މާލެއިން ކޮވިޑް-19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދު ފުރަބަންދު ކޮށްފައިވީ ނަމަވެސް މިއީ ލޮކްޑައުން އިން އަދި ވީއްލަންޖެހޭ ދަނޑިވަޅެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ފުރަބަންދުގެ ހާލަތުގައި ބައެއް ތަންތަނުގައި ކްލަސްޓާތައް ފާހަގަ ކުރެވޭ ވަރަށް މަސައްކަތްކުރެވިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބަލި ޖެހުނު މީހުން ދެނެގަންނަން ފަސޭހަވި ކަމަށް އަމީން ވިދާޅުވިއެވެ.

ފުރަބަންދުގެ ހާލަތަށް ގިނަ މީހުން ތަބާވާ ކަމަށާއި މިހާރު ސަރުކާރުގެ އިދާރާތަކުން އަންގާ އެންގުންތަކަށް 75% އާއި ހަމައަށް ތަބާވެއްޖެ ނަމަ ބަލި ކޮންޓްރޯލް ކުރަން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" މި ވަގުތުގެ ހާލަތު މިއޮތީކީ އަޅުގަނޑުމެންނަށް ލޮކްޑައުން ހާލަތުން ވީއްލެން ޖެހޭ ހިސާބަކު ނޫން. މި ވަގުތުގެ ހާލަތު މިއޮތީކީ އަޅުގަނޑުމެން އާއްމު ހާލަތަށް ބަދަލުވާން ޖެހޭ ހާލަތަކު ނޫން. އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ، ކުރިއަށް އޮތް 4 ދުވަސް ތެރޭގައި ލޮކްޑައުންއިން ވީއްލެންޖެހޭ ހާލަތަށް އަޅުގަނޑުމެން އައިސްދާނެ ކަމަށް. އަދި އާއްމު ހާލަތަށް އަޅުގަނޑުމެންގެ ކަންކަން ބަދަލުވެދާނެ ކަމަށް އަދި ގަބޫލެއް ނުކުރެވޭ." އަމީން ވިދާޅުވިއެވެ.

މިހާލަތުގައި އެންމެންވެސް ތިބީ ވަރަށް އުނދަނގޫ ހާލަތެއްގައި ކަމަށާއި މި ވަގުތު މާލެއިން ފުރައިގެން ނޫނީ އެއް ރަށުން އަނެއް ރަށަށް ދިއުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އަމީން ވިދާޅުވިއެވެ.

ކޮވިޑް 19 އާއި ގުޅިގެން މޮނިޓަރ ކުރަން ޖެހޭ މީހުން މޮނިޓަރ ކުރުމުގެ މަސައްކަތް ފުރިހަމައަށް ކުރިއަށްދާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ. މީގެ އިތުރުން ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ މިވަގުތު އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަކީ ބިރުބޮޑުކަމެއް ކަމަށެވެ.

އަދި މާލެއިން ބޭރަށް މީހުން ދިއުމަކީ ގިނަ މީހުންނަށް ބަލި ޖެހެން މެދުވެރިވެދާނެ ކަމެއް ކަމަށާ، ރަށަކުން ބަލި ފެނިއްޖެ ނަމަ އެ ރަށެއްގައި މީހުން ނުކުމެ އުޅުން ވެސް މަނާކުރާނެ ކަން އެނާ ފާހަގަކުރެއްވިއެވެ

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބައިސާ

    ނުދާނެއެއްނު.. ބައެއް މީހުން ކޮންޓެކްޓް ޓްރޭސިންގ ހަދާއިރު އެބަތިިބި 200 މީހުންނާ ދިމާވެފައި.. އަންތަރީސްވެދާނެ ހަމަ.. ނޭނގެނީތޯ ހަމަ ކިތައް މީހުންގެ ފުރާނަކަން މި ވައްޓާލަނީ ނުރައްކަލަށް.. ފަރުދީ ޒިންމާ އަދާކުރެވޭނީ މިހާ ވަރަކަށް..

    25
    1
  2. ޚަނބަ

    ދެން މާލޭގަ ރަށައް ނުދެވިފަ ތިބި ރަށް ރަށުގެ މީހުން ހަމަ ކުލި ދައްކާގެން އުޅެންވީ ދޯ!

