ރާއްޖެއއިން އިތުރު 8 ދިވެހިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

އެކަން ހާމަަކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ވިދާޅުވެފައި، އިތުރު އަށް ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެފައި ވާ ކަމަށެެވެ.

އަދި މިއާއެކު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 137 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މީގެ ތެރޭގައި ހިމެނެނީ 68 ދިވެހިންނާއި 69 ބިދޭސީންނެވެ. ރާއްޖެއިން ކޮވިޑް-19 ޖެހުނު ބިދޭސީންގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުންނެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 18 މީހަކު ވަނީ ރަނގަޅު ވެފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނިފައި ވަނީ ރިސޯޓަކުންނެވެ. އޭގެ ފަހުންވެސް ގިނަ ބަޔަކު ފައްސިވަމުން ދިޔައީ ރިސޯޓްތަކުންނެވެ. ނަމަވެސް ފަހުން އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންތަކެއް ވަނީ މި ބައްޔަށް ފައްސިވެފައެވެ.

މާލެ އިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައި ވަނީ އޭޕްރިލް 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ކޮވިޑް-19އަށް ބަޔަކު ދަނީ ފައްސިވަމުންނެވެ.

މާލެއިން ކޮވިޑް-19 ފެނުމާއެކު މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ މުއްދަތަކަށް ފުރަބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދިވެހި ދަރިއެއް

    ޜާއްޖެއިން ބޭނުން ނަމަ، އެއްމިލިޔަން ޓެސްޓް ކިޓްވެސް ގެނެވޭނެ، ފު ރަތަމަ ފު ރަބަންދުގެ ދުވަސްވަ ރު ކި ރިޔާވެސް ރޯގާގެ އަލާމަތް ހު ރި މީހުންތިބި ގޭގޭ އެންމެން ޓެސްޓް ކޮށް، ވީހައިވެސް ގިނަބައެއް ޓެސްޓް ކޮށް ބައްޔައް ޕްސިޓިވްވާ ފަ ރާތްތަށް އެކަހެ ރިކު ރަންވީނު، 1 މީހަކު ފެނުނު އި ރަށް ވާހަކަ ބަދަލުވެއްޖެ، 50 މީހުން ހަމަނުވެ ކަންކަން ބޮއްސުންލާން ފަށައިފި، ހެލްސިސްޓަމް ފެއިލްވުމުގެ ގިނަގުނަ އަލާމަތް ތައް ފެންނަން ފަށައިފި، މިއަށްވު ރެ މާބައިބޯގައުމުތަކުގައި އެބަހު ރި މިހާތަނަށް އެންމެ މީހަކު ފެނުނު ހިސާބުން ކޮންޓް ރޯލް ކު ރެވިފައި، ކޮންމެކަމެއް ރައްޔިތުން ގޯސްނުކޮށް. މިކަން ހައްލުކުރެވޭނީ ދެފަ ރާތުންވެސް ކު ރަންޖެހޭކަންތައްތައް ބަ ރާބަ ރަށް ކޮއްގެން. ޢަދި މިފެންނަނީ ވަ ރައް ބި ރުވެ ރި މަންޒަ ރެއް. ޔާ ﷲ މި ޤައުމުގައި ދި ރިއުޅޭ އެންމެހައި މީހުންނާއި ޤައުމު ކޮވިޑްގެ މުސީބާތުން ސަލާމަތް ކު ރައްވާފާން ދޭވެ.

    4
    1
  2. ޏުހަަ

    ޥާނެގޮތް ތިވީ

  3. ރައްޒާގް

    އަދިވެސް މިކަމަށް ހައްލެއްބޭނުން ނުވޭތޯ.ގަވާއިދާއި ޚިލާފަށް ރާއްޖޭގައި ބިދޭސީން އުޅޭކަން އިނގޭ.ކޮންމެ ބަޔަކުވެސް ވެރިކަމަށް އަނަނަނީ ހައްލުކުރާނެކަމަށް ވައުދު ވަމުން.މިފަދަ ނާޒުކު ދަނޑިވަޅުގަ އިގުތިސޯދު ދަށްވެފައޮތް ދުވަސް ވަރުވެސް ކޮރޯނާއަށް ވަރުވާދޭ ކޮންމެ ދިވެއްސަކާ އެއްވަރަށް ބަންގުލާދޭޝް މީހުންނަށް ޚަރަދު ކުރަން އެބަޖެހޭ.ރާއްޖެއަށް ގެންނަ ހަނޑުލުގެ ތިންބައިކުޅަ އެއްބައި ކަނީ އެމީހުން.ސަރުކާރުގެ ޚަރަދުގަވެސް މިމީހުން ގެންދާކަށް ނުވޭތޯ؟ އަދިވެސް ފައިދާ ހުރިގޮތަކީ އެމީހުން ގައުމަށް ގެންދިޔުން.މި ޖަރީމާ ހިންގާފަ ތިބިމީހުން އަތުން ދައުލަތަށް ފައިސާ ހޯދުން.

  4. Anonymous

    ދިވެހިރައްޔިތުންނޭވެ! ދައުލަތުގެ މާލިއްޔަތު ދިރުވާލައިފިއެވެ. ޤައުމު މިދަނީ ނުބައި މިޞްރާބަކަށެވެ. ރައްޔިތުން ދެކެ ލޯބިވާ ވެރިޔަކު މިޤައުމުގައި ނެތްކަން މިއަދު ޤަބޫލު ކުރަން އެބަޖެހެވެ. މިވައިރަސް އަކީ ބަޔަކު ޤަޞްދުގައި މިތަނަށް އެތެރެ ކުރި ވައިރަސްއެކެވެ. އެހެންވީމާ، މިހާރު ނިކަމެތި ދިވެހިރައްޔިތުން މިކަމުގައި ގޯސްކޮށް ދެއުޅިއެއްނުވާ ވާހަކަ ސަރުކާރުން ދެއްކީމާ ހަމަ ހިނި އަންނަނީއެވެ. ބޯޑަރު ބަންދުކުރަން ކުރި އާދޭސްތަކާއި އެރުއިމާއި ގިސްލުމަށް ސަރުކާރުގެ ވެރިޔަކަށް ހުރި ފަރާތުން އިޖާބަ ނުދެއްވާ ބީރުކަންފަތެއް ދެއްވުމުގެ ސަބަބަކީ ފަހެ ކޮބައިކަން ދިވެހިރައްޔިތުން ތަޙްޤީޤު ކުރަންވެއްޖެއެވެ. ރައްޔިތުން މަރަށް ތެޅެން މިތިބީ ދޫކޮށްލާފައެވެ.

    (((( ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ރާއްޖޭގެ ރަށްތަކުގައި ފެތުރި، މިވައިރަސްގެ ނުރައްކާ އިތުރުވާ ހާލަތެއްގައި އަމަލުކުރަންވީ ކަންކަމަށް، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ރާއްޖެ ތައްޔާރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއެވެ.

    ރައީސް ސޯލިހު މިގޮތަށް ވިދާޅުވެފައި ވަނީ، ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޯސް އަދާނޮމް އަށް މިއަދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.))))

  5. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