ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކުގައި ހިނގާ ބަހުސްތަކުގައި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާތީ މަޖިލިހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދާ މަޖިލިހުގެ ޖަލްސާގައި ނިޒާމީ މައްސަލައެއް ނަންގަވައި ޝަރީފް ވިދާޅުވީ ބަހުސްތަކުގައި މަޖިލިހުގެ ރައީސް ބައިވެރިވެވަޑައިގަތުމަކީ މަޖިލިހުގެ ގަވައިދު ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ބަލައިގަތުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ.

ނަމަވެސް، ޝަރީފްގެ ވާހަކަތައް ހުއްޓުވައި، ނަޝީދު ވަނީ އެއީ ނިޒާމީ މައްސަލައެއް ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ.

ޝަރީފް ވަނީ ބައެއް މެމްބަރުން މިހާރު މަޖިލީހުގައި ސަރުކާރަށް ޖެއްސުންކު ރަމުން ދާކަމަށް ވެސް ތުހުމަތު ކުރައްވައިފައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޖަލްސާގެ ބަހުސްތަކުގައި ބައިވެރިވެވަޑައިގަތުމަކީ މަޖިލިސްގެ ގަވާއިދު ހުއްދަކުރާ ކަމެއް ނޫން. މިއީ ހަގީގަތުގައިވެސް ނިޒާމީ ނުކުތާއެއް. އެއްގޮތަކަށް ވެސް އެކަން ނުކުރައްވާ ވަރަށް އާދޭހާ އެކު މި ދަންނަވަނީ. ރައީސް ބަހުސްތަކުގައި ބައިވެރިވެވަޑައި ނުގަންނަވާ،" ޝަރީފް ވިދާޅުވިއެވެ.

"މިހާރު ހަގީގަތުގައި ވެސް ބައެއް އިއްޒަތްތެރި މެމްބޭފޫޅުން އެކި އެކި ސިފައިގައި ސަރުކާރަށް ޖެއްސުން ކުރާތަން އެބަ ފެނޭ،"

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖަލްސާގެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާތީ، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ވަނީ މަޖިލީސް ފެށިއިރު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މަޖިލިހުގެ ޖަލްސާތައް ކުރިއަށްދާ އިރު، މެމްބަރުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވުމާއި، ވަޒީރުން ހާޒިރު ކުރާ އިރު ވަޒީރުންނާއި ކުރާ ސުވާލުތަކާއި، ވަޒީރުން ދައްކާ ވާހަކައަސް ޖަވާބުދެއްވުމަކީ ނަޝީދު ކުރައްވާ ކަމަކަށްވާތީ ގިނަ މެމްބަރުންގެ ނުރުހުން އެމަނިކުފާނަށް ކުރިން އަމާޒުވިއެވެ.

ނަމަވެސް، އެ ޝަކުވާތަކާ ގުޅިގެން ނަޝީދު މިއަދު ވެސް ވަނީ އެއީ މައްސަލައެއް އޮތް ކަމެއް ނޫން ކަން ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވައިފައެވެ.

މަޖިލިހުގެ ގަވައިދާ ހަވާލާ ދެއްވައި، ނަޝީދު ވިދާޅުވީ މަޖިލިހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތާ މެދުގައި މަޖިލިހުގެ ރައީސް ހިޔާލުފާޅުކޮށް، އެކަމާ މެދުގައި ދެކޭ ގޮތް ހާމަކޮށް މަޝްވަރާ އާއި ލަފާ ދެވިދާނެ ކަމަށެވެ. އަދި ކޮމިޓީއަކުން އެދިއްޖެ ނަމަ، ކޮމިޓީގެ ނުރަސްމީ ބައްދަލުވުމެއްގައި ނުވަތަ ކޮމިޓީއަކުން އިންތިޒާމު ކުރާ އިވެންޓެއްގައި މަޖިލިހުގެ ރައީސް ބައިވެރިވުމަށް ހުރަސް ނާޅާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ވަރަށް ސާފުކޮށް އޮތް މާއްދާއަކާ އެއްގޮތަށް މަޖިލިސް ހިންގަމުން މިގެންދަނީ،" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ނިކަމެތި ދިވެހި ރައްޔިތުމީހާ

