮލައްއަރާދެން.
އިންޑިއާއިން ހިލޭ އެހީ ހޯދަންވީނު މީ އިންޑިއާ ދަށުވެފައޮތް ގައުމެއް
އަމީރު ތިއީ ރޯނު އެދުރެއް މިކަލޭގެއަށް މިކަމެއްނުވާނެ ވާހަކައިން ވާކަމެއް މީނަ ކުރާނެ ދައުލަތްދަވާލައި ތަންދޮރުނުބަލާ ޕާޓީ ކުދިންނަށް ހަޒާނާ ބަހާލީ މިހާރު އަނގަޔާ އަތާ ބޫޓާ ފަޔާ ދިމާނުވޭ...
ސަރުކާރު ހިންގާ ފަދަ ތަޖުރިބާކާރު ކެބިނެޓެއް ނޫން މި ސަރުކާރު ގައި އޮތީ
މަޖްލިސް އަދި ސިޔާސީ މީހުންގެ މުސާރަ އާއި އިނާޔަތް ތައް އަދިވެސް މާބޮޑެވެ. ހާމަ ކޮށް ބަލާށެވެ.
ލާރި ހޯދޭނެ ގޮތްތައް އެބަހުރި ބައިވަރު! ބްރިޖް ހުރަސްކުރާ ކޮންމެ ފަހަރަކު 15 ރުފިޔާ ނަގާބަލަ! ގުޅީފަޅުގައި ބިސްކޯދު ފެކްޓްރީ އެއް އަޅާބަލަ!
ޤައުމުގެ ޚަޒާނާ ލޫޓުވާލައިފިއެވެ. ރައްޔިތުންނޭވެ! ހޭވެރިވާށެވެ!
ކޮވިޑް-19 ރާއްޖޭގައި ފެތުރުމާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައްވެސް ބޮޑުވެފައިވާ ކަމަށާއި، އެހެންވުމުގެ ސަބަބުން، ދަޢުލަތުގެ ކޭޝްފްލޯ އަށް ބޮޑު "ޝޮކެއް" ލިބިފައިވާ ކަމަށް، ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެ އެވެ. ----- މިފަދައިން ފައިސާއާއިބެހޭ ވަޒީރު އަމީރު ސަރ ވަދާޅުވިއިރު:-
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ:--
(((( ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ރާއްޖޭގެ ރަށްތަކުގައި ފެތުރި، މިވައިރަސްގެ ނުރައްކާ އިތުރުވާ ހާލަތެއްގައި އަމަލުކުރަންވީ ކަންކަމަށް، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ރާއްޖެ ތައްޔާރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއެވެ.
ރައީސް ސޯލިހު މިގޮތަށް ވިދާޅުވެފައި ވަނީ، ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޯސް އަދާނޮމް އަށް މިއަދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.))))
ކޮއްކޯ މިނިސް ޓަރޫ އަދިވެސް ކުރީގެ ރަޢިސުންނަށް ދޭ އިނާތްތަކާ ސިޔާސީންގެ ބޮޑަތި ބޮޑަތި މުސާރަތައް ކުޑަކުރާކަށް ނުވިސްނަންތަ ޝޮކެއްގައި އިނދެންވެސް.
ތިޔަ ޓީބިލް ތައް ގައްނާނީ މުޔޮހުރިހާޒަމާނު ރިސޯތުތައް ހިއްގައި ބޮޑު ފައިދާ ހޯދި ގުރޫޕުތަކުން މިރާޖޭގަ ހުރިހާރައްތައް ނަގައިގެއް 50 އަހަރު ހިންގި ފަގަިރު ކޮޔެމެއްތައް ތިޔަގައްނާނެ ( ބޮޑެތިކަމައްކިޔާ) އެބައިމީހުން ރޯދަހު ރޯދަވީންލުން ހަމަޖެއް ސުމައް ދައުލަތައް ނުވަތަ ކަންމަތީފިހާރަ ހިންގާ ފުދުންތެރި ބޭފުޅެއްގެ ފަރާތުންއެދެން
ތީ އެމް ޑީ ޕީ ގެ އާއްމު އަންބާ.
ދަނޑިވަޅު ބަލާފަ ތި ޑްރާމާ ކުޅޭނެކަން އަހަރެމެންނަށް މާކުރިން ވެސް އިނގޭ.. ޝޮކުޖެހިގެން މިއަދު ތިބެވިދާނެ ސަރުކާރުގެ ލާރިގަނޑު ބައްކޮށްގެން.. ފަހު ދުވަހުގެ ޝޮކަަށް ތައްޔާރުބާ؟؟
އިބޫ އާ އަމީރު އާ ދިމާނުވޭ އަމީރު އެއީ އިންޑިޔާ ސަރުކާރު ފިނޭންސް މިނިސްޓަރ އިބޫ އެއީ ހިއްނަވަރު ރައީސް ދެން ކިހެނެއް ކިޔާ އެއްޗޭޢް ދިމާ ވާނީ
ދިރުވާލައިފި