ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހި ވަންނާނެ ތަނެއް ނެތިފައި ތިބި، 131 މީހަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑަ މިނިސްޓްރީން ރޭ ބުނެފިއެވެ.

ޖެންޑަ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ވަގުތީ ހިޔާތަކުގައި އެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ މަސައްކަތުގެ ތެރެއިން މިވަގުތާ ހަމައަށް 131 މީހަކަށް އިންތިޒާމުތައް ހަމަޖައްސާދީފައިވާ ކަމަށެވެ. އަދި އިއްޔެ އެކަނި ވެސް 27 މީހަކު އެހީއަށް އެދިގެން މައްސަލަ ހުށަހެޅި ކަމަށް ޖެންޑާ އިން ބުންޏެވެ.

އެގޮތުން ބޯހިޔާވަހިކަން ބޭނުންވެގެން އަށް މީހަކާއި ކާބޯތަކެތީގެ އެހީތެރިކަމަށް އެދި 16 މީހަކާއި ދަތުރުފަތުރުގެ ނިޒާމު ހަމަޖައްސައި ދިނުމަށް އެދި ދެ މީހުންނާއި ބޭސްފަރުވާ އާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި އެކަކު ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ޖެންޑަ މިނިސްޓްރީން ބުންޏެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ވަނީ އެއްވެސް އެހީތެރިކަމެއް ބޭނުންވާ ބަޔަކު ތިބި ނަމަ، ޖެންޑަ މިނިސްޓްރީ އަށް އެންގުމަށް އެދިފައެވެ.

އެގޮތުން ހާލުގައި ޖެހިފައި ހުރި މީހަކު ފާހަގަވާނަމަ، 3328393 ނަންބަރަށް ގުޅުމަށް ޖެންޑަ މިނިސްޓްރީން އެދެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 129 އަށް އަރައިފައެވެ. ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުންދާތީ އިގްތިސާދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ބައެއް މީހުން ވަޒީފާ އިން ކަނޑާލައި، މުސާރަތައް ކުޑަކޮށްފައިވާ އިރު، އޭގެތެރެއިން ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ބައެއް މީހުންނަށް ކުލި ނުދެއްކޭ ކަމުގެ ޝަކުވާ ވެސް އިންތިހާ އަށް ވަނީ ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަލާމް

    ޙާލުގައި ޖެހުމަކީ ކޮބައިކަމެއް ނޭގުނު

  2. ދިވެހިކޮރަކަލި

    ސަރުކާރުތަކުން އިހުމާލު ވަމުންދިއަ ބިޔަ މައްސަލައެއް ރާއްޖެތެރެ ތަރަށްގީކޮށް ފުރިހަމަ ހިދުމަތް ތައް ލިބެން ހުންނަނަމަ ނިކަމެތި ހާލުގައި މަގުތަކު މަތީ އުޅޭ ކަށް މިތަނަށް މީހުން ޖަމައެއްނުވިސް ވިސްނާލާ

    9
    2
  3. އައްބޭބެ

    ހާލުގައި ޖެހިގެންކަމަށްބުނެ ނާޖާއިޒު ފައިދާނަގާ ވަގުންވެސް އުޅޭނެކަން ހަނދާންކުރާތި. ސުނާމީ އަދި މާލެ ފެނަށްޖެހުމުގެ ހާދިސާގައިވެސް ނާޖާއިރު ފައިދާ އެކިގޮތްގޮތުން ނެގި ރައްޔިތުންނާއި ސަރުކާރުގެ އޮފިސަލުންނާއީ ޕާޓީތަކުގެ މެންބަރުން ވަރަށްގިނަ.

  4. ދިވެހިން

    24 ގަޑިއިރުވެއްޖެ އަދިވެސް ހަބަރެއްނުވޭ

  5. ވަގުތީ ދުނިޔެ

    ސަރުކާރު ނޭވާހޮޅިއަށް އެޅެނީއެވެ. ދެން މިޤައުމެއް ނުހިފެހެއްޓޭނެއެވެ. ރައްޔިތުންދެކެ ލޯބިވާ އިސްލާމީ ޝިޢާރުތަކަށް ލޯބިކުރާ، ކީރިތި ޤުރުއާނަށާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ލޯބިކުރާ ވެރިޔަކު މިޤައުމުގައި ނެތްކަމަށް ހިތާއި ފުރާނައިން ޤަބޫލުކުރަން މިއަދު މަޖްބޫރުވެއްޖެއެވެ. ޤައުމީ ބޯޑަރުތައް ބަންދު ކުރަން އެތި ކަމާއިބެހޭ މާހިރުން ގޮވަމުން ދިޔައިރު އެއްވެސް އެއްޗެއް ނީވޭކަމަށް ހެދިގެން ޤައުމުގެ ވެރިން ތިއްބެވުމުގެ ހިތި ނަތީޖާ މުޅި ޤައުމާއި މިއޮތީ ކުރިމަތިލާން ޖެހިފައެވެ. ޤައުމީ ބޯޑަރުތައް ބަންދުނުކޮށް ޤައުމަށް މިވައިރަސް ގެނައިމާވެސް އަދިވެސް އަތްޖަހަންވީތޯއެވެ؟ އާޚިރު ނަތީޖާއަށް ބަލާއިރު، ބޯޑަރު ބަންދު ނުކުރި ފަރާތެއް މިކަމުގައި އިސްތިސްނާވާނެ ގޮތެއް ފަހެ އޮންނާނެތޯއެވެ؟

  6. ިވިސްނާ

    ތިނަންބަރުން ފޯނު ނެގޭނެ ބާ.