    ޤައުމުގެ ވަލިއްޔުލް އަމްރު އަށް ރައްޔިތުން ޢައްޔަން ކޮށްފައިވާ ފަރާތުން ޤައުމީ ދޮރާށިތައް ބަންދު ނުކުރުމުގެ ނަތީޖާ މިއޮތީ ފެންނާށެވެ. މިއަދު ޤައުމުގެ ޙާލަތު ވަޒަން ކުރެއްވޭތޯއެވެ؟ ތިޔަބޭފުޅުން ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ދުވަސް އެބައާދެއެވެ. މިވަރު ހަލުވި ސްޕީޑެއްގައި ވައިރަސް ފެތުރޭނަމަ، ދެން މިކަމުން ޢާންމު ރައްޔިތުން ސަލާމަތްތެރިކަން ހޯދާނީ ފަހެ ކިހިނެއް ހެއްޔެވެ؟ ސަރުކާރުގެ ފަރާތުން މީގެކުރިން ވާހަކަ ދެއްކެވި ޑރ. ޝީނާ ވިދާޅުވެފަައިވަނީ މިވަރުންދާނަމަ ދެންޖެހޭނީ ދޫކޮށްލާށެވެ. ސަރުކާރަށް ކުރެވޭނެ ކަމެއް ނެތްކަމުގައި ނޫސްކޮންފަރެންސްގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ.

    * ކުދިކުދި ތަންތަން ކޮޅުގައި ޒަރޫރީ ބޭނުންތަކުގައި މާލޭގައި އުޅެން މަޖްބޫރުވެފައިވާ ރަށްރަށުގެ އެތައް ޢާއިލާތަކެއް ބިކަވެ ބަނޑަށްޖެހިގެން މަރުގެ ތުންފަތްމަތީގައި މިތިބީއެވެ. ޓޫރިޒަމް މިނިސްޓަރ އޮނަރަބަލް ޢަލީ ވަޙީދު ކޮބައިތޯއެވެ؟ ޢިއްޒަތްތެރި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ކޮބައިތޯއެވެ؟ ތިޔަ ދެބޭފުޅުން ނޫސްތަކަށް ވައިރަސް ވަންގޮތަކާއި މެދު ބަސްދީގަތުމެއް ނުދެއްވާނަންތޯއެވެ؟ ޤައުމުގެ ދޮރޯށިތައް ބަންދު ނުކުރަން ނިންމުމުގެ ހިތި ނަތީޖާގެ ރަހަ މިއަދު މިއޮތީ ކަރުބުޑުގައި ލާފައެވެ. ތިޔަ އެންމެހާ ބޭފުޅުންވެސް ތިޔަ ތިއްބެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި ކަނޑައެޅިގެން ޚިލާފްވެ ވަޑައިގެން ރައްޔިތުންނަށް ޚިޔާނާތްތެރިވެ ވަޑައިގެންފައިކަން މިއަދު ނިކަމެތި ދިވެހިރައްޔިތުން ޤަބޫލު ކޮށްފިއެވެ. ވަލްޙަމްދުލިﷲ

    69
    2
  2. ކަނަމަނަ

    ރ ނަޝީދުއަކީ ގޮއްރާޅެއް ތިޔަރާޅުން މެންބަރުން ސަލާމަތް ނުވެވިގެން އުޅެންޖެހޭނީ ދައުރުނިމެންދެންވެސް

    89
    1
  3. އަލިބެ

    ޖިންނިގެ އުނދަގުލަކީ ބޮޑު އުނދަގުލެއް

    74
    1
  4. ބޯގޯސް

    ބަލާބޮޑު އެތިފަހަރެއް ހުވާ ޑި މޮކްރެސީގެ އައްޕަޔޯލަ ބޮދު ވަގު

    73
  5. Anonymous

    ދެ ވަބާއިން އެކުގައި ސަލާމަތްވުމަށް ދުޢާކުރަންޖެހޭ.

    82
    2
  6. ދަރަނި ދަންތުރަ

    ސަރީފޫ ތިއީ ކެނެރީގޭ ނަސީދުއޭ ދަސްކޮށްބަލަ ހުރިހާ ގާނޫނަކާ ގަވާއިދެއް އެގޭނީ ނަސީދަށް ނަސީދު ކޮށްފިއްޔާ ކޮންމެ ކަމެއްވެސް ހަލާލު ވާންޖެހޭނީ 444 ރުފިޔާގެ ކަންތަށް ވީ ގޮތް ސަރީފަށް އިނގޭނެ ނަސީދު ވިހުމުގެ 500 އަހަރު ކުރިން ނަސީދުގެ އަނގަ ތުރަވެއްޖެ މަވޯޓާ ސަރީފު އެމް ޑީ ޕީ އިން ވަކިވި ސަބަބު ސަރީފު ރައްޔިތުންނަށް ބުނެދީ ބަލަ އަދި އެއްފަހަރު....

    76
    2
  7. މޮޔަ

    ބަޑިޖަހަން ނޭގޭ މީހެއްގެ އަތައް ބަޑި ދިނުމުން ވާނެ 6 އެތި ތިވަނީ ތިޔައީވެސް ސަރީފްމެން ގެނާ ގެނައުމެއް.

