‏ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން ބުރުޒުމަގު ޑރ. ޑީޑީ ޑެންޓަލް ކްލިނިކް ސަރަހައްދުން ކަރަންޓް ކެނޑިއްޖެއެވެ.

އެކަން ހާމަކޮށް ސްޓެލްކޯއިން ބުނީ، ވީއެންމެ އަވަހަކަށް އެމައްސަލަ ހައްލުކުރުމުހެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެ ‏ޑިސްޓްރިބިއުޝަން ފޮށީގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ކޮން އިރަކު ކަމެއް އަދި ސާފެއް ނުވެއެވެ.

ސްޓެލްކޯގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެ ‏ޑިސްޓްރިބިއުޝަން ފޮށީގައި އަލިފާނުގެ ހާދިސާ ހިނގީ ކިހިނެެއް ވެގެންތޯ ބަަމުންދާ ކަމަށެވެ. އަދި މިހާރު އެމާޖެންސީކޮށް އެ ފޮށި ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެެވެ.