ބިއްލޫރި ދޮރެއް ތަޅައިގެން ގޮސް ކަލާފާން ސުކޫލުގެ ދަރިވަރަކު ޒަހަމްވެއްޖެއެވެ.

ދޮރެއް ތަޅައިގެން ގޮސްގެން ޒަހަމްވެފައި ވަނީ ކަލާފާން ސުކޫލުގެ ކެޑޭޓް ކުއްޖެކެވެ. ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ ދަރިވަރު ޒަހަމްވެފައި ވަނީ ކެޑޭޓްގެ ހަރަކާތްތަކުގައި އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ޒަހަމްވީ ބަލާ ނުލާ ގޮސް ލައްޕާފައި ހުރި ދޮރުގައި ބާރަށް ޖެހުމުންނެވެ.

އޭނާ އަށް އަދިވެސް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. މިހާދިސާގައި އޭނާގެ ދެއަތް ވަނީ ޒަހަމްވެފައެވެ. ވައަތުގައި ހުރި ޒަހަމް ފަހާފައި ވާއިރު ކަނާތުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

މިހާދިސާ އާއި ގުޅޭ ގޮތުން ރަސްމީ ފަރާތެއްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަލްޖިބުރީލް

  ތި ވާނީ ތިގޮލާ ޝޮޓެއް އަޅާލީ ކަމަށް

  • ސްކޫލް ކުއްޖެއް

   އޮޅިގެން ވި ކަމެކޭ ... އަލިކަމެއް ނެތް ވަގުތަކު އެފަދަ ކަމެއް ވެދާނެ ދޯ

 2. ރަށްދު

  ތިހުރީ ބޮިގެން

 3. ރަށްދު

  ތިހުރީ ބޮއިގެން

  • ޙައްޖަ

   ތިމާ އަށް ނޭގޭ ވާހަކަ ނުދައްކާނަމަ

  • ސްކޫލް ކުއްޖެއް

   އަމިއްލަޔަށް ބޮއެގެން އިނދެ ކޮމެންޓް ނުކުރިއްޔާ ރަނގަޅުވާނީ