މާލެ ފުރަބަންދުކޮށްފައި އޮއްވައި، އަމުރާ ހިލާފަށް ހުއްދަ ނެތި ބޭރުގައި އުޅުނު 461 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިހާތަނަށް ޖޫރިމަނާ ކުރި މީހުންގެ ތެރޭގައި ހިމެނެނީ މާލެ އިން 401 މީހުންނާއި ހުޅުމާލެ އިން 30 މީހުންނާއި ވިލިމާލެ އިން 27 މީހުން ކަމަށެވެ. ފުރަބަންދުގެ ވަގުތުގައި ހުއްދަ ނެތި ބޭރުގައި އުޅޭ ނަމަ، ކޮންމެ މީހަކު 1000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ފުލުހުންނަށް ލިބެއެވެ.

ފުލުހުން ބުނީ އިއްޔެ އެކަނި ވެސް ހުއްދަ ނެތި ބޭރަށް ނުކުތް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހުއްދަ ނެތި އިއްޔެ ބޭރުގައި އުޅެގެން މާލެ އިން 101 މީހުންނާއި ހުޅުމާލެ އިން ހަތަރު މީހުންނާއި ވިލިމާލެ އިން ހަތަރު މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލެ ފުރަބަންދުކޮށްފައިވާތީ ޒަރޫރީ ބޭނުމެއްގައި ބޭރަށް ނުކުންނަ ނަމަ، ފުލުހުންގެ ހުއްދަ ހޯދަން ޖެހެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައި ވަނީ ޒަރޫރީ ބޭނުމެއް ނެތި އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުތުމަށެވެ.

އަދި މި ބަލީގެ ފަރުވާއަށް މިވަގުތު އޮތީ ގޭގައި ތިބުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެއިން ބޭރުގައި އުޅޭނަމަ ފުރަތަމަ ފަހަރަށް ކުރާނީ 1000 ރުފިޔާއިން ޖޫރިމަނާއެއް ކަމަށާއި ދެވަނަ ފަހަރު ނަމަ ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ދައުވާ އެފަދަ މީހުންގެ މައްޗަށް އުފުލާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތި ކަމަށް ތާއިދު

    ހަ މަ ރަނގަޅަށް ހެދީ.... މަ ވިއްޔަ ޖޫރި މަނާ ކުރަނީ 5000 ރުފިޔާ އިން... މި ވަރު ވާއިރު ވެސް ގޭގައި ތިބޭ ކަ މަކަށް ނުވޭ...??

    3
    4
  2. ނަައީމް

    ތީ ހަމައެކަނި ތައްޔިތުން ނަށް ތި ދެއްވާހިދުމަތަކީ ސަރުކާރައް ފައިސާއެއް ލިބެން އޮތަގޮތަކުން ހޯދުން މީ ވަޒީރުންގެ ބައްދަލުވުމުން ނިންމިގޮތް ރައޔިތުންނޭ ވިސްނާށޭ މިވެރިންނަށް ސަރުކާރުދިނީ މާ ކަލޭމެނަށް މޮޅުތަކެއްވެއްޖެތާ ތިޔަ ވޯޓްދިން މީހުން ފުރިފަތިބޭތަން ބަލަންމިތިބީ ޔާމީން ސަލާމަތުން ހުރިނަމަ ރައްޔިތުން ސީދާހަރަކާތަށް ނިކުމެ ތައްޔިތުން ބޭނުންވާ ކަންކަންހަމަޖައްސާނެ ރައޔިތުންނޭ ވިސްނަބަލަ މިސަރުކާރުގެ ކާކުތަ މިއަދު ރައްޔިތަކަށް އެހީއެއްވަނީ އެއްޗެއްނުދޭންވެގެން ފޯނުވެސްނިވާލާފަ ނަމްބަރުވެސް ރޯމިންގަ

