ރާއްޖޭގެ ރަށްރަށަށް ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ކާގޯ ފްލައިޓްތަކެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ޙިއްސާކުރުމަށް ސަރުކާރުން މިރޭ ދަރުބާރުގޭގައި ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ، މޯލްޑިވިއަން އިން ރާއްޖޭގެ އެތެރޭގެ އެއާޕޯޓްތަކަށް ކާގޯ ދަތުރުތައް ފަށަނީ، ކާބޯތަކެއްޗާއި މުދާ ޑިސްޓްރިބިއުޓް ކުރުމުގައި ދިމާވާ ދަތިތަކަށް ޙައްލެއްގެ ގޮތުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ކުރިޔަށް އޮތް ދުވަސްތަކުގައި މޯލްޑިވިއަންގެ ކާގޯ ބޯޓްތައް ރަށްރަށަށް ދަތުރުތައް ކުރާއިރު، ގިނަ ދަތުރުތައް ބާއްވާނެ ކަމަށެވެ. އެގޮތުން ރަށްރަށަށް ކާގޯ ގެންދާނީ ކައުންސިލްތަކާއި އެލްޖީއޭ އާއި ގުޅިގެން ކަމަށާއި، އެރަށަކަށް ބޭނުންވާ ތަކެތި ކައުންސިލްތަކުން އެލްޖީއޭ އާއި ޙިއްސާކުރުމުން، އޯޑަރުތައް މޯލްޑިވިއަން ކާގޯ މެދުވެރިކޮށް ފޯރުކޮށްދެމުންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، ރަށްރަށަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް މުދާ ގެންދިއުމަށް މޯލްޑިވިއަން އިން ކާގޯ ފްލައިޓުތަކެއް ބާއްވާއިރު، ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނު ކުރުމަށްފަހު ދޫކޮށްލާ ފަރާތްތަކަށް މި ފްލައިޓުތަކުގައި ދަތުރުކުރެވޭނެ ކަމަށެވެ. އެހެންކަމުން، ކަރަންޓީނުން ދޫކޮށްލުމުން ފުރަބަންދާއި ގުޅިގެން ދަތުރުކުރު ނުކުރެވިތިބި ފަރާތްތަކަށްވެސް މިކަމުން ފަސޭހަތަކެއް ލިބިގެންދާނެއެވެ.

"ކާގޯ ޑިސްޓްރިބިއުޓް ކުރުމަށް ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއާޕޯޓަކަށް ކާގޯ ދަތުރުތައް ކުރުމަށް މޯލްޑިވިއަން އިން ވަނީ ނިންމާފަ. މިގޮތުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފްލައިޓުތައް ދަތުރުކުރަމުންދާނެ. އަދި މިދަތުރުތަކުގައި ކަރަންޓީނުން ފެސިލިޓީތަކުން ރިލީޒްކޮށްފައިވާ ބޭފުޅުން ވެސް އެބޭފުޅުންގެ އަތޮޅަށް ގެންގޮސްދިނުމުގެ މަސައްކަތް މި ފްލައިޓްތައް މެދުވެރިކޮށް ކުރާނެ،" މަބްރޫކް ވިދާޅުވިއެވެ.

މޯލްޑިވިއަން އިން ރާއްޖޭގެ އެތެރޭގެ އުދުހުންތައް ވަގުތީގޮތުން ހުއްޓާލާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އޮޕަރޭޝަންތައް ހުއްޓާލީ މާލެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން މާލެ ފުރަބަންދު ކުރުމުންނެވެ. އެ އެއާލައިނުން ވިދާޅުވީ، އެޗްޕީއޭއިން ވަކިގޮތެއް އަންގައި، ފުރަބަންދު އުވާލުމުން ދަތުރުތައް ކުރިއެކޭވެސް އެއްގޮތަށް ފަށާނެ ކަމަށެވެ.

މޯލްޑިވިއަން އިން ރާއްޖޭގެ ރަށްރަށަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް ހުއްޓާލާފައި ވަނީ، މާލެ ސަރަޙައްދު ފުރަބަންދުކޮށް އެލާޓް ލެވެލް ރަތަށްވެސް ޖައްސާފައި ވަނިކޮށެވެ. ރަތް އެލާޓް ނެރެނީ އެއްވެސް ގައުމަކަށް ދަތުރުކޮށްފައި ނެތް މީހުންގެ މެދުގައި ބަލި ފެތުރެން ފެށުމުންނެވެ.

