ކޮވިޑް-19 ޖެހިފައިވާކަން ދެނެނުގަނެވޭ އެތައް ބަޔަކު މިހާރުވެސް މާލޭގައި ތިބޭނެކަމަށް، ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މި ބަލި މާލޭގައި އަދި ރާއްޖޭގެ ބައެއް ރަށްރަށަށްވެސް ފެތުރިފައިމިވާ ދަނޑިވަޅުގައި، މީޑިޔާތަކަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، މާލޭގައި މިހާރު އުޅޭ ކޮންމެ މީހަކީވެސް މި ބަލިޖެހިފަ ހުރުމުގެ ފުރުޞަތު ވަރަށް ބޮޑު މީހެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ފުރަތަމަ ފިޔަވަޅަކީ ބަލި ކޮންޓްރޯލް ކުރުން. މާލެތެރޭގައި ބަލި ފެތުރެމުންދާކަން، އަދި މާލޭގައި މިހާރުވެސް އަޅުގަނޑުމެންނަށް ޕޮސިޓިވްކަން އެނގިފައިނުވާ މީހުން މިހާލަތުގައި ތިބޭނެކަން އަދި އަޅުގަނޑުމެންނަށް ޓެސްޓު ކުރުމުގެ ކުރިން ޕޮޒިޓިވްވި މީހުން ތިބޭނެކަން އެއީ ކަށަވަރުވާ ކަމެއް. އެހެންވީމަ، މާލޭގައި މިހާރު ދިރިއުޅޭ މީހަކީ، މިހާރު މި ބަލި ޖެހިފަ ހުރުމުގެ ފުރުޞަތު ބޮޑު ބައެއްކަން އެއީވެސް އެއް ހަޤީޤަތް." އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ، ކުޑަ ވަގުތު ކޮޅަކަށް މާލެ އައި ކަމުގައި ވިޔަސް، މާލޭގައި ހޭދަކޮށްފައިވާ ވަގުތުގައި ބައްދަލުވި މީހުންގެ ތެރޭގައި މި ބަލީގެ އަލާމާތެއް ހުރި މީހެއް، ނުވަތަ މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކު ނެތްކަން އެއީ ކަށަވަރުވެ އެނގޭކަމެއް ނޫން ކަމަށާއި، އެހެންކަމުން މާލޭގައި މިހާރު ތިބި ހުރިހާ އެންމެންނަކީވެސް ވަރަށް ރިސްކުބޮޑު ބައެއް ކަމަށް ޤަބޫލުކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން، މާލެއިން މިވަގުތު އެއްވެސް މީހަކު އެހެން ރަށްތަކަށް ދަތުރުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ތާރީޙުގައިވެސް އައިސްފައިނުވާ ދަތި އުނދަގޫ ވަގުތެއް ކަމަށްވެސް އަމީން ވިދާޅުވިއެވެ.

"އަތޮޅުތެރޭގެ ރަށްރަށުގައި މި ބަލި ފެތުރެމުންދާކަން މިހާރު އަޅުގަނޑުމެންނަށް ޕޮޒިޓިވްވެފައިވާ މީހުން ފެނިފައިވާ ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި މި ބަލި ފެތުރެމުންދާކަން އެއީ އަޅުގަނޑުމެންނަށް އަދި އެނގޭކަމެއް ނޫން. އެހެންނަމަވެސް، މިހާރުވެސް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް މި ބަލީގެ މީހުން ތިބެދާނެކަމަށް ޤަބޫލުކޮށްގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެހެންވީމަ މިހާލަތުގައި މާލެއިން ފުރައިގެން ރަށަކަށް ދާން ޖެހޭނީ އެ ނޫންގޮތެއް ނެތް ޙާލަތެއް މެދުވެރިވެގެން. ވަކިމީހެއް ނޫން، ރާއްޖޭގެ ހުރިހާ އެންމެންވެސް މި މަސައްކަތްކުރަނީ ވަރަށް އުނދަގުލުގަ. މިއީ ރާއްޖޭގެ ތާރީހުގައި އަދި އަޅުގަނޑުމެންގެ ޙަޔާތުގައި ދުވަހަކުވެސް ބައްދަލުކޮށްފަނުވާ ފަދަ އުނދަގޫ ވަގުތުތަކެއް." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހަމައެހެންމެ، ފުރަބަންދުގެ ހާލަތުގައި ބައެއް ތަންތަނުގައި ކްލަސްޓާތައް ފާހަގަ ކުރެވޭ ވަރަށް މަސައްކަތްކުރެވިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބަލި ޖެހުނު މީހުން ދެނެގަންނަން ފަސޭހަވި ކަމަށް އަމީން ވިދާޅުވިއެވެ.

