ވެމްކޯއިން ޑަސްބިން ކޮތަޅު ވިއްކަން ފަށައިފި އެވެ.

ވެމްކޯއިން މިއަދު ބުނީ، އެ ކުންފުނިން ޑަސްބިން ކޮތަޅު ވިއްކަން ފަށާފައިވާ ކަމަށާއި، އޯޑަރު ކުރުމަށް 7621666 އަށް ވައިބާ ކުރުމަށް އެދޭ ކަމަށެވެ.ވައިބާ މެދުވެރިކޮށް ޖެހޭނީ ނަމާއި އެޑްރެސް އަދި ފޯން ނަމްބަރުގެ އިތުުރުން ބޭނުންވާ ކޮތަޅު ޕެކްގެ އަދަދު މެސެޖް ކުރާށެވެ.

އަދި މި ހިދުމަތް މާލެ ވިލިމާލެ އަދި ހުޅުމާލެއަށް ދެމުންގެންދާނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން ބުނާގޮތުގައި، އެތަނުން ވިއްކަމުން ދާނީ 60 ކޮތަޅު ހިމެނޭ ޕެކެއް 150 ރުފިޔާއަށެވެ.

ވެމްކޯއިން ޑަސްބިން ކޮތަޅު ގަންނަ ފަރާތްތަކުން ޖެހޭނީ އޮންލައިންކޮށް ފައިސާ ދައްކަން ކަމަށެވެ. އަދި އޯޑަރު ދޭތާ ދެ ތިން ދުވަސް ތެރޭގައި ގެއަށް ވެމްކޯއިން ޑަސްބިން ކޮތަޅު ގެންގޮސްދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަައީމް

    ބޮޑު އޮޅުވާލުމެއް އެކައުންޓުން ވަގުތުން ފައިސާ ކަޑާ އެކަމަކު ވެންކޯ އަކަށް އެ ނުލިބޭ މިކަމާ ޖެހެނީ ޒުވާބު ކުރަން ކޮތަޅު ލިބުމަށްވުރެ ކުރަންޖެހޭ މަސައްކަތާއި ލަވަންޖެހޭހަޅޭ މާގިނަ ރައްޔިތުންވޭ ނުވޭތަ މިކަމާ ވިސްނާކަށެއް ހެޔޮނުވާނެ ޔާމީން ރައީސް ގެނެޔޭތޯބަލަމާ ރައްޔިތުން މިތިބަ ހަނާވަނީ ކާކު މިއަދު ހެޔޮއެދެނީ ''''''

    1
    1
  2. ސިސޫ

    ރަނގަޅު ކަމެއް ކުނި މަނޭޖް ކުރުމަށް

  3. ޜެސް

    އަދިވެސް ވިޔަފާރި ކުރެވޭތޯ މިބަލަނީ އެކޮތަޅު ފުރީކޮން ދެވިދާނެނު