ދުވަސްތަކަކަށް އަދި ކޮވިޑް-19 އާއެކު ދިިރިއުޅެން ދަަސް ކުރަން ޖެހޭނެ ކަމަށް، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. އަފްޒަލް ވިދާޅުވީ، މިހާރުގެ ފުރަބަންދު ހާލަތުން ސަލާމަތްވި ނަމަވެސް، ސަމާލުކަން ދޭންވީ ކަންކަން އެބަ ހުރި ކަމަށެވެ.

"ލޮކްޑައުން ހާލަތު ނިމިގެންދާއިރުވެސް އަދި ވަރަށް ދުވަސް ނަގާނެ އަނބުރާ، އެންމެ އިހުގެ ދިރިއުޅުމަށް ދާން، ދުވަސްތަކަކަށް އަދި ޖެހޭނެ ކޮވިޑް-19އާ އެކުގައި ދިރިއުޅެން ދަސް ކުރަން،މާނައަކީ ކޮވިޑް-19ގެ ހާލަތުގައި ދިރިއުޅުމަށް ގެންނަން ޖެހޭ ބައިވަރު ތަފާތު ކަންކަން އިތުރަށް ގެންނަން ޖެހޭނެ". ޑރ. އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ،އަބަދު ފުރަބަންދުގައި ނުތިބެވޭނެ ކަމަށާއި، ފުރަބަންދު އުވާލުމުން ދެން ދިރިއުޅުން އޮންނަން ޖެހޭނީ ކުރިން ހުރި ގޮތަކަށް ނޫން ކަމަށެވެ. އަފްޒަލް ވިދާޅުވީ، ސަމާލުކަންދޭންވީ ކަންކަން އެބަހުރި ކަމަށާއި، އެ މައުލޫމާތު ދެމުން ދާނެ ކަމަށެވެ.

ޑރ. އަފްޒަލް ވަނީ، ފިހާރައިން އެއްޗެހި ގަންނައިރު އާއި، އޯޑަރު ދީގެން ތަކެތި ގަންނައިރު،މުއްދަތު ހަމަވާ ތާރީހަށް ވިސްނައިގެން ތަކެތި ގަތުމުގައި ސަމާލުކަން ދިނުމަށް ނަސޭހަތްތެރިވެފައެވެ. އަދި ގޭތެރެ ވަރަށް ރަނގަޅަށް ސާފްކޮށްލަންވެސް މިއީ ރަނގަޅު ދުވަސްކޮޅެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެއީ މިއީ ވިއްސާރަ ދުވަސްވަރެއް ކަމުން ޑެންގީ ފަދަ ބަލިތައް އިތުރުވެގެން ދަނީ މި ދުވަސްވަރު ކަމަށް ވާތީ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"އެހެންވީމަ މި ދުވަސްކޮޅު ސަމާލުކަން ދީގެން ގެ ސާފްކުރުން ވަރަށް ރަނގަޅު، ފެންހަރުލާފައި ހުންނަ ތަންތަން ނައްތާލުމަށް". އަފްޒަލް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޚނ

    މިއަދު މަބް ރޫކު ހު ރީ ތަ ރުމޯޒަކަށް ފެން އަޅައިގެންދޯ?

    • ޓޮޓޮ

      ޢެސޮރުރޯގާޖެހިގެންހޫނުފެންބޮނީދޯ

  2. ޑަބިޔާ

    ދިރިއުޅެން ދަސްކުރަން ޖެހެނީ ކޮވިޑުން ސަލާމަތް ވާކަންނޫ އެކަނި. އިސްލާމްދީނުގަ އޮންނަގޮތައް އުޅެން ދަސްކުރަންވީ. އެނޫންގޮތަކަށް އުޅެގެން ސަލާމަތެއްނެތް. ކޮވިޑުން ދޭހަވަނީ މާބަރުގަދަ ފަރާތެއްވާކަން. މިބަލީގެ ސަބަބުބް ވަރައްކަންތައް ދޭހަކޮއްދޭ.

  3. ކާފަ

    ކޮވިޑް އެއްކޮށް ސާފު ނުވަނީސް ލޮކްޑައުން އުވާނުލާތި... އެހެން އެކަން ކުރަން ރާވާފައިވާނަމަ މިލޮކްޑައުން އަކީ ބޭކާރު ފޫނެއް ފަޔަކަށް ފެންފުރުން ކަހަލަ ކަމަކަށްވާނެ....

    9
    2
  4. ރަސްދޫ

    ލޮކްޑައުން އުވާލަން ވިސްނާގެން ހެޔޮނުވާނެ އަދި. ރާއްޖެތެރެއަށް މި ބަލި އާއްސިއްޔާ ހާދަދެރައޭ.