ފުރަބަންދުގެ ހާލަތަށް ގިނަ މީހުން ތަބާވާ ކަމަށާއި މިހާރު ސަރުކާރުގެ އިދާރާތަކުން އަންގާ އެންގުންތަކަށް 75% އާއި ހަމައަށް ތަބާވެއްޖެ ނަމަ ބަލި ކޮންޓްރޯލް ކުރަން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" މި ވަގުތުގެ ހާލަތު މިއޮތީކީ އަޅުގަނޑުމެންނަށް ލޮކްޑައުން ހާލަތުން ވީއްލެން ޖެހޭ ހިސާބަކު ނޫން. މި ވަގުތުގެ ހާލަތު މިއޮތީކީ އަޅުގަނޑުމެން އާއްމު ހާލަތަށް ބަދަލުވާން ޖެހޭ ހާލަތަކު ނޫން. އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ، ކުރިއަށް އޮތް 4 ދުވަސް ތެރޭގައި ލޮކްޑައުންއިން ވީއްލެންޖެހޭ ހާލަތަށް އަޅުގަނޑުމެން އައިސްދާނެ ކަމަށް. އަދި އާއްމު ހާލަތަށް އަޅުގަނޑުމެންގެ ކަންކަން ބަދަލުވެދާނެ ކަމަށް އަދި ގަބޫލެއް ނުކުރެވޭ." އަމީން ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 137 މީހުން ވަނީ މި ބައްޔަށް ފައްސި ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 68 ދިވެހިންނާއި، 69 ބިދޭސީންނެވެ. އަދި މީގެ ތެރެއިން 18 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފެހި

    ގެލިގެން ހޯދަމުންދިޔަ މިސްޓަރަކުފެނިއްޖެ މީނަފެނުމާއެކު ދޮގުޜޫކުގެއްލިގެއެވެ

    2
    2
  2. ފެހިފެހި

    ގެލިގެން ހޯދަމުންދިޔަ މިސްޓަރަކުފެނިއްޖެ މީނަފެނުމާއެކު ދޮގުޜޫކުގެއްލިގެއެވެ

    1
    2
  3. ފެހިފެހިގުރާ

    ގެލިގެން ހޯދަމުންދިޔަ މިސްޓަރަކުފެނިއްޖެ މީނަފެނުމާއެކު ދޮގުޜޫކުގެއްލިގެއެވެ

    2
    2
  4. ކޮތަރު

    ސަރުކާރު ފެއިލްޑް.

    2
    2
  5. އަލީ

    އަރުމެންގެ ދަރީން ރިސޯޓުގަ ކަރަންޓީނުގަ25ދުވަސް އަނެއްކާ ރަށަށް ދާން އައީމަ ހައްޔަރު ކޮށްފަ މާލޭގަ ހިފެހެއްޓީ.ކަލޭމެން ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ

    2
    2
  6. ކެޔޮދަޅި

    ކާކުތޯ ބުނީ ޓެސްޓް ނުކުރާށޭ! ޥެދިޔަތަން ވެގެން އެހެން ދިޔައީ ތިޔަމަނިއްޕުޅުގެ އިހުމާލުން! ދެންވެސް ގިނަގިނައިންޓެސްޓް ކޮށް މިކަމުން މިންޖުވޭތޯ ނޫންތޯ ބަލަންވީ، ދިޔުޅި ދިގުނުކޮށް! ބިދޭސީން އުޅޭ ޑޮމެޓްރީތަށް އެއީ ކޮވިޑް ބިސް އަޅާނެތަންތަން!