    73
  8. ޙާޖީ

    ތި ކެނެރީގޭ ބުއްޅަބެޔަކީ މިގައުމުގެ ހަލާކު ، ހަޔާތްކުޑަ މީނަވަރުގެ މީހަކުނެތިގެން އުޅޭ ބުރާންޗެއްތީ ، މިހާރު މިކަލޭގެ މިއުޅެނީ މީނަގެ މަގުބޫލުކަން ދައްވާތީ މީހުންގެ ސަމާލުކަން އަތުލެވޭތޯ

    67
    1
  9. ޓްރަމްޕަޓް

    ނުރުހުންވާނެ ކަ މެއްނެތް. މިހާރު މިއޮތީ ރނގެ މަޖިލިހެއް. ރައްޔިތުންގެ މަޖިލިހެއް ނޫން.

    59
    1
  10. ފިރުޝާން

    މީނާ ބޭނުން ނޫންގޮތަކަށް ކަންކަން ގޮސްސާނެތީ.. އަވަހަށް އަގަބާނަނީ..

    އާރަށުގައި ފިލާ އޮވެފަ ފޮޓޯނަގަންވެގެން ގޮސް ގުތަނަށް ވަދެ މަސަތްކަތް ހުއްޓުވީ މީހާއެއް ނުތީ..

    އަދިވެސް އާރަށުގަ ފިލާ އޮވޭ.. ރަޖާނުލަންދޯ..؟ ކޮރޯނާ އަޔަސް ބޭސުކުރާނީ ހެލްތް ޕޯސްޓުން..
    ވަރަށް އިނގޭކަމަށް ހަދާނެ.. އެކައްޗެއްވެސް އެގެނީ ކީނޫން..

    ވަރަށް ހެޔޮކަމަށް ހެދޭނެ..ކަމެއްޖެހުނުގަޑީގައި އިބޫ އެކަނި މާއެކަނި ކުދީންކޮޅެއް ލައިގެން..

    އެއްކަލަ އެމްޑީޕީންގެ އަޑުގަދަ (ބަޖެޓުން ބޮޑު މުސާރަނަގާ) ހަމަ އެކަކުވެސް މަސައްތކާއިގެން އުޅޭތަނެއް ނުފެނޭ.

    އެންމެން ހޮރުހޮރުގައި.. އިބޫ ރައީސަކީ ވާ ހިތްވަރުގަދަ..އިންސާނެތް

    39
    4
  11. ބުއްޅަބެ

    މަޖުލީހުގެ ރައީސް އަކަށް ބޯބުރާންޗެއް ހުވީމާ ވާންވީގޮތް ތިވަނީ ތީ މިގައުމުގެ ހަލާކު.

    73
    1
  12. އިދުރީސް

    ތީ މިގައުމައް ފާވެފައިވާ ވެލާއެއް

    57
  13. ޙަސަނާ

    މުޅި އޮޑީގައި ހަސަނު ދެފައި.......މިގައުމުގެ ރައީސަކީ ގައުމު ހިނގުމުގެ ބާރަކީވެސް ތީ ސަރީފޫ މޮޔަނުވޭ ސަރީފުގެ ގަދަރާ އިއްޒަތް ދުއްވާލަފާނެތީ ބިރުވެސް ނުގަނެ ތިހެން އަގަތެޅުންހުއްޓާލަ ބަލަ...

    53
    1
  14. ނަންނުގަތި

    ޝަރީފަށް ބައިވެރި ނުވެވުނަސް އޭނާބައިވެރިވާނެ. ޤަވާއިދާ ޤާނޫނުތަކެއް މިވެރިކަމެއްގާ އޭނާގެ މައްޗަކަށް ނުހިނގާނެ. ޝަރީފަށް ނޭގުނަސް ޤައުމުގެ ވެރިއަކީ އަދި ތިޔަތާގެ ވެރިއަކީ އަދި ޖުޑިޝަރީގެ ވެރިއަކީ އޭނާ. ދެންތިބޭ.ހިންދިރުވާލައިގެން.

    25
  15. ލާމު

    ހައްދު ފަހަނަ އަޅާފަ އެވެ.

    25
  16. ވަސީމްޗައިދަރީ

    ކޮންމެ މެމްބަރަކު ވާހަކަދައްކާނިމުނީމާ މިކަލޭގެ 5، މިނިޓު ނޫނީ 10 މިނިޓު އަނގަނުތަޅާ ހަމައެންމެ ފަހަރަކުވެސްނުދޭ!! ގައުމަށްޖެހިފައިވާ ބަލާއެއް!!

    31
  17. ޙަމަހަމަ

    ތި ނަށީދަ ކީ ރާއްޖެއޭ ކިޔުންވެސް މަނާ ކޮށްފަ އިނގިރޭސިވިލާތަށް ފޮނުވާލަންވެފަހުރި މީހެއް.

