ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމަށްވެސް ލޮޅުންތަކެއް އަރާފައިވާއިރު، ދިވެހި ރާއްޖެއަށް ދެން ޓޫރިސްޓުން އަންނަން ފަށާނީ އޮކްޓޫބަރު ހިސާބުގައި ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ މާކެޓަށް އަލުން ރާއްޖޭގެ ފަތުރުވެރިކަން ހުޅުވުމުން ފަތުރުވެރިކަމަށް އަންނާނެ ބަދަލުތަކަށް ލަފާކޮށް ސަރުކާރުން ކުރި ދިރާސާގެ މައްޗަސް އެކުލަވާލި ފަސް ސިނާރިއޯއާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް، މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އަމީރު ވިދާޅުވީ، އެ ސިނާރިރޯތަކުގެ ތެރެއިން މިހާރު ރާއްޖެ އޮތްކަމަށް ބެލެވެނީ ސިނާރިއޯ ތިނެއް ގައި ކަމަށެވެ.

އަމީރު ވިދާޅުވީ، ޖުލައި، އޯގަސްޓް ސެޕްޓެމްބަރު މަހުގެ ތެރޭގައި، ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލުކުރެވި އޮކްޓޯބަރު ހަމައަށް ދާއިރު ކޮންމެވެސް ވަރަކަށް ހުޅުވާލެވިދާނެ ކަމަށެވެ.

އަމީރު ވިދާޅުވިގޮތުގައި، ސިނާރިއޯތަކުގެ ތެރެއިން ރާއްޖެއާ އެންމެ އެކަށީގެންވާ ސިނާރިއޯ އަކީ ތިންވަނަ ސިނާރިއޯ އެވެ.

އަމީރު ވިދާޅުވީ، ސިނާރިއޯ ތިނަކަށް ބަލާއިރު، ޖުމްލަ ފަތުރުވެރިންގެ އަދަދު މިއަހަރު 50 އިންސައްތަ ދަށަށް ދާނެ ކަމަށެވެ. އެހެންކަމުން ސިނާރިއޯ ތިނެއްގައި ލަފާ ކުރެވޭގޮތުގައި، ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ބެލެވެނީ 845546 ފަތުރުވެރިންނެވެ. އަދި ބެޑްނައިޓްސް 39 އިންސައްތަ ދަށްވާނެ ކަމަށް ލަފާކޮށްފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

"މީގައި އަޅުގަނޑުމެން ބޮޑަށް ބަލާލާފައި ވާނީ އަލުން މާކެޓްތައް ހުޅުވައި، އޮންއެރައިވަލް ވިސާ ދޫކުރަން ފެށޭނީ ޖުލައި މަހުގައި ކަމަށް" އަމީރު ވިދާޅުވިއެވެ.

ސިނާރިއޯ އެކެއްގައި އަންދާޒާކޮށްފައިވާ ގޮތުގައި. އޭޕްރީލް ގެ ނިޔަލަށް އޮން އަރައިވަލް ވިސާ ދޫނުކުރާނެއެވެ. އަދި ފަތުރުވެރިން ޒިޔާރަތްކުރާ އަދަދަކީ 0 އެވެ.
އަދި އޮންއަރައިވަލް ވިސާ އަލުން ދޫކުރަން ފަށާ ފަހުން 3 މަހުގެ ރިކަވަރީ މުއްދަތެއް ބޭނުންވާނެ ކަަމަށް ބުނެފައިވާއިރު، ރިކަވަރީ މުއްދަތަށް ފަހު ފަތުރުވެރިން ޒިޔާރަތް ކުރާ މިންވަރު މަހުން މަހަށް އިތުރުވަމުންދާނެ ކަމަށް ބުނެފައި ވެއެވެ.

ސިނާރިއޯ ދޭއްގައި އަންދާޒާކޮށްފައިވާގޮތުގައި، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 48 އިންސައްތައިން ދަށްވާނެ ކަމަށް ބުނެފައިވާއިރު، ބެޑްޒައިޓްސް 36 އިންސައްތައިން ދަށްވާނެ އެވެ.

އެންމެ ގޯސް ސިނާރިއާ ގުޅޭގޮތުން މައުލޫމާތު ދެމުން އަމީރު ވިދާޅުވީ، އެ ސިނާރިއޯގައި ލަފާކޮށްފައިވާގޮތުން ދިވެހި ރާއްޖެއަށް މި އަހަރު ފަތުރުވެރިން ނާންނާނެ ކަަމަށެވެ. އެހެންކަމުން އަންނަ އަހަރު ރާއްޖެއަށް ފަތުރުވެރިން އައިސްފިނަމަ މިއަހަރުވެސް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު ހުންނާނީ 382678 ގައި ކަމަށް އަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ?

    ސީދާ ކަނޑަ އެޅިގެން ދޮގެއް!

  2. ހުސެއިން

    ޢަޅެ ކަލޭތީ ޓުއަރިޒަމް މިނިސްޓަރުތަ..ޕެންޝަން ލާރިގަނޑުވެސް ކަލޭގެ އަމިއްލަ މުދާ

  3. ދދދދދދ

    އިގްތިސާދީ ބޫންބޫން އަންނަނީ ދޯ؟ ހީވި ކަމެއްހެން.
    ކަލޭމެން ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވެގެން އުޅުނު ހުރިހާ ދެރައެއް މިހާލަތުގަ މިއޮތީ ދިމާވެފަ.
    ހިތަށް އަރާތަ އެއްޗެކޭ؟

  4. މވސމ

    ވެކްސީން ނުލިބެނީސް ޓޫރިސުޓުން ރާއްޖެއައް ގެނެސްގެން ނުވާނެ..

    13
  5. މވމސ

    ބޮޑައްލަފާ ކުރެވެނީ 2023ހެން ކުރީގެ ގޮތައް ޓުއަރިސްޓުން އަންނަންފަށާނީ..