  7. އެމަންޖެ

    ސަރުކާރައް ނުބެލުނީމަ މިވަރުވެފަ މިއޮތީ...ޔަގީނޭ ބޭރުން ގެނަ މީހުންތެރެއިން 14 ދުވަހު ބައިތިއްބާފަ ދޫކޮއްލި އިރު ޕޮޒިޓިވް މީހުންތަކެއް ދޫކޮއްލީކަން.

  8. ދިވެހިން

    ފެއިލްވެއްޖެ. އިސްތިއުފާދިފަ ސީދާގެއަށް ދާންވީ.

  9. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    * އަމީނީ މަގުގައި ހުންނަ މަޝްހޫރު "އޮޑެގައްލާ" ރެސްޓޮރާންޓް ގެ ބާނީ އޮނަރަބަލް އަމީން އެވެ. ބޭހާއި އިންސާނީ ވަޞީލަތް ދޭން ތައްޔާރަށް އޮތް ޤައުމެއްގެ އެހީތެރިކަމަށް އެދިވަޑައި ނުގަންނަވާނަން ދެއްތޯއެވެ؟ ނިކަން ޗައިނާގެ އެހީތެރިކަމަށް އެދިވަޑައި ނުގެން ތިޔަ ހުންނަވަނީ ނިކަމެތި ދިވެހި ރައްޔިތުން މަރާ ހުސްކޮށްލަން ދެއްތޯއެވެ؟

    * އިންޑިޔާއިން ދިވެހިރައްޔިތުންގެ މާލިއްޔާ ލޫޓްވައިގެން ބޮޑުއަގުދީފައި ގެނައި 50000 (ފަންސާސްހާސް) ބޭސްގުޅަ ދީގެން 50 ހާސް ދިވެހިން މަރާލުމަށްފަހު އިންޑިޔާގެ 50 ހާސް ރައްޔިތުން މިބިމުގައި އާބާދުކުރުމުގެ ދުރުވިސްނުންފުޅު ދެއްތޯއެވެ؟ ގ. ކެނެރީގޭ އަލްފާޟިލް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކ. ހުޅުލެ އާއި ކ. ގާދޫ އާއި ދެށް ގުޅާލައިގެން ހިއްކާފައިވާ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ރައްޔިތުންގެ މަލީހުގެ ބަހެއްނެތި އަމިއްލަ ރައުޔަށް އިންޑިޔާގެ ޖީ.އެމް.އާރު ކުންފުންޏަށް ދިން އެގްރީމެންޓްގައި ވަނީ އިންޑިޔާގެ 6000 (ހަހާސް) ރައްޔިތުން އެތަނުގައި އާބާދުކުރަން އެއްބަސްވެފައިކަން ދިވެހިން ހަނދާނުން ފޮހެވިގެން ނުދެއެވެ.

    * އިންޑިޔާގެ ގެރިމޯދީގެ ދެކެ ގަންނާ ކުރައްވާ ބިރުން ހަމަ ދިވެހި ފަސްގަނޑަށް ހިންދީން ދަހިވެތި ވެފައިވާލެއް ބޮޑުކަމުންނާއި، ދައުލަތުގެ ރިޒާވްގައި ހުރި ޑޮލަރުތައް އިންޑިޔަން ކަރަންސީ އަށް ސްވޮޕްކޮށް ހަދާފައި، މަދުފައުނު ކޮޅަކަށް ދިވެހި ފަސްގަނޑު ނީލަން ކިޔުއްވުގެ ވިސްނުންފުޅުގަ ދެއްތޯއެވެ. ޝުކުރިއްޔާ!

  10. މާލެ ތެރޭން

    ބަލަ ކަލޯޔައް މިނަމެއް ނުވިއެއް ނު..ރަނގަޅު ވާނީ ރައްޔަތުން މަގުތަކަށް ނުކުތުމުގެ ކު ރިން އަސްތިއުފާ ދިނިއްޔާ..