ކޮވިޑް-19 އާއި ގުޅިގެން ނ.އަތޮޅު ހެނބަދޫ ކަރަންޓީން ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ހެނބަދޫ ކައުންސިލަށް ފޮނުވި ލިޔުމެއްގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާ ކަމަށެވެ.

"ވަގުތު" އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި ހަނބަދޫ ކަރަންޓީން ކުރީ ނަރުދޫ ބޯޓުން އެ ރަށުގެ ބަޔަކު ރަށް އައިސްފައިވާތީ އެވެ. އެމީހުން ބޯޓުން ފޭބީ ހޮޅުދޫއަށް ކަމަށް ވެއެވެ. ނަމަވެސް ފަހުން ހެނބަދޫ ލޯންޗެއް ހޮޅުދުއަށް ގޮސް އެމީހުން ވަނީ ރަށަށް ގެނެސްފައެވެ.

އެ ރަށް ކަރަންޓީން ކުރުމާއެކު އެ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، މި އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރުމަށް ކައުންސިލަށް ވަނީ އަންގާފައެވެ.

އެހެންކަމުން "ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، މަތީގައިވާ ސަބަބަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން ހޮޅުދޫއަކީ މޮނިޓަރ ކުރެވެމުންދާ ރަށެއްކަމަށް ކަނޑައަޅާފައިވާ ކަމަށް އެ އެންގުމުގައި ވެއެވެ.

"އަދި މޮނިޓަރކުރުމާ ގުޅިގެން މި އެޖެންސީން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާ އަދި މިކަމުގައި ތިޔަ ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ
ފަރާތެއް ކަނޑައަޅުއްވައި އަންގަވައި ދެއްވުމަށް ދެންނެވީމެވެ". އެޗްޕީއޭގެ އެންގުމުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު