ދ.އަތޮޅު މީދޫ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ހަތަރު މީހަކު ކަރަންޓީން ކޮށްފިއެވެ.

އެމީހުން ކަރަންޓީން ކުރީ ކަޑިންމަ ރިސޯޓްގައި ތިބި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސް ދިނުމަށް ފަހު އެނބުރި ރަށަށް ދިއުމުން ރަށު ކައުންސިލުންނާއި، ރަށުގެ ޓާސްކްފޯހުންނެވެ.

ލޯންޗްގައި ހުރި މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކަޑިންމައިގަ ތިބި ބަޔަކު ހުޅުލެއަށް ގެންގޮސް ދިނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށާއި ނަމަވެސް ރޭ 20:00 ހާއިރު އެނބުރި ރަށަށް ދިއުމުން ރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.

"ކައުންސިލުންނާއި ޓާސްކްފޯހުން މިބުނަނީ ރަށަށް އަރައިގެން ނުވާނެއޭ. އެހެންވެ ރެއިން ފެށިގެން ފަޅުތެރޭގައި މިތިބެނީ. އެޗްޕީއޭ އަށް ގުޅުމުން މިހާރު ވެސް އެބަވިދާޅުވޭ ރަށަށް އެރޭނެއޭ. ނަމަވެސް ކައުންސިލާއި ޓާސްކްފޯހުން މިހާރު ފޯނެއް ނުނަގާ. އެހެންވެ ހުއްދަ ނުލިބިގެން ރަށަށް ނޭރިފައި މިތިބެނީ." މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ ލޯންޗްގައި ތިބި އިރު ކައުންސިލާއި ޓާސްކްފޯހުން އެއްވެސް އެހީތެރިކަމެއް ވެސް ނުލިބޭ ކަމަށާއި ކައިބޮއެ ހަދާނެ ތަކެތި ފޯރުކޮށްދެނީ ރަށުގައި ތިބި އާއިލާ މީހުން ކަމަށެވެ.

ލޯންޗްގައި ތިބީ ދެދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.

ކޮވިޑް-19 މާލެ އިން ފެނުނު ފަހުން އެކި ރަށްރަށުގެ ކައުންސިލްތަކުން އެކި ނިންމުންތައް އެކި ގޮތައް ނިންމަމުން ގެންދިޔަ ނަމަވެސް އެކަމާއި ގުޅިގެން ސަރުކާރަށް އެއްވެސް ފިޔަވަޅެއް އެޅޭ މަންޒަރެއް ނުފެނެއެވެ. މިހާރު ވެސް އެކި ރަށްރަށުގެ ފަޅުތެރޭގައި އެތައް ބަޔަކު ރަށަށް ނޭރި ތާށިވެފައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އައިއޭ

    ބޯ ބުރާންތިން ކައުސިލް ކަމަށް ހޮވީމަ ވާނެ ތިކަހަލަ ކިތައްމެ ކަމެއް

    22
    6
  2. ނަޖީ

    ސަރުކާރެ އޮވެގެންތާ ފިޔަވަޅެ އެޅޭނީ އަޅެ މިގައުމުގަ ވެރިޔަކު އެބަހުރިބާ

    25
    6
  3. ޙުއްތު

    ކައުންސިލުން ކަންތައް ކުރާނީ ރަނގަޅަށް ، ބަސްޤަބޫލުކޮށްފި ނަމަ ކުރިޔަށް ފަހިދުވަސްތަކެއް ، ބަސްޤަބޫލު ނުކޮށްފިނަމަ ދަތި އުނދަގޫ ބިރުވެރި ދުވަސްތަކެއް ކުރިމަތިވެދާނެ.

    22
    4
  4. އަލިފު ހާ

    އެ ރަށު ފަޅުގަ އެބަތިބި ރަށަށް ނޭރި އެއަށްވުރެން މާގިނަ ދުވަހު ފަޅު ތެރޭގަ ތިބި މީހުން.ވަކި ބަޔަކުވީމަ ފޯރި އަރައިގެންތިއުޅެނީ... ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

