ށ.އަތޮޅު ނަރުދޫން އަށް ގެއެއް ކަރަންޓީން ކޮށްފިއެވެ.

ނަރުދޫން ދިވެއްސަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށް އެރަށު ކައުންސިލުން މިއަދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެރަށުން މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާކަން އަދި މިހާތަނަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާނެއް ނުކުރެއެވެ.

ނަރުދޫ ކައުންސިލްގެ ރައީސް އަހުމަދު އާރިފް "ވަގުތަށް" ވިދާޅުވީ އެ ރަށުން ކޮވިޑް-19 އަށް ފައްސިވީ މާލެ އިން އެ ރަށަށް ދިޔަ މީހެއް ކަމަށެވެ. އަދި އެމީހާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެންގީ މިއަދުގެ ވަގުތެއްގައި ކަމަށް ވެސް އަހުމަދު އާރިފް ވިދާޅުވިއެވެ.

ނަރުދޫގެ އިތުރުން ށ.އަތޮޅުގެ އެހެން ބައެއް ރަށްރަށާއި ނ.އަތޮޅުގެ ބައެއް ރަށްރަށާއި ހއ.އަތޮޅުގެ ދެރަށެއް ވެސް ވަނީ މިހާރު ކަރަންޓީން ކޮށްފައެވެ. އެރަށްތައް ކަރަންޓީން ކޮށްފައި ވަނީ މާލެ އިން ފުރައިން އެރަށްތަކަށް ދަތުރު ކުރި އަމާޒު ނަމަކަށް ކިޔާ ބޯޓެއްގެ ކެޕްޓަން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    17 ގެ ކަރަންޓީން ކޮއްފަ އޮތީ ކައުންސިލުން