އެތެރޭގެ އުދުހުންތައް ހުއްޓާލާފައި އޮތްނަމަވެސް ރާއްޖެއިން ބޭރުން މުދާ ގެނައުމަށް މޯލްޑިވިއަންގެ ކާގޯ ފްލައިޓުތައް އޮޕަރޭޓް ކުރަމުން ދެއެވެ. މާލެ ފުރަބަންދު ކުރިފަހުން ވެސް މިހާތަނަށް އެ އެއާލައިން މެދުވެރިކޮށް ރާއްޖެއަށް ކާބޯތަކެއްޗާއި އެނޫންވެސް ގިނަ މުދާ އެތެރެކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ތެއުމޯލެ އައްލާ

  ތަމެން ތިއުޅެނީ އަހަރުމެންނާ ހިސާބަށް ތި ވައިރަސް ނުފޮނުވިގެން ދޮތަ؟ އެހެންވެއްޖެއްޔާ އަވަހަށް ފުރުވާފަ ބަހައްޓާ
  އެޗު ޕީ އޭ އަށް
  ވ ސަލާމް

  3
  2
 2. ތެއުމޯލެ އައްލާ

  ތަމެން ތިއުޅެނީ އަހަރުމެންނާ ހިސާބަށް ތި ވައިރަސް ނުފޮނުވިގެން ދޮތަ؟ އެހެންވެއްޖެއްޔާ އަވަހަށް ފުރުވާފަ ބަހައްޓާ
  އެޗު ޕީ އޭ އަށް
  ވ ސަލާމް ???

  5
  2
 3. އަލިބެ

  ހަމަ ދަތުރު ކުރެވުނަސް ކަމަކުނުދާނެ ގޮސްސަ ރަށަށް އެރެންވެސްޖެހޭނެ.

  6
  1
 4. ހސއނ

  14 ދުވަހަށް ވުރެ އިތުރަށް ކަރަންޓީން ކުރުމަކީ މުޖުތަމަޢުއަށް ރައްކާތެރި ކަމެއްކަ ކަމުގައިދެކެން..

 5. މަމެން

  ތިޔަށްފުރެ ހަރަދު ކުޑަ އަދި އިފެކްޓިވް ގޮތެއް ދެން ނެތީޓޯ؟

 6. ާއަލީ

  ޝުކުރިއްޔާ މަބުރޫކު ރައީސް.

 7. އައްޑޫ ލެއި

  ކަރަންޓީން ކުރުމަށް ފަހު ދޫކޮށްލާ ފަރާތަކީ ކޮބާތަ؟؟؟؟؟ އަރުމެން މިތިބީ ރިސޯޓުން އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ 24ދުވަސް ކޮށްފަ އައިސް ނުފުރި ހާލުގަޖެހިފަ. ލޯންޗެއްގަ މިމަހު ފަނަރަވަނަ ދުވަހު ހެދުނު ރިސޯޓުން އައިގޮތަށް މާލެއަށް ނައަރާ އައްޑޫއަށް ފުރަން ތައްޔާރު ވެފައޮށް ބޯޓަކަށް އެރީ. ބޯޓަށް އެރިތާ ދެތިން ގަޑިއިރު ފަހުން ބަޔަކު އައިސް ބުނީ ނުފުރޭނެޔޭ އެއްވެސް މީހަކު ގޮވައިގެން މާލެ ލޮކްޑައުން ކޮށްފިއޭ.މިހާރު އަނެއްކާ އިތުރު ދިހަ ދުވަސް މާލޭގަ ތަނަކަށް ކުލި ދަށްކާއިގެން. މީގަ އެންމެ މަޖާ ކަމަކީ އެބޯޓުގެ ކަށްޕިއާ ދެންތިބި ހުރިހާ ފަޅުވެރިންނާ އަހަރުމެންނާ ދިމާވެފަ ހުރީ. އެކަމަކު އޭގެ އަނެއް ދުވަހު ބޯޓައް ފިރައިގެން ދެވިއްޖެ.