    20
    4
  5. އައިޝާ

    އަޅުގަނޑަކީވެސް މިރަށުގައި އުޅޭ މީހެއް. އެޗްޕީއޭއިން ހުއްދަދީގެންތޯ އެ ލޯންޗުގައި ލޯންޗުގެ ކައްޕީގެ ދަރިއަކު އިނދެގެން އުޅޭ ފިރިހެން ސޮރަކު މާލޭގައި ހުއްޓައި ވަގަށް އަރުވައިފައިއެހުރީ. އެލޯންޗުން މީދޫއަށް ވަގަށް އެތެރެވާން މާލެއިން ގެނެސްފައި އެހުރި ސޮރު ހައްޔަރުކުރުމަށް ޕޮލިސް އަދި އެޗްޕީއޭއަށް ގޮވާލަން

    5
    1
  6. ާއައްޔަ

    ޓާސްކްފޯސް އަދި ކައުންސިލުން އެއްވެސް އެހީތެރި ކަމެއް ފޯރުކޮށް ނުދެއޭ ބުނާ ބުނުމަކީ އެއީ ހުސްދޮގު. ލޯންޗް އަޅާފަ އޮތް ސަރަހައްދުގަ ޓާސްކްފޯސް މެމްބަރުން އަބަދުވެސް ތިއްބަވައިގެން ވާނުވާ ބަލަމުން ގެންދޭ. އެ ލޯންޗުގަ ތިބި މީހުން އަމަލު ކޮށްފަވެސް އޮތީ ކައުންސިލުން އަންގާފަ އޮތް ގޮތާ މުޅިން ޚިލާފަށް. އެ ބުނާ ދަތުރެއްގަ ގޮއްސަ އައިސް ރަށަށް ނޭރޭނެ ވާހަކަ ކައުންސިލުން ތަކުރާރުކޮށް ބުނަމުން ދަނިކޮށްވެސް ލާރީގެ ބޭނުމުގަ ދިޔައީ. ނުވިތާކަށް ގޮއްސަ އަންނަމުން އައީ ހަދަމުންދާ ކޮންމެސް ރަށެއްގަ ހުރި ދަނބި ދަރިވެސް ގޮވަިގެން. ލޯންޗުގަ އޮންނަން ޖެހުނީމަ މި އެނގުނީ މި ކުރެވުނީ ކިހާވަރެެއްގެ ކަމެއްކަން.

  7. ކަރަންޓީނު

    އެއީ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކެއް.ކެއްތެރިކަމާއިއެކު ތިބުން ބުއްދިވެރީ.

  8. Anonymous

    ކަމެއް ކުރަން

  9. އެމްޑީޕީ ބުރޯ

    ރަށު ކައުންސިލުން ކަންތަށްކުރީ ވަރަށް ރަނގަޅަށް! އުޅޭނެހާތަނަކު އިޅޭނެހާގޮތަކަށް އުޅެފަ ހަމަ އަންނައިރަކަށް ރަށަކަށް ނޭރުވޭނެ! ތިޔަ ލޯންޗްގަ ތިބިމީހުނަށްވުރެން ގިނައީ ރަށުގަ ތިބިމީހުން! އެ އެންމެންގެ ސަލާމަތާ ރަށްކާތެރިކަން މާމުހިންމު!

  10. އަދު

    ދ.މީދޫ ޓާސްކުފޯސް އިން މީދޫ ލޮކްޑައުންއަށް ގެންގޮސް ގޭގެޔައް ހިއްސާކުރިއުސުލް ތަކުގައިވެސް އަދި ދަތުރު ހުއްދަ ދިނުމުކުރީގަވެސް ދަތުރުކުރާ ހުރިހާ ފަރާއްތަކިށްވެސް ކަން އޮތް ގޮތްބުނެދެވުނެވެ. އެކަން ެއެގި ހުުރެމެފުރާގެން ގޮސް ދޮގުހަބަރު ފެތުރުން އެއީވަރައް ދަށުދަަަރަޖައިގެއަމަލެކެވެ.ހަމަ އެއާާއެކު ލޯންޗައް ދީފައިވާ އެޗްޕީއޭގެ ހުއްދަ ރޫޓާ ހިލާފައްދަތުރުކޮއް ލޯންޗުންވަނީ އިތުރު ބަދަރަކަށް ވަަދެ ގަވާއިދާ ހިލާފައް މީހަކުވެސް ގެނަސްފަ.
    އެއްބަޔެއްގެ އުފަލައްތުރެ މުޅިމުޖުތަމައުގެ އުފާތައް ބޮޑުވަންޖެހޭކަން ގަބޫލްކުރަންޖެހޭ.

  11. ކަބީރު

    ރައްޔިތުންގެ ސަލާމަތަށްޓަކައި ކައުންސިލްގެ ނިންމުން ރަގަޅު.