ކޮވިޑް-19 އާ ގުޅިގެން ށ. މިލަންދޫ ކަރަންޓީނު ކޮށްފިއެވެ.

އެރަށް ކަރަންޓީންކޮށްފައިވާކަން ހާމަކޮށް އެރަށު ކައުންސިލަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފޮނުވި އެންގުމެއްގައި ވިދާޅުވެފައި ވަނީ، އެރަށް މޮނިޓަރިންގ ހާލާތަށް ލެވިފައި ވަނީ ކޮވިޑު-19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް، އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އަދި އެ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، މި އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރުމަށް ކައުންސިލަށް ވަނީ އަންގާފައެވެ.

އެހެންކަމުން "ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، މަތީގައިވާ ސަބަބަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން މިލަންދޫ އަކީ މޮނިޓަރ ކުރެވެމުންދާ ރަށެއްކަމަށް ކަނޑައަޅާފައިވާ ކަމަށް އެ އެންގުމުގައި ވެއެވެ.

"އަދި މޮނިޓަރކުރުމާ ގުޅިގެން މި އެޖެންސީން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާ އަދި މިކަމުގައި ތިޔަ ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ
ފަރާތެއް ކަނޑައަޅުއްވައި އަންގަވައި ދެއްވުމަށް ދެންނެވީމެވެ". އެޗްޕީއޭގެ އެންގުމުގައި ވެއެވެ.

އެރަށް ކަރަންޓީންކޮށްފައިވާއިރު، އެ އަތޮޅު ނަރުދޫގައި ހުރި މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެޗްޕީއޭ މިހާރުވެސް ވަނީ މާލެ ސިޓީގެ ބައެއް ގެތައް ކަރަންޓީންކޮށްފައެވެ. އަދި އަތޮޅު ތެރޭގެ ބައެއް ރަށްތަކާއި ގެތައްވެސް ވަނީ ކަރަންޓީންކޮށްފައެެވެ.

ރާއްޖެއިން ކޮވިޑް-19ގެ 137 ކޭސްއެއް ފެނިފައިވާއިރު، މިހާރު ގިނަ ކޭސްތައް ފެނިފައިވަނީ މާލެ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަައީމް

    ރައްޔިތުންނޭ ކަރަންޓީންކުރުމަކީ ފަހުރެއްނޫނެވެ ތިޔަރަށުގެވެސް ރައްޔުތުންވާކަން ހަދާންބަހައްޓާށެވެ އެމީހުން ވީކޮންތާކުތޯވެސްބަލާށެވެ އަބިންނާއި ދަރިން ތިބީ ކޮންތާކުތޯވެސްބަލާށެވެ ހަމަތިބެފަ ހަމެއްދިމާވާއިރަށް މިކުރީލޮކޭ ބުނީމާކަމަކުނުދާނެ ބޭރުގަ ތިބިމީހުން ވެއްދޭނެގޮތެއްވެސް އޮންނަންވާނެ ބަޔަކު ރޯނުއެދުރުންނަށްވިޔަސް ކަލޭމެންވުވާށެވެ.

    5
    3
  2. ކައްޕި

    ބުރޯ ކާކުތަ ލޮކްޑައުން ވެގެން އުފަލުން ފަހުރުވެރި ވެގެން އުޅެނީ ؟ ޒާތީ ކަމެއް މިލަންދޫ އާއި އޮތިއްޔާ ފާހަގަ ކޮއްލުން މުހިންމު!!! ދެން ހަމަ ކަމެއް ވާއިރަ ޖެހޭތަ އަންގަ ގަޅަން ؟