ކޮވިޑް-19 އަށް ފަރުވާއެއް ހޯދިފައިނުވާއިރު، އަދި މި ބަލީގެ ނުރައްކާ ރާއްޖެއަށްވެސް ކުރިމަތިވެފައިމިވާ ދަނޑިވަޅުގައި، އާއިލާ ރޭވުމަކީ މުޙިއްމު ކަމެއް ކަމަށާއި، އާއިލާ ނުރޭވި މާބަނޑު ވުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް، ޑރ އަސީލް ވިދާޅުވެއްޖެ އެވެ.

މާބަނޑު މީހަކަށް މި ބަލި ޖެހިއްޖެ ނަމަ، އެކަމުގެ ނުރައްކާތެރިކަމުގެ ވާހަކަ، ވިދާޅުވެދެއްވަމުން، މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަސީލް ވިދާޅުވީ، އެޗްޕީއޭ އިން ދެއްވާ އިރުޝާދުގެ ދަށުން ކަންތައްތައް ކުރައްވައިފިނަމަ، މި އަދަދަކީ، (ބަލި ޖެހޭނެކަމަށް ލަފާކޮށްފައިވާ މާބަނޑު މީހުންގެ އަދަދު) ވަރަށް ބޮޑުތަނުން މަދު ކުރެވިދާނެ އަދަދެއް ކަމަށާއި، މި ކަންކަން ކުރުމުގައި ހަމައެކަނި ސަމާލުވެލައްވަންވީ އާއްމުން ނޫން ކަމަށެވެ.

"އާއިލާ ރޭވުމަކީވެސް ވަރަށް މުހިއްމު ކަމެއް. އަޅުގަނޑުމެންނަށް ގޮތްނޭނގޭ ބައްޔެއްގެ ތެރޭގައި އުޅޭއިރު، އާއިލާ ރޭވުމަކީ، އަދި ނުރޭވި މާބަނޑު ވުމަކީ، އެންމެ އެދެވިގެންވާ ކަމަކަށް ނުވާނެ ކަންވެސް ފާހަގަކޮށްލަން ބޭނުންވޭ." ޑރ.އަސީލް ވިދާޅުވިއެވެ.

މީގެ އިތުރުން އަސީލް ވިދާޅުވީ، މި ބައްޔަކީ އެއްވެސް މީހަކު މަޙުރޫމު ނުވެދާނެ ބައްޔެއް ކަމަށް ވާތީ، އެންމެ ބޮޑު އިސްކަމެއް ދެނީ އައިޖީއެމްއެޗްގެ ސްޓާފުންނަށް މި މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ކަމަށާއި، އެގޮތުން ހޮސްޕިޓަލް ތެރޭގައިވެސް ރަނގަޅު އިންތިޒާމުތަކެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

"ޑރ.ޝީނާގެ އިރުޝާދުގެ ދަށުން، މާބަނޑު މީހުންގެ އަދަދު ތަކާއި ވެސް އަޅުގަނޑުމެން ވާނީ ކުޅެފައި. އަދި އެ ނަމްބަރުތަކާއި ގުޅޭގޮތުން ކުރަންޖެހޭ މަޝްވަރާތައް ސަރުކާރުގެ ތެރޭގައިވެސް ކުރެވިފައި ވަނީ. އެގޮތުން އަޅުގަނޑުމެން ވާނީ ޖުލައި މަހާއި ހަމައަށް، އައިޖީއެމްއެޗަށް ދައްކަމުން އަންނަ ޕޭޝަންޓުންގެ ޑިއު ޑޭޓް، ނުވަތަ ވިހާ ދުވަސް ހުންނާނީ ތަރުތީބުން ލިޔެފައި. އަދި އެ ވިހާ ދުވަހު، މާބަނޑު މީހާ ހުންނާނީ ކޮން ގެއެއްގަތޯ، ކޮން ފްލެޓެއްގަތޯ، އެ ހުރިޙާ ހިސާބެއް ހިމެނޭ ކަރުދާސްތައްވެސް އަޅުގަނޑުމެން ވާނީ ތައްޔާރުކޮށްފައި. އަދި މި ތަރުތީބުން އަޅުގަނޑުމެންގެ ޕޭޝަންޓުންނަށް ގުޅަމުންވެސް ގެންދާނަން." ޑރ.އަސީލް ވިދާޅުވިއެވެ.

ރާއްޖެއިން އިތުރު 12 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާކަމަށް، މިރޭ މި ވަނީ ހާމަކޮށްފައެވެ.