    25
  18. Juhaa

    ނަޝީދު ކަހަލަ ބުރާންޗެއްގެ ފަހަތުގައި އުޅޭ ތިޔަކަހަލަ މީހުންގެ ބުރާންތިކަން ވަކި ކުޑައެއް ނޫން.

    28
  19. ޔާމީން

    އެހެން ގަަަ އުމު ތަކުގެ މަޖިލިސް ތަކުގަ ވެސް ރަ އީސް ވާހަކަ ދަ އްކާ.. އެއއ އީ މަ އްސަލަ އެ އް ނޫން.

    1
    8
  20. ބަބުރުކަލޯ

    ވައްކަން ކުރަންވީމާ ހުރިހާ ކަމެއްވެސް ކުރާނެ. ކުރާ ވައްކަންތައް ފޮރުވަން އެ އަގނަތަޅަނީ

  21. މާރިޔާ

    އިނގެޔެއްނު އިބިލީސް އަބަދުވެސް އިންނާނީ ބޮލައްސަވާރުވެގެންކަން.

  22. ރާއްޖެ ތެރޭ މީހާ

    ރައްޔިތުން ވީ ހާލެއްގަ ވާން ގޮސް އާ ރަށުގަ.

  23. ދުންތަރި

    ބޮލުރޮދި ކެނޑިފަވާ ރާރާގުޑިއެއް ވައިގެތެރޭގަ އުދުއްސާއިރުވާގޮތް އެންމެނަށްވެސް އެނގޭނެ ބަޔަކަށް ޖަވާހިރަކަށްވެގެން އުޅުނެއްކަމަކު މީހާޔަކީ ލާދީނީ 24 ގަޑިއިރު ހމައިގަ ނުހުންނަމީހެއްކަން އެންމެނަށްވެސް އެބަ އެނގޭ މިކަހަލަ ބުރާންޗަކު މަޖިލީހުގެ ރައީސްކަމަށް ލައިގެން ކޮން ސަކަރާތެއްޖަހަންތަ މި އުޅެނީ ޑުރާމާކުޅެ ފިލްމުކުޅެ ރައްިތުންނަށް މަލާމާތްކޮށް ޖެއްސުނކޮށް ފުރައްސާރަކުރުންނޫންކަމެއް ތިޔަ ކެނެރީ މަޖިލީހަކުން ނުކުރޭ ސުޕަރ މެޖޯރިތީ ހޯދައިގެން މުޅި ދައުލަތް ބަނޑުދަށުލައިގެން މުޅި އޮޑީގަ ހަސަނުގެ ދެފައި ނުބެހޭކަމެއް ނުކުރާކަމެއްނެތް ހުރިހާކަމެއްކުރަންޖެހެނީ ތިޔަ ކެނެރީ މަޖިލީހުން މުޅި ޤައުމު ހިންގަން ޖެހެނީވެސް ތިޔަ މަޖިލީހުން ކޮރޯނާއަކީ އާދައިގެ ރޯގާއެއްކަމަށްބުނެ ރައްޔިތުން ސަލާމަތްކުރުމުގެ ބަދަލުގައި ވައިރަސް މުޅި ޤައުމަށް ވައްދައި މާބޮޑަށް ތައްޔާރުވެގެން ތިބިކަމަށްދައްކައި އިނގިރޭސިވިލާތާއި އެކިތަންތަނުގައި ދިރިއުޅެމުންދިޔް ބޮޑުންގެ އާއިލާތައް ކަރަންޓީނު ނުކޮށް މާލެތެރެއަށްދޫކޯށް މުޅި ޤައުމަށް ބަލިފެތުރީ މިކަމާ ތިޔަ މުޖުރިމުން ޖަވާޞުދާރީވާންއެބަޖެހޭ ކާއްޓެއް މަހެއް ބަރަބޮލެއް ނުދަންނަ މީހަކު މަޖިލީހުގެ ރައީސްކަމުގެ ގޮނޑިއަށްވެޑުވީމަ ކުރާނެ ހުރިހާކަމެއްވެސް ޤާނޫނެއް ޤަވާޢިދެއް ހަމއެއްލަމައެއްނުދަންނަ ރޯނު އެދުރެއްތީ

  24. ޒިމްޒިމް

    އޭ މާގިނަ ވާހަކަ ނުދައްކާ.. ރައީސް ނަޝީދަކީ ވެސް ދާއިރާއެއް ތަމްސީލްކުރާ ރައްޔިތުންގެ މަޖިލިސްގެ މެމްބަރެއް.. އެހެންވީމާ ދާއިރާގެ މެމްބަރުންގެ ހައްޤުގައި ބަސްބުނެވެންވާނެ.. އަދި ބަހުސްވެސް ކުރެވެންވާނެ..

    1
    11