ޚިޔާލުތަފާތުވުން އުފެދިފައިވާ ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ އެންޓިޑިފެކްޝަން ޤާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވާތީ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރަނީ 12 ދާއިރާގެ ބައި އިލެކްޝަން ބާއްވަން އެ ކޮމިޝަންގެ މައްޗަށް މިހާރު ލާޒިމްވާ ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރީ ޤާނޫނު ބާތިލް ކުރުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހުއެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލުކުރަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެ ގާނޫނަކީ 43 މެމްބަރުން ތިބެގެން ފާސްކުރަންޖެހޭ ގާނޫނަކަށް ވިޔަސް ހާލަތަށް ބަލާއިރު 25 ޕަސެންޓް މެމްބަރުންނާއެކު އެ ގާނޫނު ފާސްކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވިދާޅުވެފައިވެއެވެ.

"ޑޮކްޓޮރިން އޮފް ނެސަސިޓީ އަށް ބަލާއިރު އެންޓި ޑިފެކްޝަން ގާނޫނު 25 ޕަސެންޓް މެމްބަރުން ތިބެގެން ފާސްކުރެވޭނެ" ހުކުމުގައި ވިދާޅުވެފައިވެއެވެ.

"ގާނޫނު ނަމްބަރު 2/2018 އެންޓި ޑިފެކްޝަން ގާނޫނަކީ ޝަފައީ ގޮތުންނާއި މައުޟީ ގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ހިލާފު ގާނޫނެއް ކަމަށް ނިންމާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ހުކުމް ކޮށްފިން" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވިދާޅުވެފައިވެއެވެ.

ދިވެހި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމު ގާނޫނުތަކަކީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް 1/2 (43 މެމްބަރުން) ތިބެގެން ވޯޓަށް އަހަންޖެހޭ ގާނޫނުތަކަކަށް ވީ ނަމަވެސް ހާލަތު ޟޫރާގެ ދަށުން ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ 25 ޕަސެންޓް މެމްބަރުންގެ އަޣުލަބިއްޔަތުން އެ ގާނޫނު ފާސްކޮށްފައިވަނީ ރަނގަޅަށް ކަމަށް އެ ހުކުމުގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސީލާ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަބަތާހަރަމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ލާދީނިއަން ފިކުރޭ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެން ސީލަބަލަ. ސީލާ ސީލާ ސީލާ ދަ ސީލާދޯ.

 2. ވަލިބަދާ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ވެރިކަން ވެއްޓުނުތޭ. ނޫން ނުވެއްޓުނުދޯ. ދެން ކޮން އެއްވުމެއްތޭ ތަމެން ތިއެއްވަނީ މަމެންގެ ވެރިކަން ވެއްޓޭނެއޭ ކިޔައިގެން. ބަދާ ބަދާ ބަދާ ކަޅަ ބަދާ ވަލި ބަދާ.

 3. ޙަހަަ

  ޢިނގިރޭސި ވިލާތުގަ ހުންނާނެ މުސްލިމުންގެ ތެރެއިންނޭ ކިޔއިގެން މިޤައުމަށް ފާކޮށްފަހުރި ރީންދޫ ބޮޑުއިބިލީސް. ޢބިލީސް ފޮނުވާލާނެ ޓްވިޓަރ އެއް. ޢޭރުންތާ ގެއްލުނަސް ނުގެއްލުނަސް ކުޑައިބިލީސްތަކަށް އެނގޭނީ .

 4. ހާލިދު ބުން ވަލީދު

  ނިކަންބާވަބަލަ ކުޅިދައްކާލާނަން 12 -0 ބަލިކޮއްލާނަން ! އަދި ނިކަންއާދެބަލަ ނުކެރޭނެ

 5. ބޮކި ބޮކި ބޮކި

  އިލެކްޝަންސް ކޮމިޝަނުން މެންބަރުން އަނެއްކާ ތިޔައުޅެނޭ ގާނޫނީ ގޮޅިއައް ފެތެންދޯ

 6. ވަލިބަދާ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ކާޅޭ ދަ ކަސްބިއަނޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

 7. ބައްޓޭ

  ތިކަންކުރާކަށްނުކެރޭނެ ދައުރު ހަމަވަންދެކަށް ތިހެން ކިޔަކިޔާ ތިބޭނެ؟ ހެޔޮނުވާނެ ސްޕްރީމް ކޯޓޭކިޔައިގެ އެތިބަ 3 މީހުން ވެއްޖެއްނު މިގައުމު ކޮންމެވެސް އެއްގޮތަކަށް ހަމަޔަކަށް އަޅުވަން؟ ތިމީހުންނަށްވެސް މުސާރަވެސް ލިބޭނީ މިގައުމު އޮވެގެން؟

 8. އަބްދުއްލާ

  ގާނޫނީ ގޮޅިޔަކަށް ނުފެތިގެން ތިޔަ އުޅެނީ އިދިކޮޅު މީހުން އިލެކްސަނުން ކަނޑައެޅީ ގާނޫނުގައިވާގޮތަށް ގާނޫނުގައިވާތާރީހަށް . އެތާރީހުގެ ކުރިން ވަކިވެފައިވާކަން ސާބިތު ކޮށްދީ