    23
    1
  3. ނަައީމް

    ކަލޭމެންގެ ރޭވުންތެރިކަމެއްނެތުމުގެސަބަބުން މިއަދު މިގައުމު މިހެންވާންމިދިމާވީ ކުރާނެނުކުރާނެ ކިޔާނެ ނުކިޔާނެ އެއްޗެއްނޭގުނުތާގަ އެކަހެރިވެފަތިބި ރައްޔިތުންނަށް ކަދުރުކޮޅެއްވެސް ނުދިން ކަމުންސޯލިހު ނަމުން ފާތުމަ ވެގެން ކަލޭމެނަށް ވީ އެއްކަމެއްވެސް ވެސް ބުނެބަލަ ރައްޔިތުންނަށް ފައްކާ ބަލާވެރިކަމެއްކޮށްދިނުން ނޫންކަމެއްނުވި ރައްޔިތުންނޭ ވިސްނާށޭ!!!!!!

    22
    2
  4. ޑަބިޔާ

    އަންނި އަދ މަޖިލީހުގެ އުޅޭ 5 މެންބަރަކު ވަރައްދެރަވާނެ އާދާގެ ހުމެއްގަ ކަލޭމެންތި ހަދާގޮތްފެނިފަ. މުޅި ދުނިިޔެ ބަނަދުކުރީވެސް މޮޔައިން. މޮޔަ ސައިންސްވެރިން ނައް ވެކްސިންނެވެސް ނުހެދުނު. ބަލަމި އަންނަ ކައިރީގަ ވަގުތުނޫހުން އަހާލަ ދީބަލަ މިހާ ކުޑަ ހުމަކުން މިޅި ދުނިޔެ މިއުޅެނީ ކިހިނެއް ވެގެހޭ.

    21
    1
  5. ހަޤީޤަތް

    ރަ އްޔިތަކު ހާލުގަ އި ޖެހިގެން ގުޅިމާ ބުނަނީ މަށާ ބެހޭކަ މެ އްނޫނޭ ވިމާ މި އީ މިނިސްޓރެ އްތަ؟

    15
  6. ޖޯން

    މިހާލަތަ އް ވަ އްޓާލީ ސަރުކާރުން ބަލިޖެހިފަ އި ތިބިގިނަބަޔަކު ރާ އްޖެގެނެސްގެން.

    22
  7. އެކްޓަރ

    އަމީނޫ ކޮލިޓީއެއްނެތް . ގޭގަ މަޑުކޮށްލައްވަން ރައްޔިތުން ބޭނުންވަނީ ...ރައްޔިތުން ހަނާވެއްޖެ. އެއރޕޯޓްގައި ގާއިމްވެފަ ހުރިބސަރުކާރުގެ ކުލިނިކަށް އިޓަލީ ފަތުރުވެރިޔާ ދެއްކުމުން އޭނާގެ ބަލި ރަގަޅަށް ޑައިގޮނޮސް ނޮކޮށް ރަށުތެރެއަށް ފޮނުވާލުމުގެ ހިތި..މިއީ ރައީސް ކުރަންޖެހޭކަމެއްނޫން..އެއީ ވަޒީރުގެ ޒިންމާ... ރައްޔިތުން މިފަދަ ނިކަމެތި ހާލަތަކަށް ރައްޔިތުން ވެއްޓުނީ...

    16
  8. ސުއޫދު

    މީހުންކޮޅު ހަނާކޮށްލުންތަ ަމީނުގެ ބޭނުމަކީ.

    13
    2
  9. ???

    އަހަރެމެން ރަށައް ފޮނުވާށޭ ބޮޑު އުންދަގުލެކޭ
    ޥަކި ބައެއްކުރި ކަމަކުން އެންމެނައް ބަލާވެރި ކަމެއް

    18
    2
  10. ދިވެހިން

    ރިކަންނުވިއެންނޫން އިސްތިއުފާދީފަ ސީދާގެއަށް ދޭ

  11. ާައަހުމަދު

    މަޖިލީހުން ލާރިގަނޑު އޯކޭވިމަ ލޮކްޑައުން ދޫކޮއްލާނެކަމަށް ލަފާކުރެވެނީ.