    8
    3
  3. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    * ރައްޔިތުން މަގުތަކަށް ނިކުންނަން މަޖްބޫރުވަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގައި ތިބެގެން ނުލިބޭތީއެވެ. ކޮންމެ ނަފުސަކުވެސް އެމީހެއްގެ ސަލާމަތަށް ވިސްނާނެއެވެ. އެހެނަސް، ކާއެތިކޮޅު ނުލިބެންޏާ އެއްވެސް މީހަކަށް ދިރިނުހުރެވޭނެއެވެ. އެބީދައިން، ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި ކާއެތިކޮޅާއި ތިމާ ބަލަންޖެހިފައިވާ މީހުންގެ ކާއެތި ކޮޅަށްޓަކައި މަގުތަކަށް ރައްޔިތުމީހާ ނިކުންނަން މަޖްބޫރު ވަނީއެވެ. މިއީ ޙަޤީޤަތެވެ.

    * ސަލާމަތީ ބާރުތަކުގެ ބޭކަލުންނާއި ސަލާމަތީ ބާރުތަކުގެ ބޭކަނބަލުން ވެސް ނިކަމެތި ދިވެހިރައްޔިތުންނަށް މިޚުޠޫރަތްތެރި ދަނޑިވަޅުގައި އޯގާތެރިވެ ވަޑައިގަންނަވާށެވެ! ޣައިރު ޤާނޫނީ އަމުރުތަކަށް ތަބަޢަވެވަޑައި ނުގަންނަވާށެވެ! ރައްޔިތުން މިތިބީ މަރުގެ ތުންފަތް މަތީގައެވެ. ރައްޔިތުން ނެތްތަނެއްގައި ދައުލަތެއް އޮންނާނެތޯއެވެ؟ ދުވަހެއް ދުވަހަކަށް ޖޫރިމަނާ ކުރައްވާ މީހުންގެ ޢަދަދު އިތުރުވެގެން ދިޔުމާއި މެދު ތިޔަބޭކަލުން ވެސް ވިސްނަވާނެ ކަން ކަށަވަރެވެ. އެކަމަކު ކޮންމެ ދުވަހަކު ވެސް ރައްޔިތުން ޖޫރިމަނާ ކުރައްވަމުންދާ ނިސްބަތް މިދަނީ ބާރަށް އިތުރުވަމުން ނޫންތޯއެވެ؟ ސަރުކާރު ނޭވާހޮޅިއަށް އެޅިފައިވާ މިދަނޑިވަޅުގައި ކިތަންމެ ވަރަކަށް ޖޫރިމަނާ ކުރިޔަސް އަދަބު ދިނަސް ޙައްލުވޭތޯއެވެ؟ އެއްވެސް ޕްލޭނެއްނެތި ހުރިހާ ނިޒާމް މިވަނީ ފޭލްވެފައެވެ. އެއިރު ޤައުމުގެ ވެރިޔާ ބޯޑަރު ބަންދު ނުކުރެއްވުމުގެ ހިތިނަތީޖާއެވެ. ދެން ކިތަންމެ ވަރަކަށް ގެއިން ބޭރަށް ނުނިކުންނާށޭ ބުންޏަސް ރައްޔިތުންނަށް ވުރެން ބޮޑު ބާރެއް ޤައުމެއްގައި ނޯންނާނެއެވެ. ޒަރޫރީ ބޭނުންތަކަށް ކާބޯތަކެތި ހޯދަން ނިކަމެތި ރައްޔިތުން މަގުތަކަށް ނިކުންނާނެ ދެއްތޯއެވެ؟

    * ޕޮޒިޓިވް މީހުންގެ ޢަދަދު 130 އަށްވުރެން މައްޗަށް ހިނގައްޖެއެވެ. ރައްޔިތުން ރޯނާވެ މަގުމަތިވެ މަރަށް ތެޅެން މިތިބީ ދޫކޮށްލާފައެވެ. ވެރިން އިސްއިތުފާ ދޭކަށް ނުވޭތޯއެވެ. މިޙާލަތުގައި ޤައުމު ހިންގޭނެ މީހަކާއި ރައްޔިތުން ޤައުމު ޙަވާލުކުރަން ރައްޔިތުންނަށް ފުރުޞަތު ދެއްވަންވީއެވެ.