 8. ށަރީ

  ރެސޯޓުންއައީރަށައްދާންހުއްދަލިބިގެން32ދުވަހުހުރެފަ
  މާލެއެރިތަނާލޮކުޑައުންއަނެއްކާ14ދުވަސްރަށައްނުދެވި
  ދެވޭނެއެއްވެސްގިތެއްނެތިފަ

 9. Anonymous

  ރަށްރަައް ކާގޯ ފްލައިޓް އަންނައިރު ކަރަންޓީނު މީހުން ގެންނާނެކަމެއްނެތް!ތިއުޅެނީ ރަށްރަށައްވެސް ތިބަލިފަތުރަންވެގެން!ތިބިތާ ތިބެބަލަ

  3
  3
 10. Anonymous

  ކަރަންޓީނުން ދޫކުރާަހުންވެސް ޕޮސިޓިވް އެބަވޭ!ކަރންޓީނުގެ ފެންވަރުމީ!ކަރންޓީނޭ ކިޔާފަ ފުރިހަމަނުކޮއްވެސް އެބަދޫކޮއްލާ!ނާގާބިލު ސަރުކާރު ތިއުޅެނީ ރަށްރަށައް ބަލިފަތުރަންތަ

  3
  1
 11. ސަރުޕަންޗު

  މާލެ އަށް ބަލިފެތުރުމުގެ އަސްލަކީ ބޭރުގައި ތިބި ދިވެހިން ގެނައުންކަމަށްވާނަމަ، މާލޭގައި ތިބިމީހުން ރާއްޖެތެރެއަށް ގެނައުމަކީ މިދަނޑިވަޅުގަ ކޮއްގެންނުވާނެ ކަމެއްކަމުގަ ދެކެން. ރައްރަށުގެ ހޮސްޕިޓަލްގެ ހާލަތަށް ވިސްނަވާ! ތިކަން ނުކުރުމަށް ގޮވާލަން.

  1
  1
 12. ދުމައިން

  މިކުރަންއުޅެނީ އަނެއް ގަމާރުކަން. ހަމަ ހުސް މަހުލޫފް.

  4
  2
 13. މާމީ

  ކޮމެންޓު ކުރާއިރު ތަނެއް ދޮރެއް ނުބަލާ ލިއަނީ ކަރަންޓީނުން ނިމޭމީހުން ދޫކުރަނީ ކޮވިޑު 19 އަށް ޓެސްޓު ކުރެވި ނަތީޖާ ލިބުމުން ކަން ނޭގޭ މީހުން ތި ފޮނުއަރުވަނީ.....

  3
  1
 14. އައިމީ

  ރިސޯޓު މުވައްޒަފުންނަށް ހުރިގޮތް ކަމަށް ވެދާނެ. އަޅުގަނޑަކީ ރިސޯޓްގަ 15 ދުވަހު މަޑުކުރަން އެނގީމަ މާލެ އައިމީހެއް. އައި ދުވަހު މާލެ ލޮކް ޑައުން ކޮށްގެން ރަށަށް ނުދެވިފަ. ރިސޯޓުން އައީ ނޯޕޭ ލީވްގަ. އަތުގަ ހުރި ރުފިޔާ ކޮޅު ހުސްވަނީ.. ފުރަތަމަ ކުއްޔަށް ހުރީ 500 ރުފިޔާއަށް ތަނެއް ހިފައިގެން. މިހާރު 350 ރުފިޔާއަށް ތަނެއް ހިފައިގެން އެވަރުންވެސް ނުވެގެން މިހާރު މި ހުންނަނީ 250 ރ އަށް ދޭ ތަނެއްގަ. އަދިވެސް ރަށަށް ދެވޭނެ ކަމުގެ އުއްމީދެއް ނެތް. އެޗްޕީއޭޢިން ބުނި 115 އަށް ގުޅާާށޭ. އެތަނަށް ގުޅައިގެން 7 ދުވަސް ވީ. ޚަބަރެއް ނުވެ. ވާނުވާއެއް އަންގާ ނުލާ. ރަށުގަ ތިބި އާއިލާ ކައިރިޔާށް ދާންވާއިރަށް ރުފިޔާކޮޅު ހުސްޥަނެ. ކުރާނެކަމެއް ނޭންގިފަ މިތިބެނީ.