އޭޕްރީލް 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 ފެނުނު ފަހުން މާލޭ އިން ކޮވިޑް-19 އަށް ފައްސިވާ މީހުން ދަނީ އިތުރު ވަމުންނެވެ. އިއްޔެ އަކީ އެއްދުވަސް ތެރޭގައި މާލެ އިން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. އިއްޔެ 23 މީހަކު ފައްސިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އސ

    މިއީ ތަ އަންހެނުންގެ ޚާއްސަ ޑަކްޓަރު، އަދި ކިރިޔާ މިފެނުނީ، އަބަދު ނަން އަޑު އިވެނީ. އަހަރުން ދާން ނުޖެހޭ ތީ ނޭނގޭނު.

    15
    1
  2. ފައިހާ

    ގަދައަށް ކައިގެން އެއްކޮށް އަބަދު ތިބެންވީމަ ދެން ބަނޑުބޮޑުވާނީ. ރާވައިގެން އުޅެނީ..ދެން އެކަމަކު އެގޮތަށް އެކަން ހިގަނީ. ކުރިންނަމަ ބައްދަލެއްނުވޭ މަސް ދެމަސްވާއިރުވެސް ބައެއްފަހަރު ބިޒީކަމުން ނޫނީ ރަށުންބޭރުގައި އުޅެންޖެހޭތީ.

    14
  3. ދިވެހިން

    އިސްލާމްދީނުގަ އޮންނަނީ ވީހާވެސް ގިނަކުދިން ހޯދަން

    22
    5
    • ޙަމަހަމަ

      ޢިސްލާމްދީނުގައި އޮވެ ހިކުމަތްތެރިވުންވެސް ރައްކާތެރިވުންވެސް، އެންމެ ތަންކޮޅެއްގައި ހިފާ ނުދަމާހިނގާ.

  4. ތެރީޝާ

    ތިޔސ ބައިގެ މީހެއްތާ މިގައުމުގަ ދޭތެރެ ދުރުކުރީ އައްޑަނަބަހައިގެން ނޫސް ތަކާ އެއްޗެހި ނުބައްލަވަނީތޯ ތިޔަ ޑޮކްޓަރ މިގައުމުދެ އާބާދީ މަދުވެގެން ނޫންތޯ މިގައުމައް ބޭރުމީހުން ގެންނައް މިޖެހެނީ އިސަލާމުންނޭ ކިޔާފަ ކޮންކަހަލަބަޔެއް އެޔޮއް ހަދީސް ތަކުން ކިޔަނީ ގިނައިންވިހާ އަންހެނަކު ހޯދައިގެން ކައިވެނި ކުރާށޭ ތިހުންނަނީ ލާދީނީ ފިކުރު ކިރިސްޓިނިއަޓީ ގެ ފަލްސަފާ ތީ ދޭދެރެދުރުކޮއް މީހުން މަދުކުރުން މިގައުމުގަ ތިޔަކަން ހިންގައިފި އެއްނޫން ކޮންމޮޅެއްވީ މަހައް ފަރައް ރުކަކައް އަރާނެ މީހަކުވެސް ނެތް

  5. ބުސްތާނު

    ކޮވިޑް 19 ޖެހެމުންދާތީ އެންމެން ކަންބޮޑުވެފަ ތިއްބާ ތީދެން ކޮންވާހަކައެއް... އާއިލާ ރާވަން ކައޭ ގޭގަ ހު ރޭ....

  6. ރައްޔިތުން

    އުފަލާ އެކު ހަލާލު ގޮތުގަ ދަރިން ހޯދާ ތިބާ މަރުމުވުން ތިބާޔަށް ހެޔޮދުޢާ ކޮށްދީ ދުނިޔެ އާރާސްތުކޮށް ހަދާނެ ބަޔަކު ހޯދޭނެ.

  7. ޙަމަހަމަ

    ތިބޭފުޅުންގެ ތިޔަ އާއިލާރޭވުމުގެ ސިޔާސަތުއޮންނަނީ އަބަދުވެސް ދެކޮޅުނުޖެހޭގޮތަށް.

    ޢެއީ ގެދޮރެއްނެތް. ކުލި ބޮޑުކަމުން ލާރިއެއްވެސްނެތް. ޢެހެންވެޔޯ އާއިލާރާވަންވީ. ބޯހިޔާވެހިކަމާ ތަނަވަސްކަން ލިބުމުން ކުދިން ހޯދާށޯ.

    ޢެކަމަކު ފުލެޓެއްވެސް ލިބެނީ 5 ދަރިން ތިބިއްޔާ. ތިބުނާހެން އާއިލާ ރާވަންތިބެންޔާ ފުލެޓެއްވެސް ނުލިބޭނެ. ފުލެޓު ނުލިބެންޔާ ކުދިންވެސް ހޯދައިގެންނުވެ.

    ޢެހެންވީމަ އަސްލު އެކޮޅުކޮޅުން ސިޔާސަތު އޮތީ. ޢާއިލާ ނުރޭވީމަ ބޯހިޔާވެހިކަން ލިބެނީ.